ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ހުންނަވާ އިސްތިއުފާދޭން، ގޮޓަބަޔާ އެއްބަސްވެއްޖެ

ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ސާލިހުގެ ސަރުކާރުގެ އެހީގައި، ސްރީލަންކާއިން ފިިއްލަވައިގެން، ދިވެހިރާއްޖޭ ވަޑައިގެން ހުންނެވި، އެ ގައުމުގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ، ރާއްޖެގައި ހުންނަވައި، އިސްތިއުފާ ދިނުމަށް ނިންމައިފިއެވެ.

ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާވަނީ، އެ ގައުމު ބަނގުރޫޓުވެ، ރައްޔިތުން ރުޅި އިސްކޮށް، އެނާ ދިރިއުޅުއްވާ ރިޔާސީ ގަނޑުވަރުވެސް އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމާއި ގުޅިގެން، އެ ގައުމު ދޫކުރައްވައި، އެހެން ގައުމަކަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާފައިއެވެ. އެހެން ނަމަވެސް، އެމެރިކާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުންވަނީ އެނާ ބަލައިނުގަތުމަށް ނިންމާފައިއެވެ.

ބައެއް ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވަނީ، ރައީސް ރާޖަޕަކްސާވަނީ، ސްރީލަންކާގެ މަޖިލީހުގެ ރައީސް މަހިންދަ ޔަޕަ އަބޭވަރްދަނާއަށް ފޯނުކޯލެއް ކުރައްވާ، އެނާ އިސްތިއުފާ ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައިއެވެ.

ސްރީލަންކާގެ ރައީސް ގޯޓަބަޔާ، އެމެރިކާ، ސިންގަޕޫރު ފަދަ ގައުމަކަށް، ފިއްލަވައިގެން ވަޑައިގަތުމަށް ކުރި މަަސައްކަތްތައް ނާކާމިޔާބުވުމާއި އެކު، އެނާ ވަނީ ގާތް ގުޅުމެއް ބާއްވަމުންދާ ދިވެހި ސަރުކާރުގެ އެހީއާއިއެކު، ރާއްޖެ ވަޑައިގެންފައިއެވެ. އެނާ ދިވެހިރާއްޖޭ އައިސްފައިވަނީ ރައީސް ނަޝީދުގެ އެހީގެ ދަށުންކަމަށް ގިނަ އަޑުފެތުރިފައިވީނަމަވެސް، ރައީސް ނަޝީދަށް، އެހެން ގައުމެއްގެ އަސްކަރީ އުޅަނދެއް ދިވެހި ފަސްގަނޑުގައި ޖެއްސުމަށް ހުއްދަ ދިނުމުގެ ބާރު ލިބިފައިނުވެއެވެ.

ގައުމެއްގެ ރައީސްއެއް ގޮވައިގެން އައި ނަމަވެސް، ދިވެހި ފަސްގަނޑުގައި އެހެން ގައުމެއްގެ، އަސްކަރީ އުޅަނދެއް ޖެއްސުމުގެ ހުއްދަ ދެވޭނީ، މިނިސްޓްރީ އޮފް ފޮރިން އެފައަރޒްއަށެވެ. އަދި ސިފައިންގެ ގަވައިދުގައިވާގޮތުން، ރައީސްއެއް ގޮވައިގެން އައި ނަމަވެސް، އަސްކަރީ އުޅަނދެއްކަމަށްވާނަމަ، ޖެއްސޭނީ ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓްރީގެ ރުހުމާއި ހުއްދައާއިއެކުއެވެ.

ސްރީލަންކާގައި ހުދުމުހުތާރު އާއިލީވެރިކަމެއް ކުރަމުންދިޔަ، ގޯޓަބަޔާ ރާޖަޕަކްސާގެ މައްޗަށް ކުށްތަކުގެ ތުހުމަތުތަކެއް ކޮށް، އެނާ ހައްޔަރުކޮށްފާނެކަމުގެ ބިރު ހީވެފައިވުމުން، ފިއްލަވައިގެން ދިވެހި ސަރުކާރުގެ އެހީގެ ދަށުން ރާއްޖެ ވަޑައިގެންފައިވާ ވާހަކަތައް އެގައުމާއި ހިސާބަށް ފެތުރުމާއި އެކު، އެގައުމުގެ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތައްވަނީ އިތުރުވެފައިއެވެ. އަދި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ގޮތުން މިހާރު އެގައުމުގެ ވަގުތީ ރައީސް ކަމަށް އައިސްފައިވާ ކުރީގެ ބޮޑުވަޒީރު، ރަނިލް ވިކްރަމަސިންހެވަނީ ކުއްލި ހާލަތުވެސް އިއުލާނު ކުރައްވާފައިއެވެ.

ވަރަށް ގަދަ
53%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 21%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ނަޝީދު އަކީ އޭނާ އަށް ހުއްދަ އޮންނަ ކަންކަން ކުރާ މީހެއްތަ؟ ޢަބްދުﷲ ޤާޒީ ގެ އަތުގައި ނަޝީދު ބިޑިއެޅުވީ ހުއްދަ އޮވެގެންތަ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: