ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން މަސައްކަތް ކުރަންވީ ގާނޫނީ އިމުގެ ތެެރެއިން ވެރިކަން ބަދަލުކުރަން: އާދަމް ޝަރީފް

ޕީއެންސީ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަސައްކަތް ކުރަންވީ ގާނޫނީ އިމުގެ ތެރެއިން ވެރިކަން ބަދަލު ކުރުމަށް ކަމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް އޮފީސް ދޮރުމަތީގައި އެޕާޓީއިން ކުރިއަށްގެންދިޔަ ހަރަކާތެއްގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވަނީ މުހައްމަދު އިސްމާއީލާއި ހުރިހާ ޝޭހުންތައް ދޫކޮށްލަން ގޮވާލާފައެވެ.

ޔޯގާޑޭގެ މުޒާހަރާގައި ހައްޔަރުކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ދޫކޮށްލުމަށް ވަނީ ގޮވާލާފައެވެ. އާދަމް ޝަރީފް ވިދާޅުވީ ސަރުކާރު އޮތީ ހިރިއަކަށް އަރާފައިކަމަށާއި އެ ހިރިން ދެން ސަލާމަތް ނުވާނެ ކަމަށާއި ދެން ވެއްޓޭނީ ފަށަން ކަމަށާއި އެއަށް ފަހު އޮޑި ސަލާމަތް ނުވާނެ ކަމަށެވެ.

ސަރުކާރުން ގެންދަނީ ސްރީލަންކާގައި ކަންތައްތައް ދިޔަގޮތް ބަލައި އެމަގުން ކަންތައްތައް ކުރަމުން ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ. މި ގައުމު ސަލާމަތް ވާން ނެތް ކަމަށާއި ދެން ފެންނާނީ ދުވަސްކޮޅަކުން ސަރުކާރުގައި ތިބި މީހުން ފިލަންދުވާތަން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުގެ އިސްވެރިން ފިލަން ދިޔުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށާއިި އެކަމަށް ހުށިޔާރު ވެ ތިބެން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މުހައްމަދު އިސްމާއީލް އާއި ޝޭހުންތައް ނިކުތީ މިގައުމުގައި ޝިރުކު ނައްތާލުމަށް ކުރަންޖެހޭ މަސައްކަތް ކުރުން  ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

މިގައުމުގައި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަމެއް ނެތް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ފެންނަމުން ދާ މަންޒަރަކީ ރައްޔިތުން ކަންބޮޑުވާ ކިތަންމެ ކަމެއް ކުރިނަމަވެސް ޖައްބާރުކަމާއެކީ އަނގައިން ނުބުނެ ސަރުކާތުން ތިބޭ ތަން ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސްރީލަންކާގެ ކުރީގެ ރައީސް ރާއްޖެ ގެނެސް ހިންގި ޖަރީމާ އަކީ ދިވެހިންނާއި ސްރީލަންކާގެ ރައްޔިތުންވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމުގައެވެ. އަދި އެކަމަކީ ޑިމޮކްރަޓިކް އުސޫލު ތަކާއި ހިލާފަށް ކުރި ކަމެއްގެ ގޮތުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

ސްރީލަންކާ އާއި އެކު ހެދި ޑީލަކާއި ހޯދި ފައިސާ އެއް ބަލަން ބޭނުން ނުވާ ކަމަށާއި ނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ސްރީލަންކާގެ ރައްޔިތުން ރޮއްވާލާފައި އެ ގައުމުގެ ރައްޔިތުންނަށް އެހާލު ޖެއްސި ފަރާތަކަށް ހިތްވަރު ދިނުމަކީ ޑިމޮކްރަސީގެ އުސޫލު ނޫން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މި ސަރުކާރުން ގެންދަނީ މި ގައުމުގެ ރައްޔިތުންނަށް ނުބައި މިސާލުތަކެއް ދައްކަމުން ކަމަށާއި އެ ހުރިހާ އަނިޔާވެރި އަމަލެއް މި ސަރުކާރުން ހިންގަމުން ގެންދަނީ ވެރިކަން ކުރުމުގައި ހަމައެއް ލަމައެއް ނެތީމަ ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

މިވެރިކަން އޮތީ ހަމަ ކިރިޔާ ހަލުވާލިޔަސް ވެއްޓޭ ހިސާބުގައި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ތައްޔާރުވެ  ތިބުމަށް އާދަމް ޝަރީފް ގޮވާލެއްވިއެެވެ. އަދި ޕީޕީއެމް ޕީއެންސީ ކޯލިޝަނަކީ އެއްވެސް ހާލެއްގައި ގައިރު ގާނޫނީ މަސައްކަތް ތަކެއް ކުރާނެ ބައެއް ނޫން ކަމުގައި ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވެރިކަން ބަދަލު ކުރާނީ ރައްޔިތުން ނިކުމެ ކަމަށާއި ވެރިކަން ބަދަލުކުރާނީ ވޯޓުން ކަމަށެވެ. ނަމަވެސް ވެރިކަން ކުރި ބަޔަކު ފިލައިގެން ގައުމު ދޫކޮށް ދިއުމަށް ފުރުސަތު މިފަހަރު ދީގެން ނުވާނެ ކަމުގއި އާދަމް ޝަރީފް ވިދާޅުވިއެވެ.

މަސައްކަތް ކުރަންވީ ގާނޫނީ އިމުގެ ތެރެއިން މި ގައުމުގެ ވެރިކަމަށް ޕީޕީއެމް ގެނެވޭނެ ގޮތަކަށް ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށާއި އަދި މި ވެރިކަން ވެސް ބަދަލު ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: