ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހު ސަރުކާރުގެ އެހީތެރިކަމާއި އެކު ގޯޓަބަޔާ ރާއްޖެއިން ފުރާވަޑައިގެންފި

ރައީސް ސާލިހު އަދި ރައީސް ގޯޓަބަޔާ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ހިމާޔަތުގެ ދަށުން، ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައިވާ ސްރީލަންކާގައި ހުދުމުހުތާރު ވެރިކަމެއް ކުރަމުންދިޔަ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ، ސައުދީ އެއަރ ލައިންސްގެ ފްލައިޓެއްގައި ރާއްޖެއިން ސިންގަޕޫރަށް ފުރާވަޑައިގެންފައިވާކަމަށް މީޑިއާ ތަކުން ރިޕޯޓު ކުރަން ފަށައިފިއެވެ.

ސްރީލަންކާގައި ހުދުމުހުތާރު ވެރިކަމެއްކޮށް ގައުމު ބަނގުުރޫޓުވެފައިވާކަމަށް އިއުލާނު ކުރުމަށްފަހު، ރައްޔިތުންގެ ޕްރެޝަރު އިތުރުވެ، އިސްތިއުފާ ދިނުމުގެ ބަދަލުގައި، ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައިވާ ގޯޓަބަޔާ ރާޖަޕަކްސާ، ރައީސް ސާލިހުގެ ސަރުކާރުގެ ހިމާޔަތުގެ ދަށުން ދިވެހި ފަސްގަނޑުގައި ހުންނެވި ކަމުގެ މައުލޫމާތު ފެތުރެން ފެށުމާއި އެކު، ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުންތަކެއް ވަނީ އެނާ އަނބުރާ ސްރީލަންކާއަށް ފޮނުވާލައި، އިންސާފުގެ ދޮރުމައްޗަށް ހާޒިރު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައިފައިއެވެ.

ސްރީލަންކާގައި އަލަށް އެކުލަވާލެވޭނެ ސަރުކާރުން، އެނާގެ މައްޗަށް ކުށްތަކެއްގެ ތުހުމަތުކޮށް، ހައްޔަރުކޮށްފާނެކަމުގެ ބިރު ހީވުމުން، ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާއާއި ދެކޮޅަށް، ލަންކާގެ ރައްޔިތުން އަދި ރާއްޖޭގެ ރައްޔިތުންވެސް އަޑު އުފުލަން ފެށުމާއި އެކު، އެނާވަނީ ދިވެހިރާއްޖޭގައި ފިއްލަވައިގެން ހުރުމުގެ ބަދަލުގައި އެހެން ގައުމަށް ވަޑައިގަތުމަށް ގަސްތުކޮށް، ދިވެހި ސަރުކާރުން އެނާއަށް ޕްރައިވެޓު ޖެޓެއް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފައިކަމަށް ގިނަ މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

ގޯޓަބަޔާ ރާޖަޕަކްސާ ދިވެހިރާއްޖެއިން ފުރުމަށް ޖެޓެއް ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުގައި އެދިފައިވާކަމަށް ގިނަ މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައި، ދިވެހި ސަރުކާރުން އެހެން މަގެއް ފަހިކޮށްދީފައިވާ ކަމުގެ ރިޕޯޓުތައްވެސް ފެތުރިފައިވެއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސެކިއުރިޓި އިތުރު ކުރެވިފައިވާ މަންޒަރުތައްވެސް، ސޯޝަލްމީޑިއާގައި ބައެއް ފަރާތްތަކުންދަނީ އާންމު ކުރަމުންދާއިރު، ރައީސް ސާލިހުގެ ސަރުކާރުގެ އެހީގެ ދަށުން ގޯޓަބަޔާ ސައުދީ އެއަރލައިންސްގެ ފަލައިޓެއްގައި ސިންގަޕޫރަށް ފުރާ ވަޑައިގެންފަައިވާކަމަށްވެސް ބައެއް ފަރާތްތަކުން ރިޕޯޓު ކުރެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސެކިއުރިޓީ އިތުރު ކުރެވިފައިވާ އެއް ސަބަބު ކަމަށް ބައެއް ފަރާތްތަކުން ބުނަނީ، ގޯޓަބަޔާ ފުރުވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވާތީއެވެ. ދައުރުވަމުންދާ ފޮޓޯތަކުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވެސް ފެނިގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: