ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރާ މީހުން މައިތިރިކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ސްރީލަންކާގައި ހިންގާ މުޒާހަރާގެ ތެރެއިން: ފޮޓޯ. އަލްޖަޒީރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ، އެ ގައުމުން ފިއްލަވައިގެން ދިވެހިރާއްޖެއަށް ވަޑައިގަތުމާއި ގުޅިގެން، ހޫނުވެފައިވާ މުޒާހަރާތަކުގެ ތެރޭގައި، ލަންކާގެ ރައްޔިތުން ހިމާޔަތްކުރުމުގެ ނަމުގައި، އެ ގައުމުގެ ވަގުތީ ރައީސް ރަނިލް ވިކްރަމަސިންހެ އިސްވެ ހުންނަވައިގެން ކޮމިޓީއެއް އުފައްދަވައިފިއެވެ.

ސްރީލަންކާގެ ރައީސްގެ މަގާމާއި ވަގުތީގޮތުން، ހަވާލު ހުންނެވި  ބޮޑުވަޒީރު، ރަނިލް ވިކްރަމަސިންހެ، އެގައުމުގެ ރައްޔިތުންނާއި މުހާތަބް ކުރައްވާ ވިދާޅުވީ، އެ ގައުމުގެ ޑިފެންސް މިނިސްޓަރީގެ މުއައްޒިފުންތަކަކާއި، ޓްރައިފޯސް ކޮމަންޑަރުން އަދި އިންސްޕެކްޓަރ ޖެނަރަން ހިމަނައިގެން، ސްރީލަންކާގެ އެތެރޭގެ ހާލަތު ހަމައަކަށް އެޅުވުމަށް، ކޮމިޓީއެއް އެކުލަވާލައިފައިވާކަމަށެވެ.

ސްރީލަންކާގައި ހިންގާ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފައިވާކަމުގެ މައުލޫމާތު ދެއްވަމުން، ރަނިލް ވިދާޅުވީ، ލަންކާގައި ހިންގަމުންދާ ހަމަނުހެހުންތައް ކޮންޓްރޯލް ކުރުމަށް އެކުލާވާލެވިފައިވާ، ކޮމިޓީއިން، މުޒާހަރާތަކުގެ ތެރެއިން ހިންގާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ އިތުރުން، ރައްޔިތުންގެ ރައްކައުތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތްތައްވެސް ކުރަމުންދާނެކަަމަށެވެ.

ސްރީލަންކާގެ ހާލަތު ހަމައަކަށް އެޅުވުމަށް ކޮމިޓީއެއް އެކުލަވާލައިފައިވާކަމުގެ މައުލޫމާތު ދެއްވުމުގެ އިތުރުން، ރަނިލްވަނީ، އެ ގައުމުގެ ރައްޔިތުންނަށް ބަހުގެ ހަމަލާތަކެއްވެސް އަމާޒު ކުރައްވާފައިއެވެ. ރަނިލް ވިދާޅުވި ގޮތުން، މުޒާހަރާތަކުގެ ބައިވެރިންތައްދަނީ އެހެނިހެން ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައްވެސް ހިންގަމުންކަމަށެވެ. އެހެންކަމުން އެފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި، ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓާނެކަމަށްވެސް އެނާވަނީ ފާހަގަކުރައްވާފައިއެވެ.

މީގެއިތުރުން ރައްޔިތުންނާއި މުހާތަބް ކުރައްވަމުން އެނާވަނީ، ސަރުކާރާއި ދެކޮޅަށް، މުޒާހަރާކުރަމުންދާ ބައިވެރިންގެ ތެރޭގައި ހިމެނޭ ވަކި ބަޔަކު، ރާވައިގެން ބޮޑުވަޒީރުގެ އޮފީހަށާއި، އެ ގައުމުގެ ނޭވީ، އަދި ވައިގެ އަސްކަރިއްޔާގެ އިސްވެރިން ދިރިއުޅޭ ގެތަކަށް ވަނުމަށް ރައްޔިތުންނަށް ހިތްވަރުދެމުންދާކަމަށެވެ.

ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ، ދިވެހިސަރުކާރުގެ އެހީއާއިއެކު، ރާއްޖެއަށް ފިއްލެވިކަމުގެ މައުލޫމާތު، އެ ގައުމުގެ ރައްޔިތުންނަށް ލިބުމުން، ހިންގަމުންދިޔަ ހަމަނުހުންތައްވަނީ އިތުރުވެފައިއެވެ. އަދި އެ ގައުމުގެ ބޮޑުވަޒީރުގެ އޮފީހަކީ، ސްރީލަންކާގެ އެންމެ ސެކިއުރިޓީ ވަރުގަދަ އެއް ސަރަހައްދަށްވާއިރު، ރިޔާސީ ގަނޑުވަރެކޭ އެއްފަދައިން ރައްޔިތުންތައްވަނީ، އެތަނަންވެސް އެމީހުންގެ ބާރުގެދަށަށް ގެންދިއުމަށް މަސައްކަތްކޮށްފައިއެވެ.

ސްރީލަންކާގައި ހުދުމުހުތާރު އާއިލީ ވެރިކަމެއް ކުރަމުންދިޔަ، ގޯޓަބަޔާ ރާޖަޕަކްސާ، އިންސާފުން ފިއްލަވަން ދިވެހިރާއްޖެއަށް ވަޑައިގަތުމަށް މަގު ފަހިކޮށްދިނީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުކަމަށް އަޑުފެތުރިފައިވީނަމަވެސް، އެ މަނިކުފާނަށް އެފަދަ ބާރެއް ލިބިފައިނުވެއެވެ.

ޑިޕްލޮމެޓިކް މަސައްކަތެއްނަމަ، ފޮރިން މިނިސްޓްރީގެ ހުއްދަ ބޭނުންވާއިރު، ގައުމެއްގެ ރައީސް ގޮވައިގެން އައި ނަމަވެސް، އަސްކަރީ އުޅަނދެއް ދިވެހި ފަސްގަނޑުގައި ޖެއްސުމަށް ޑިފެންސް މިނިސްޓްރީގެ ރުހުން ހޯދަން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: