ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހުގެ ސަރުކާރުގައި ތިބީ އިންޑީއާގެ ޕަޕެޓުތަކެއް: ސައީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރުން، އަވައްޓެރި ގައުމެއްގެ ދާހިލީ ކަމަކަށް ވަދެ، ރައްޔިތުންނަށް ހިޔާނާތްތެރި ގޮތަކަށް ކަންކަން ކޮށްފައިވަނީ، އިންޑިއިން އެންގި ގޮތުގެ މަތިން މަސައްކަތްކުރާ “ޕަޕެޓު”ތަކަކަށް ވުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ތިއްބަވަނީ އިންޑިއާގެ “ޕަޕެޓު”ތަކެއްކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން، ސައީދު ވިދާޅުވީ، ލަންކާގެ އެތައް މިލިއަން ރައްޔިތުންގެ އިހުސާސްތަކާއި ދެކޮޅަށް، ދިވެހި ސަރުކާރުން މަސައްކަތްކޮށްފައިވަނީ، އިންޑިއާއިން އެގޮތަށް ކަންކަން ކުރައްވަން އެންގުމުންކަމަށެވެ.

Mohamed Saeed on Twitter: “Puppets in #Maldives regime,just did the job as instructed by their appointees in Delhi. Slammed millions of innocent civilian & they dare to get into domestic affairs of brotherly countries so hypocritically.#GotaGoHome2022 #SriLankaProtests #SriLankaCrisis” / Twitter

ސައީދުވަނީ އަވައްޓެރި ގައުމެއްގެ ދާހިލީ ކަމަކަށް ދިވެހި ސަރުކާރުން ވަދެފައިވުމާއި ގުޅުވައި ރައީސް ސާލިހުގެ ސަރުކާރަށް އިތުރު ފާޑުކިޔުންތަކެއްވެސް އަމާޒު ކުރައްވާފައިއެވެ. އެގޮތުން ސައީދު ވިދާޅުވީ، އިންޑީއާގެ އެންގުމެއްގެ މަތިން ދިވެހި ސަރުކާރުން ސްރީލަންކާގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެފައިވަނީ ހިޔާނާތްތެރިކަމާއި އެކު ކަމަށެވެ.

މީގެ އިތުރުން ސައީދުވަނީ، ރައީސް ސާލިހުގެ ސަރުކާރުން އިންޑީއާގެ ވެރިންނާއި ދެމެދު ބާއްވަމުންދާ ގާތް ގުޅުމަށްވެސް ފާޑުކިޔާފައިއެވެ. އެގޮތުން، ދެ “ޕަޕެޓުން” (ރައީސް ސާލިހު އަދި ރައީސް ނަޝީދު) އިންޑިއާގެ މޫނު މަތި ރީތި ކުރުމަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަމަށާއި، އަވައްޓެރި ސްރީލަންކާގެ ރައްޔިތުންނަށް ހިޔާނާތްތެރިވެފައިވަނީވެސް އެ ބޭނުމުގައިކަމަށް ފާހަގަކުރައްވާ ސައީދު ވިދާޅުވީ، ދިވެހިރާއްޖެ މީ އިންޑީއާގެ ދަށުގައި އަޅުވެތިވެފައިވާ ސްޓޭޓެއްކަމަށެވެ.

ދިވެހި ސަރުކާރުން، ސްރީލަންކާގެ ކުރީގެ ރައީސް ގޯޓަބަޔާއަށް ރާއްޖެ ފިއްލަވަން އެހީވުމާއި ގުޅިގެން، އެ ގައުމުގެ ރައްޔިތުންގެ ފާޑުކިޔުންތައްވެސް އަމާޒުވިއެވެ. ރައީސް ގޯޓަބަޔާ ދިވެހިރާއްޖެއަށް ފިއްލެވުމާއި ގުޅިގެން އެގައުމުގައި ހިންގަމުންދިޔަ ހަމަނުޖެހުންތައް އިތުރުވެގެންދިޔައެވެ. އެހެން ނަމަވެސް އެނާވަނީ މިހާރު ސިންގަޕޫރަށް ފުރާވަޑައިގެންފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: