ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް ހަމަ އަގު ލިބޭ ގޮތަަށް، ފަންގިވިނުމުގެ މަސައްކަތް ކުރާ މީހުންނަށް ހަމައަގު ލިބެނެޖެހޭ: އަލީ ހުސެއިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންނަށް ހަމައަގުލިބޭ ގޮތަށް ރަށްރަށުގައި ފަންގިވިނުމުގެ މަސައްކަތްކުރާ އަންހެންވެރިންނަށް ވެސް އެމީހުން ކުރާ މަސައްކަތްތަކުގެ ހަމައަގު ލިބެން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ކުނި މެނޭޖުކުރުމުގެ ބިލަށް މަޖިލީހުގައި ބަހުސްކުރުމުގެ މަރުހަލާގެ ތެރެއިންް ވާހަކަފުޅުަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވ،ީ ކުންޏަަކީ އާމްދަނީ ލިބޭނެ ވަސީލަތަކަށް ހެދުމަކީ ސަރުކާރުން ކުރި ރަނގަޅުކަމެއް ކަމަށެވެ.

އެގޮތުން މީގެ ކުރީގެ ސަރުކާރުތަކުންވެސް، ކުންޏަކީ ފައިސާއަށް ހަދާނެ ކަމުގެ ވާހަކަތައް ދެއްކި ކަމަށާއި، އަދި އެވާހަކަ ތަކަކީ ކަންފަތުގައި ހަރުލާފައިވާ ވާހަކަތައް ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

“ގަހުން ފަތެއް ވެއްޓޭއިރަށް އެފަތަކީ ފައިސާކަމަށް ފެންނަ ހިސާބުން ތަރައްގީގެ ކުލަވަރު ހަގީގަތުގައިވެސް ފެންނަން ފަށާނީ.” އަލީ ހުސެއިން

އަލީހުސެއިން ވިދާޅުވީ އަންހެންވެރިން ރަށްރަށުގެ ވަލުތެރޭގައި ތިބޭ ފަނުންނާއި ރުއްރުކުން ވެއްޓިފައިތިބޭ ފަނުން ބޮޑު މާސިންގާ އިންޑަސްޓްރީއެއް ޒަމާނުއްސުރެ ހިންގަމުން އަންނަކަމަށާއި، އެކަމުންވެސް ކުނިމެނޭޖު ކުރެވޭ ކަމަށެވެ. ނަމަވެސް ރާއްޖެއަށް ޕްލާސްޓިކް ފަން އެތެރެކުރަންފެށުމުން ރަށްރަށުގައި އެ މަސައްކަތް ކުރަމުންދާ އަންހެނުންނަށް މަސައްކަތަށް ހުއްޓުމެއް އަންނަން ޖެހުނު ކަމަށެވެ. އެގޮތުން މިހާރު އެ މަސައްކަތް ކުރާ މީހުން އާމްދަނީ ކުޑަކަމުގެ ޝަކުވާ ކުރަމުންދާ ކަމަށެވެ.

އެފަދަ މީހުން އާމްދަނީ ލިބުން ކުޑަވެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާކަމަށާއި، އެކަމަށް ހައްލެއް ހޯދަންޖެހޭ ގޮތެއް ވިސްނާ ބަލަންޖެހޭ ކަމަށެވެ. ފަނަކީވެސް ކުންޏަށްވާއިރު، ފަންވިނުމުގެސަބަބުން މަދުވެ ކުނި މަދުވެގެންދާ ކަމަށެވެ.

ކަންމިހެން އޮތުން ރާއްޖޭން ފަންގިވިނުމުގެ މަސައްކަތް ކުރާ އަންހެނުންގެ މަސައްކަތަށް ބެލުމައްޓަަކާއި، ބޭރުން ގެންނަ ޕްލާސްޓިކް ޕަނުން ބޮޑުތަނުންޑިއުޓީ ނަގަންޖެެހޭ ކަމަށްވެސް ވިދާޅުވިއެވެ. ފަނުން އާމްދަނީ ހުއްޓުމެއްނެތި ލިބެންޖެހޭ ކަމަށާއި، ހަމައެކަނި އާމްދަނީ ލިބެން ޖެހެނީ ކަނޑުން ބާނާ މަހަކުން އެކަނި ނޫން ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: