ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް ދަފްތަރު ރައްޔިތުންގެ ހައްގުތަކުގައި މަސައްކަތް ކުރާނެ މެމްބަރެއް ބޭނުންވޭ: އަލީ ހުސެއިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަލޭގެ ދަފްތަރަށް ރަޖިސްޓްރީ ބަދަލުކޮށްފައި ތިއްބަވާ ފަރާތްތަކުގެ ހައްގުތައްވެސް ކަށަވަރު ކުރަންޖެހޭ ކަމަށާއި، އެމީހުންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް ދާއިރާ ތައް ކަނޑައަޅާއިރު މަޖުލީހަށް އެމީހުންގެ މެމްބަރަކުވެސް އަންނަންޖެހޭ ކަމަށ،ް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އަލީ ހުސެއިން ވިދާޅުވީ، ދަފްތަރުގައި ޖެހިފައި ތިއްބަވާ ފަރާތްތަކަށް ހާއްސަ ދާއިރާތަކެއް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށާއި، ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅިގެންދާއިރު، ދަފްތަރަށް ވަކިހާއްސަ ގޮނޑިތަކެއް ހިމެނެން ޖެހޭ ކަމަށެވެ. އެއީ އިލެކްޝަން ކޮމިޝަނަށް ލިބިގެންވާ ބާރެއްކަމަށާއި، އެކަންއެމަގުން ކުރުމަށް ގޮވާލައްވާ ކަމަށެވެ.

މާލޭގެ ދަފްތަރުގައި ތިއްބަވާ ފަރާތްތަކާއި ދޭތެރޭ އަމަލުތައް ބެހައްޓަމުންދަނީ އެކަން ކުރަންޖެހޭ ގޮތަަކަށްނޫން ކަމަށް ވިދާޅުވަމުން އަލީ ހުސެއިން ފާހަގަކުރެއްވީ، އެފަދަ ފަރާތްތަކާއި ދޭތެރޭ ނަސްލީ ތަފާތުކުރުމެއް ގެންގުޅުއްވާ ކަމަށެވެ. ދުނިޔޭގެ ގައުމުތަކުގައި ގެންގުޅުއްވާ އުސޫލުން ކަޅުމީހުންނާއި ދޭތެރޭ ކަންކުރައްވާ އުސޫލުން ދަފްތަރު މީހުންނާއި ދޭތެރޭ އަމަލު ކުރައްވާތަން ފެންނަމުންދާ ކަމަށެވެ.

ދަފްތަރުމީހުން އެކިދާއިރާތަކަށް އެކިފަހަރު ލަނީ. ބައެއްފަހަރު ފެނޭ ދާއިރާތަކަށް އެއްވެސް ވަރަކަށް ދަފްތަރުމީހުން ނުލާ ހުންނަތަންވެސް. ނޯ ގޯތި ނޯ ވޯޓް ޖައްސަވައިގެން އެވާހަކަތައް އެންމެގަދަޔަށް ދައްކާ މީހުން ދާއިރާތަކަށް ކުރިމަތިލައްވާނެމޭ ބުނިއިރު އެދާއިރާއަށް އެއްވެސް މީހަކުނެތް. މިއީ ކަންހިނގާގޮތަކީ

އިންތިހާބެއް އޮންނައިރު، ދަފްތަރުމީހުން ވޯޓްލައްވަން ޖެހެނީ އެކިފަހަރު އެކި ދާއިރާތަކަށް ކަމަށެވެ. އަދި އިންތިހާބުގައި ވޯޓު ލެއްވުމުގައި ބާރުގަދަ މީހުން ނުފޫޒުން ވޯޓްކުން ކަނޑައަޅިފައިވާ ފޮށިވެސް ބަދަލު ކޮށް ބޭނުންގޮތަކަށް ހަދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މިގޮތުން އެކަމަށް ހައްލެއް ލިބެން އޮންނާނީ އެމީހުންގެ ހައްގަގުގައި ވާކާލާތު ކުރެވޭނެ މެމްމަބަރެއް ހުރެގެން ކަމަށެވެ.

ބައެއް ދާއިރާތަކަށް ވޯޓްލުމުގައި އެއްވެސްގޮތަކަށް ދަފްތަރުމީހުން ނެތް ފަހަރުވެސް އަންނަކަމަށް ވިދާޅުވަމުން އަލީ ހުސެއިން ފާހަގަކުރެއްވީ އޭގެ ތެރޭގައި އިލެކްޝަނުގެ ނުފޫޒު އޮންނަ ކަމަށެވެ.

ގާނޫނުއަސާސީގެ 71 މާއްދާގައި ވާގޮތުން ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީ ކޮށްފައިވާ އާބާދީގެ 5000 މީހަކަށް ނުވަތަ 5000 ހަމަ ނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ކަނޑައަޅަން ޖެހޭނެ އެވެ. އަދި އިދާރީ ދާއިރާއެއްގައި 500 މީހުންނަށް ވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެމްބަރެއް ހުންނަންވާނެކަމަށް ވެއެވެ.

އިލެކްޝަން ކޮމިޝަނުން ނެރުނު އިންތިހާބާއި ގުޅޭ އާންމު ރިޕޯޓްގައި ބުނެފައިވަނީ ކުރިއަށް 2024 ވަނަ އަހަރު މަޖުލީހުގައި ތިއްބަވާނީ 93 މެމްބަރުން ކަަމަށެެވެ. ނަމަވެސް އާބާދީގެ ނިސްބަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ މެމްބަރުންގެ އަދަދު އިތުރުވުން ހުއްޓުވައި، ހަރަދުތައް ކުޑަކުރުމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުވެސް ވަނީ މިދިޔަ ސެޕްޓަމަބްރު މަހު މަޖިލީހަށް ބިލެއް ހުށަހެޅުއްވާފައެވެ.

އަދި އެބިލާ ގުޅޭ ގޮތުން ބަހުސް ކުރެވިފައެއްނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: