ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާގެ ދާހިލީ މައްސަލަތަކުގެ މެދަށް ދިވެހި ދައުލަތުން ވަނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: އަލީ ހުސެއިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ލަންކާގައި ތިބި އެތައްހާސް ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއްނެތި ލަންކާގެ ދާހިލީ މައްސަލަތަކުގެ މެދަށް ދިވެހި ދައުލަތުން ވަނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ދިވެހި ރާއްޖެ އައުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އެގޮތުން މިކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހިމެނޭ ގޮތަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެގެން ހިންގާ ޖަރީމާއެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.

 

ސްރީލަންކާގެ މާލީ ހާލަތު ގޯސްވެ، އެކުމުގެ ސަބަބުން، އެ ގައުމުގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވުމުން، އެ ގައުމުގެ ރައްޔިތުންތަކެއްވަނީ، މަގުތައް މައްޗަށް ނުކުމެ ރައީސް ގޯޓަބަޔާ އަދި، ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާލައިފައިއެވެ. ގިނަ މަސްތަކެއް ވަންދެން މުޒާހަރާތަކާއި ހަމަނުޖެހުންތަކެއް ހިންގުމަށްފަހު، ހާލަތު ރަނގަޅުވެފައިނުވުމުން، އެ ގައުމުގެ ރައްޔިތުންގެ ރުޅި އިތުރުވެ، ސަފު ހަދައިން ބަޑިޖަހަން ތިބި ސިފައިން ތިބި ނަމަވެސް ނުސިހި، މުޒާހަރާގެ ބައިވެރިންވަނީ، ގޯޓަބަޔާ ދިރިއުޅުއްވި ގެކޮޅު، އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިއެވެ.

ސްރީލަންކާގެ ރައީސް ގޯތަބަޔާ ރާޖަޕަކްސަ، ދިވެހިރާއްޖެ ވަޑައިގެންފައިވަނީ، އެ ގައުމުގެ އަސްކަރީ އުޅަނދެއްގައި ވައިގެ މަގުންނެވެ. އެނާ ރާއްޖެ އައުމުގެ ކުރިން، އެމެރިކާ، އަދި ސިންގަޕޫރު ފަދަ ގައުމުތަކަށް ދިއުމަށް މަސައްކަތްކޮށްފައިވާކަމަށާއި، އެހެން ނަމަވެސް އެ ގައުމުތަކުންވަނީ، ގައުމެއްގެ ދާހިލީ ކަމެއްގެ ތެރެއަށް ނުވަންނުމަށް ނިންމައި އެކަމަށް އެހީތަކެއް ނުދިނުމަށް ނިންމާފައިކަމަށްވެސް ބައެއް ނޫސްތަކުން ރިޕޯޓުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: