ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރީލަންކާގެ ހާލަތު ދިމާވީ ރަޝީޔާގެ ސަބަބުން: ޒެލެންސްކީ

ރަޝީޔާގެ ރައީސް ޕުޓިން، އަދި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ހީނަރުވެފައިވާ ހާލަތަށާއި، އެ ގައުމުގައި ހިންގަމުންދާ ހަަމަނުޖެހުންތަކުގެ ޒިންމާ ނަގަން ޖެހެނީ ރަޝިއާއިންކަމަށް، ޔޫކްރެއިންގެ ރައީސް ވޮޮލޯޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

އަވައްޓެރި ގައުމު ސްރީލަންކާގެ އިގްތިސޯދީ، މާލީ، އަދި އިޖްތިމާއީ ހާލަތު އިންތިހާއަށް ގޯސްވެ، އެ ގައުމުގެ ރައްޔިތުން މަގުތައް މައްޗަށް ނުކުމެ، ރައީސް ގޯޓަބަޔާ އަދި، ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވައި، އެ ގައުމުގެ ރިޔާސީ ގަނޑުވަރު ހިފުމުގެ ސަބަބުން، ރައީސް ގޯޓަބަޔާ ފިއްލަވައިގެން، ރާއްޖެ ވަޑައިގެންފައިވާ ދަނޑިވަޅެއްގައި އެ ހަމަނުޖެހުންތަކަށް އަލިއަޅުވައި، ޒެލެންސްކީ ވިދާޅުވީ، ސްރީލަންކާގެ ހާލަތު ކުރިމަތިވީ، ރަޝީއާއިން ޔޫކްރެއިންނާއި ދެމެދު ހަނގުރާމަ ފެށުމުގެ ސަބަބުން ކަމަށެވެ.

ސައުތް ކޮރެއާގައި، ކުރިއަށް ގެންދިޔަ އޭޝިއަން ލީޑަރޝިޕް ކޮންފަރެންސްގައި ވާހަކަދައްކަވަމުން، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ، ރަޝީއާއިން ޔޫކްރެއިން ހިފައި، އެކަމުގެ ސަބަބުން، ދުނިޔޭގެ ކާބޯތަކެތީގެ އިގްތިސޯދަށް ކުރިމަތިވި ގޮންޖެހުންތަކުގެ ނޭދެވޭ އަސަރު ދުނިޔޭގެ ހުރިޙާ ގައުމަކަށްވެސް އިހުސާސް ކުރެވުނުކަމަށެވެ. އަދި ކާބޯތަކެތީގެ ދަތިކަމުގެ އަސަރުތައް ކުރުމުން މުޅި ދުނިޔެއިންވެސް ތިބީ، ނުތަނަވަސްވެފައިކަމަށްވެސް ޒެލެންސްކީ ފާހަގަކުރިއެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ހާލަތަކީ، ރަޝިޔާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން، ކުރިމަތިވެފައިވާ ކަމެއްކަަމަށް ސިފަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން، ޔޫކްރެއިންގެ ރައީސް، ޒެލެންސްކީ ވިދާޅުވީ، ރަޝިޔާއިން ޔޫކްރެއިން ހިފުމަށް ފަށާފައިވާ ހަނގުރާމައިގައި، ރަޝިޔާއިން ބޭނުންކުރަމުންދާ އެއް އުކުޅަކީ، “އިކޮނޮމިކް ޝޮކް” ކުރުމުގެ އުކުޅުކަމަށެވެ. އެގޮތުން، އެ އުކުޅުގެ ސަބަބުން، އެހެން ގައުމަކަށް ތެލާއި، ކާބޯ ތަކަތެތީގެ ދަތިތައް ކުރިމަތިވެ، ސަޕްލައިތައް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ރަޝިޔާއިން ޔޫކްރެއިންނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، އިގްތިސޯދަށް ލޮޅުންތަކެއް ގެންނަ އުކުޅެއް ރަޝީޔާއިން ބޭނުންކުރާކަމަށާއި، އެކަމުން ރަޝިޔާގެ އަމިއްލަ ބޭނުންތަކެއް ފުދިގެންދާކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން، ޒެލެންސްކީ ވިދާޅުވީ، މިއީ އެންމެވެސް ކަނބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ސްރީލަންކާއަކީ، އެކަމުގެ ނޭދެވޭ އަސަރުތައް ކުރުމުގެ މިސާލެއް ކަމަށާއި، ކާބޯތަކެތި އަދި ތެލުގެ ދަތިކަމުގެ ސަބަބުން އެހެން ގައުމުތަކުގައިވެސް އެފަދަ ހާލަތެއް ކުރިމަތިވެދާނެކަމަށްވެސް އެނާ ފާހަގަކުރިއެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ހާލަތަކީ، ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދިމާވެފައިވާ ކަމެއްކަމަށް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވިއިރު، 2014 ވަނަ އަހަރުން ފެށިގެންވެސް އެ ދެގައުމުގެ ދެމެދު ބޯޑަރުގެ މައްސަލަތަކުގައި އެކި ވަރުގެ ހަމަލާތައް ބަދަލު ކުރެއެވެ. އެހެން ނަމަވެސް، ދާދި ފަހުން ރަޝިއާއިންވަނީ ޔޫކްރެއިން އެކީ ހިފުމުގެ މަގުސަދުގައި ހަނގުރާމައެއް ފަށާފައިއެވެ. އެކަމުގެ ސަބަބުން، ދުނިޔޭގެ ބައެއް ކާޑުގެ ބާވަތަށާއި، ތެލުގެ މާކެޓަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: