ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް ޖިންސުން ގުޅުން ހިންގިކަމަށް ބެލެވޭ އަލަމްގިރިގެ ބަންދަށް 5 ދުވަސް!

އެއް ޖިންސުން ގުޅުން ހިންގިކަމަށް ބެލެވޭ އަލަމްގިރި.
ޝެއާރކޮށްލާ ކަހަލަދޯ؟

ހައި ޕްރޮފައިލް ގިނަ ބަޔަކާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ އަލަމްގީރުގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

އަލަމްގީރު ހައްޔަރުކުރެވިފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހު މެންދުރުފަހު 15:00 ހާއިރު އޭނާ ދިރިއުޅޭ ގެސްޓް ހައުސްގައި ހުއްޓައެވެ. އެއީ މާފަންނުގައި ހުންނަ ގެސްޓް ހައުސްއެކެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކުރީ އިއްޔެއެވެ.

އަލަމް ގިރިއާ އެކު ހައި ޕްރޮފައިލް ދެ ބޭފުޅަކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)އެވެ.

އެ ފަރާތްތަކުގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ.

އަލަމް ގިރި މައާފަށް އެދި ތައުބާވާ ވީޑިއޯއެއް މީގެކުރިން ވަނީ އާންމުވެފައެވެ. އަދި އޭނާ ވަނީ ދިވެހިންގެ ކިބައިން މައާފަށްވެސް އެދިފައެވެ.

”އަހަރެން ތައުބާ ވެއްޖެއިން. މި ރާއްޖޭ ހުރިހާ މީހުން އަހަރެން މާފުކުރާދީބަލަ،“ އޭނާ ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: