ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާގެ ހާލަތު ދަނީ ގާތުން ބަލަމުން: އދ

އ ދ ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަމަނުޖެހުންތައް ބޮޑުވެފައިވާ ސްރީލަންކާގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް އދ ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެއެވެ.

ލަންކާގައި ހަމަނުޖެހުންތައް ބޮޑުވެފައިވާއިރު އެގައުގުގައި މިވަގުތު ރަނގަޅު  ނިޒާމެއްގެ ދަށުން ހިނގާ ސަރުކާރެއްވެސް ނެތެވެ. އާއްމު ރައްޔިތުން ނިކުމެ ރިޔާސީ ގަނޑުވަރު ހިފުމާއެކު ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ވަނީ ގައުމު ދޫކުރައްވައި ވަޑައިގެންފައެވެ.

އދ ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް އދ އިން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އެ މައްސަލަތަކުގެ އަސްލު ސަބަބަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެއްކަމުގައެވެ.

އދ ގެ ސެކެޓްރީ ޖެނެރަލް ވިދާޅުވީ ސުލްހަވެރިި އަދި ޑިމޮކްރަޓިކް އުސޫލުން ވެރިކަމުގެ ބާރުތައް ބަދަލުކުރުމަށް ލަންކާގެ ސިޔާސީ ފަރާތްތަކުން ދޫ ދިނުމުގެ ރޫހުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ލަންކާގެ ހާލަތު ގޯސްވެފައިވާއިރު އެ ގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ވަނީ ގައުމު ދޫކުރައްވައި ސިންގަޕޫރުގެ ހިމާޔަތް ހޯއްދަވާފައިކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ލަންކާގެ ރައްޔިތުން މިހާރު ދަނީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިސްތިއުފާ އަށް ވެސް ގޮވާލަމުންނެވެ. ލަންކާގައި ކާފިއު އިއުލާންކޮށްފައިވާ އިރު، އެ ގައުމުގެ މަގުތައް ވަނީ ހަލަބޮލިވެފައެވެ. ލަންކާގެ ސިޔާސީ ފަރާތްތަކުން ދަނީ ވަގުތީގޮތުން ވެރިކަމުގެ ބާރުތައް ހަވާލު ކުރާނެ ފަރާތެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ކަމުގައި ހަބަރުތަކުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: