ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަކީ އެންމެނަށް ޖެހިފައިވާ މުސީބާތެއް: ޝިޔާމް

ރައީސް ސާލިހު، ޑިފެންސް މިނިސްޓަރު މާރިޔާ، ފޮރިން މިނިސްޓަރު ޝާހިދު، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން، ސްރީލަންކާގައި ހުދުމުހުތާރު އާއިލީ ވެރިކަމެއް ކުރަމުންދިޔަ، ރައީސް ގޯޓަބަޔާ ރާޖަޕަކްސާއަށް އިންސާފުން ފިއްލަވައިގެން ދިވެހިރާއްޖެ ވަޑައިގަތުމަށް މަގުފަހިކޮށްދިނުމުގެ ސަބަބުން އެ ގައުމުގެ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތައް އިތުރުވެގެންގޮސްދާނެކަަމަށާއި ރައީސް ސާލިހަކީ އެންމެންގެ ދިރިއުޅުމަށްވެސް ޖެހިފައިވާ މުސީބާތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރުން، ސްރީލަންކާގެ ރައްޔިތުންގެ އިހުސާސްތަކާއި ދެކޮޅަށް މަސައްކަތްކޮށް، އެ ގައުމުގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ، ދިވެހިރާއްޖެއަށް ފިއްލަވައިގެން ވަޑައިގަތުމަށް އެހީތަކެއް ދިނުމާއި ގުޅިގެން، މާލެ ސިޓީގައި ލަންކާ ރައްޔިތުންތަކެއް އިހުތިޖާޖުވެސްކޮށްފައިވާ ދަނޑިވަޅެއްގައި ޝިޔާމް އިޝާރާތް ކުރެއްވީ، ސްރީލަންކާގެ ދާހިލީ ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ދިވެހިރާއްޖެ ވެއްދުމުގެ ޒިންމާ ނަންގަންޖެހެނީ ހަމައެކަނި ރައީސް ނަޝީދު ނޫންކަމަށެވެ.

ދިވެހި ސަރުކާރުންގެ އަމަލުތައް ބައްޓަންވެފައި ހުރި ގޮތުގެ ސަބަބުން، އަވައްޓެރި ގައުމު ސްރީލަންކާގެ ދާހިލީ ހަމަނުޖެހުންތައް އިތުރުވެގެންގޮސްދާނެކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، އެހެންގައުމެއްގެ ހަމަނުޖެހުމެއްގެ ތެރެއަށް ދިވެހިރާއްޖެ ވެއްދުމުގެ ޒިންމާ ނަންގަވަންޖެހޭ ބައެއް ބޭފުޅުން ތިއްބެވީ މީހުންގެ ނަޒަރުން ބޭރުގައި ކަމަށެވެ.

ސްރީލަންކާގެ ދާހިލީ ކަމެއްގެ ތެރެއަށް ދިވެހިރާއްޖެ ވައްޓާލުމުގެ ޒިންމާ ނަންގަވަންޖެހޭ ފަރާތްތަކެއްގެ މައްޗަށް އަލިއަޅުވާލަންޖެހިފައިވާކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، އެކަމުގެ ތެރޭގައި ފޮރިން މިނިސްޓަރ އަދި އދ ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޝާމާލްވެސް ހިމެނޭނެކަމަށެވެ.

Ahmed Shiyam on Twitter: “The real culprits behind this malfeasance are missing here in the 📸 . Should include @abdulla_shahid @MariyaDidi n @CDFofMNDF. Government of Maldives cannot remain silent on this as it could further escalate political turmoil in SL. @ibusolih is making everyone’s life miserable.” / Twitter

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ދިވެހި ސަރުކާރުން ގޯޓަބަޔާއަށް ހިމާޔަތްދީ، އެނާ ފިއްލަވަން އެހީވެފައިވުމާއިމެދު، ހަނު ހުރުމުން، ސްރީލަންކާގެ އެތެރޭގެ ހަމަނުޖެހުމަށް އެކަމުގެ ބޮޑެތި ނޭދެވޭ އަސަރުތަކެއްކޮށްފާނެކަމަށެވެ. އަދި ރަައީސް ސާލިހަކީ އެންމެންގެ ހަޔާތައްވެސް ޖެހިފައިވާ މުސީބާތެއްކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 63%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: