ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ގޯޓަބަޔާއާއި ދެކޮޅައް، ލަންކާގެ ރައްޔިތުން މާލޭގައި ކުރި މުޒާހަރާ ފުލުހުން ރޫޅާލައިފި

ލަންކާ ރައްޔިތުން މާލެ ސިޓީގައި ހިންގި މުޒާހަރާ: ފޮޓޯ/ ނިއުސްވަޔަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގައި ހުދުމުހުތާރު އާއިލީ ވެރިކަމެއް ކުރަމުންދިޔަ، ގޯޓަބަޔާ ރާޖަޕަކްސާ، ރައީސް ސާލިހުގެ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭ އައުމާއި ގުޅިގެން، އެކަމާއި ނުރުހުންފާޅުކޮށް، މާލޭގައި ދިރުއުޅޭ ލަންކާގެ ރައްޔިތުންތަކެއް ހިންގި މުޒާހަރާއެއް ދިވެހި ފުލުހުންގެ މުއައްސަސާއިން ރޫޅާލައިފިއެވެ.

ސްރީލަންކާގެ ރައީސް ގޯޓަބަޔާ ދިވެހިރާއްޖޭގެ ސަރުކާރުގެ އެހީގައި އެގައުމުން ފިއްލަވައިގެން، ރާއްޖެ ވަޑައިގަތުމާއި ގުޅިގެން އެނާއައި  ދެކޮޅަށް، ދިވެހިރާއްޖޭގެ ވެރިރަށް މާލެ ސިޓީގައި، ލަންކާގެ ރައްޔިތުންތަކެއް ވަނީ ސުލްހަވެރި އިހުތިޖާޖެއް ކޮށްފައިއެވެ. މި އިހުތިޖާޖުގައި ލަންކާގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާއިރު، ބައެއް ފަރާތްތަކުން، “ގޯޓާ ގޯ ހޯމް” ފަދަ ޝިޔާރުތައް ބޭނުން ކޮށްފައިއެވެ.

ސުލްހަވެރިކަމާއި އެކު، ކާނިވާ ސަރަހައްދުގައި ލަންކާ ރައްޔިތުންތަކެއް އެއްވެ، އެމީހުންގެ ޝުއޫރު ފާޅުކުރަމުންދަނިކޮށް، ދިވެހި ފުލުހުންގެ މުއައްސަސާއިންވަނީ އެ ސަރަހައްދަށް ގޮސް، ލަންކާގެ ރައްޔިތުންތަކެއްގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައި، އެފަރާތްތަކުން ހިފައިގެންތިބި، ދިދަ ފަދަ ތަކެތި އެމީހުން ބެލުމުގެ ދަށަށް ގެންގޮސް މުޒާހަރާ ރޫޅާލައިފައިއެވެ.

ސްރީލަންކާގެ ރައްޔިތުންތަކެއް މާލެ ސިޓީގައި މުޒާހަރާއެއް ކޮށްފައިވަނީ، ދިވެހި ސަރުކާރުގެ ހިމާޔަތުގެ ދަށުން، އެ ގައުމުން ފިއްލަވައިގެން ރައީސް ގޯޓަބަޔާ ދިވެހިރާއްޖެ އައުމާއި ގުޅިގެންނެވެ. ގިނަ ފަރާތްތަކުން ބުނާ ގޮތުން އެނާ އެ ގައުމުން ފިއްލެވީ، އެކި ކުށްތަކުގެ ތުހުމަތުގައި އެނާ ހައްޔަރުކޮށްފާނެކަަމުގެ ބިރު ހީވުމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: