ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ގޯޓަބަޔާ ހަވަރަށް ދޭން ދޫކޮށްލިނަމަ ލަންކާގައި ދެން ހިނާ ކަންކަން މާ ގޯސްވާނެ: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއިން ލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސައަށް ހިމާޔަތް ދިނުމުގެ ބަދަލުގައި ހަވަރަށް ދޭން ދޫކޮށްލިނަމަ ލަންކާގައި ދެން ހިނގާ ކަންކަން މާ ގޯސްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައީސް ގޯޓަބަޔާއަށް ދިވެހިރާއްޖެއިން ހިމާޔަތް ދިން ދިނުމަށް ތާއިދު ކުރައްވާ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް އިބްރާހިމް ރަޝީދު ފޮނުވި މެސެޖުގައި ވިދާޅުވީ ރައީސް ގޯޓަބަޔާއަށް ރާއްޖެއިން ހިމާޔަތް ނުދީ ހަވަރަށް ދޭން ދޫކޮށްލިނަމަ ލަންކާގައި ދާހިލީ ހަމަނުޖެހުން ފެށި އެ ހަމަނުޖެހުން ދިގުލައިގެން ގޮސް އޭގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ވެސް ނުރައްކާވީސް ކަމަށެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ލަންކާގެ ރައީސް ހިމާޔަތް ދެއްވަން ނިންމި ނިންމެވުމަކީ މިވަގުތަށް އެންމެ އިންސާފްވެރި ރަނގަޅޫ ނިންމެވުމެއް ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސް ސާލިޙްއާއި ރައީސް ނަޝީދާއި ޑިފެންސް މިނިސްޓަރ މާރިޔާދީދީއަށް އިބްރާހިމް ރަޝީދު ވަނީ ޝުކރު އަދާ ކުރައްވާފައެވެ.

މީގެއިތުރުން އިބްރާހިމް ރަޝީދު ވަނީ ލަންކާއަށް މިއަދު ކުރިމަތިވެފައިވާ ހާލަތު މެދުވެރި ސަބަބާއި ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ. އެގޮތުން ރައްޔިތުންނަށް ރަނގަޅަކަށް ހަދައިގެން ކޮވިޑުގެ އެންމެ ގޯސް ދުވަސްވަރު ގިނަ ދުވަސްތަކެއް ވަންދެން ލަންކާ ލޮކްޑައުން ކޮށްފައި ބޭއްވުމަކީ މިއަދު މިދިމާވެފައިވާ ހާލަތު މެދުވެރިވާން ޖެހުނު އެއް ސަބަބު ކަމަށެވެ. އޭގެ އިތުރުން ލަންކާ ދަރަނީގެ ދަންތުރައެއްގައި ޖެހިފައި ވަނިކޮށް ރިހޭ ފައިމައްޗަށް ފޮއި ފޮއްޓުނީ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނީ ވެރިކަމެއްގައި ދައުލަތާއި ރައްޔިތުން ރަމްޒް ކުރަނީ މާޒީއާއި މުސްތަގުބަލެވެ. އޭގެ މާނައަކީ ކާބަފައިންނާއި ދިރިތިބީންނާއި އަންނަން އޮތް ޖީމް ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އެހެން ކަމުން މިފަދަ ހާލަތެއްގައި ދިވެހި ދައުލަތުން އަމަލު ކުރި ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި މިހާރު ލަންކާ އޮތް ހާލަތަކީ ލަންކާގެ ރައްޔިތުންނަށް އެންމެ ރނގަޅު ގޮތް ވިސްނޭނެ ހާލަތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 0%ވަރަށް ދެރަ 86%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ހަވަރަށް ދޭންޖެހޭ މީހުން ހަވަރަށް ދޭން ޖެހޭނީ. ފެބްރުއަރީ 7 ގަ ހަވަރަށް ދޭން ޖެހޭ މީހުން ނުދިނީމަ ދިވެހިރާއްޖެއަށްވެސް މިޖެހޭހާ މުސީބާތެއް މިޖެހެނީ.

  2. މި ދެން ކާކު ކާކު ކާކު ކާކު އަޅެ ގޯ ތަ ބެ ގެ ލަންކާގެ ވަކީލަކަށް ވެގެން ދަލުބޭތުން ޖެހިގެން ވާނުވާ ނޭގޭ ހާލުގަ ވެސް…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: