ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯޓަބަޔާ ލަންކާގައި ހުންނެވި ނަމަ އިސްތިއުފާ ނުދެއްވާނެ، ހުރިހައި ޝުކުރެއް ދިވެހި ސަރުކާރަށް: ނަޝީދު

ރައީސް ނަޝީދު އަދި ރައީސް ގޯޓަބަޔާ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ގޯޓަބަޔާ ރާޖަޕަކްސަ ލަންކާގައި ހުންނެވި ނަމަ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި އިސްތިއުފާ ދެއްވުމުގެ ހުރިހައި ޝުކުރެއް ހައްގު ވަނީ ދިވެހި ސަރުކާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެހެނިހެން ގައުމުތަކުގެ ދާހިލީ ކަންކަމަށް ވަދެވަޑައިގަންނަ ކަމުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ސްރީލަންކާގައި ހުދުމުހުތާރު އައިލީ ވެރިކަމެއް ކުރައްވަމުންދިޔަ، ގޮޓަބަޔާ ރާޖަޕަކްސާ މަގާމުން އިސްތިއުފާދެއްވާފައިވާކަމަށް ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، ރައީސް ގޯޓަބަޔާގެ އިސްތިއުފާއާއިއެކު، ސްރީލަންކާގެ ރައްޔިތުން އެގައުމުގައި މިވަގުތު ހިނގަމުންދާ ބޮޑެތި ހަމަނުޖެހުންތަކާއި ދުރުހެލިވެގެންދާނެކަމަށް އެނާ އުންމީދު ކުރައްވާކަމަށެވެ.

ސްރީލަންކާގެ ރައީސް ގޯޓަބަޔާގެ އިސްތިއުފާއާއިއެކު، އެގައުމުގެ ރައްޔިތުންނަށް ހަމަޖެހުމެއް ލިބި، ހަމަނުޖެހުންތައް ހުއްޓުމަކަށް އަންނާނެކަމަށް އުންމީދު ކުރައްވާކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެނާ ގަބޫލު ކުރައްވާ ގޮތުން، ފުރާނައަށް ނުރައްކައުތެރިވެފައިނުވާނަމަ، ރައީސް ގޯޓަބަޔާ އިސްތިއުފާ ނުދެއްވާނެކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދުވަނީ، ރައީސް ގޯޓަބަޔާ، ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އެހީ ވެފައިވުމަށް ތައުރީފު ކުރައްވާފައިއެވެ.

Mohamed Nasheed on Twitter: “🇱🇰 President GR has resigned. I hope Sri Lanka can now move forward. I believe the President would not have resigned if he were still in Sri Lanka, and fearful of losing his life. I commend the thoughtful actions of the Govt of Maldives. My best wishes to the people of Sri Lanka.” / Twitter

ސްރީލަންކާގައި ހުދުމުހުތާރު އާއިލީ ވެރިކަމެއް ކުރެއްވި ރައީސް ގޯޓަބަޔާ ރާޖަޕަކްސާއަށް ތާއިދު ކުރައްވަމުންދިއުމާއި ގުޅިގެން ރައީސް ނަޝީދަށްވަނީ ފާޑުކިޔުންތަކެއް އަމާޒުވެފައިއެވެ. އެގޮތުން ބައެއް ފަރާތްތަކުންވަނީ ރައީސް ގޯޓަބަޔާ، ރައީސް ނަޝީދު ވިދާޅުވާ ހުދުމުހުތާރު ވެރިޔާ ރައީސް މައުމޫން އަބްދުލް ގައްޔޫމަށްވުރެވެސް ހުދުމުހުތާރު ކަމަށް ސިފަ ކުރައްވާފައިއެވެ. އެހެންކަމުން އެނާއަށް ތާއިދު ކުރުމުން ރައީސް ނަޝީދުގެ އަސްލު ކުލަވަރުތައް ފާޅުވެފައިވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: