ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގުތީ ރައީސްގެ އެންގުންތަކަށް ސަލާމަތީ ބާރުތަކުން ތަބާނުވާން ޝަރަތް ފޮންސޭކާ ގޮވާލައިފި

ސްރީލަންކާގެ އަސްކަރިއްޔާގެ ކުރީގެ ކޮމާންޑަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ވަގުތީ ރައީސް އަދި ބޮޑުވަޒީރު، ރަނިލް ވިކްރަމަސިންހަ އެ ގައުމުގެ ސަލާމަތީ ބާރުތަކަށް ދެމުންދާ އޯޑަރުތައް ބަލައިނުގަތުމަށް، ކުރީގެ އާރމީ ކޮމަންޑަރު އަދި ޕާލިމެންޓު މެމްބަރު، ޝަރަތް ފޮންސޭކާ ގޮވާލައިފިއެވެ.

ސްރީލަންކާގެ އަސްކަރިއްޔާގެ ކޮމާންޑަރުގެ މަގާމުގައިވެސް ހުންނަވާފައިވާ މިހާރުގެ މަޖިލިސް މެމްބަރު، ޝަރަތު ފޮންސޭކާވަނީ އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް، ރަނިލް އެކުލަވާލައިފައިވާ، ކޮމިޓީގައި ހިމެނޭ، ސަލާމަތީ ބާރުތަކަށް ރަނިލް ދެއްވާ އިރުޝާދުތައް ބަލައިނުގަތުމަށް ގޮވާލައިފައެެވެ.

ކުރީގެ އަރމީ ކޮމާންޑަރު ޝަރަތު، ނޫސްފަތުރާ ވަސީލަތްތަކަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، ވަގުތީ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅެއް ދެއްވާ “ޝޫޓް އެޓް ސައިޓް” ފަދަ އޯޑަރުތަކަކީ، ގާނޫނު އަސާސީއައިވެސް ހިލާފު އެއްޗެއްކަމަށެވެ. އަދި ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކުގެ ތެރޭގައި އެފަދަ އޯޑަރެއް ދެވިފައިވާކަމުގެ މައުލޫމާތުތައް ފެތުރިފައިވާކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، އެކަމުގެ ސަބަބުން ރައްޔިތުންނާއި، ސަލާމަތީ ބާރުތަކާއި ދެމެދުވެސް ބޮޑު ހަމަނުޖެހުމެއް ހިންގާފާނެކަމަށެވެ.

މީގެ އިތުރުން ކުރީގެ ކޮމާންޑަރު އަދި މިހާރުގެ ޕާލިމެންޓު މެމްބަރު، ޝަރަތުވަނީ، އެ ގައުމުގެ ސަލާމަތީ ބާރުތަކަށް، ހުސްއަތާ ތިބި ރައްޔިތުންނާއި ދެކޮޅަށް، ބަރު ހަތިޔާރުގެ ބޭނުން ނުކުރުމަށް އިލްތިމާޒް ކުރައްވާ، ކޮރަޕްޓު ސިޔާސީ މީހުންނާއި ދެކޮޅަށް ބޭނުން ކުރުމަށްވެސް އިލްތިމާޒްކޮށްފައިއެވެ.

އަވައްޓެރި ގައުމު ސްރީލަންކާގެ މާލީ ހާލަތު ގޯސްވެ، އެގައުމުގެ ރައްޔިތުންވަނީ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ، އަދި ސަރުކާރުގެ އިސް ވެރިން އިސްތިއުފާ ދިނުމަށް ގޮވާލާފައިއެވެ. ސްރީލަންކާގެ ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން އެ ގައުމުގެ ރައްޔިތުންތަކެއް ވަނީ، ރިޔާސީ ގަނޑުވަރު، އެ މީހުންގެ ބާރުގެދަށަށް ގެންގޮސްފައިއެވެ. އެ ގައުމުގެ ރައީސްވަނީ ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައިއެވެ.

ވަރަށް ގަދަ
66%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 31%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 3%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: