ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނަށް ހަޖޫޖެހުމާއި ފާހިޝް ކަންކަން އާންމުވީ އިމްރާންގެ ވަޒީރުކަމުގައި: ޑރ.ޖަމީލު

ކުރީގެ ނައިބް ރައީސް ޑރ ޖަމީލް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާތްވެގެންވާ އިސްލާމް ދީނަށް ހަޖޫޖެހުމާއި ފާހިޝް ކަންކަން އާންމުވީ ކަމާބެހޭ ވަޒީރަކަށް އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ ހުންނަވަނިކޮށްކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވީ އަދާލަތު ޕާޓީ އުފެދުނީއްސުރެ، އެ ޕާޓީއަށްވުރެ ބޮޑަށް ދީނަށް ހިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާއަތެއްވެސް ރާއްޖޭގައި ނެކަމަށް މިނިސްޓަރު އިމްރާން ވިދާޅުވުމާއި ގުޅިގެންނެވެ.

ޑރ، ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯމަތިން ފެންނަން ހުރި ކަންތައް އޮޅުވާނުލެވޭނެކަމަށާއި މިއަދު މުޅި ރާއްޖޭގައި ވަނީ ބަނގުރާ އާންމުވެފައިކަމަށެވެ.

މީގެއިތުރުން ޑރ. ޖަމީލް ވިދާޅުވީ މިއަދު ހަށިވިއްކުންވެސް ފެޝަނަކަށްވެފައިވާކަމަށެވެ. އަދި ރަސޫލާއަށާއި ދީނުގެ ޙުކުމްތަކަށް ގޮންޖެހުމާއި ޖިންސީ ފާޙިޝް އަމަލު އާންމު ވެފައިމިއަދު މިވަނީ ކަމާއި ގުޅޭ ވަޒީރަކަށް މިނިސްޓްރު އިމްރާން ހުންނަވަނިކޮށްކަމަށް ވިދާޅުވެ ޑރ. ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އިސްލާމްދީނުގެ އުސޫލުތައް ނެގެހެއްޓުމުގައި އަދާލަތު ޕާޓީ ދެމިއޮންނާނެ ކަމަށާއި ޕާޓީ އުފެއްދި މަގްސަދަކީ އެއީ ކަމަށް ވިދާޅުވެ އިއްޔެ އިމްރާން ކުރެއްވި ޓުވީޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.
އެ ފާޑުކިޔުންތަކާ ގުޅިގެން އިމްރާން ވަނީ އަނެއްކާވެސް ޓުވީޓެއްކުރައްވާ ރައްދު ދެއްވާފައެވެ. ވިދާޅުވީ ބަޔަކަށް ގަބޫލު ކުރެވުނަސް ނުކުރެވުނަސް ހަގީގަތަކީ، މި ސަރުކާރު ވެރިކަމާ ހަވާލުވެ ވޭތުވެދިޔަ ތިން އަހަރާ ބަޔަށް ބެލިޔަސް، ނޫނީ 2005 އިން ފެށިގެން މިހާތަނަށް ބެލިޔަސް އަދާލަތުގެ އިލްމުވެރިންނަށް ވުރެ ބޮޑަށް ދީނަށް ހިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާއަތެއްވެސް ރާއްޖޭގައި ނެތް ކަމަށެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: