ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެ ހާލުގައި ތިބެގެންވެސް ލަންކާގެ ރައްޔިތުން ރާއްޖެއަށް ކުރަނީ މަލާމާތް: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީ ލަންކާ މިއަދު އެ އޮތް ހާލުގައި އޮވެވެސް ދިވެހިރާއްޖެއަށް ކުރަނީ މަލާމާތްކަމަށް ޕީއެންސީގެ ނައިބު، މާވަށު ދާއިޜާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމްގެ ފަރާތުން “މިނިވަން ކުރޭ” ނަމުގައި ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަމުން ސައީދު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެ ލަންކާގެ ހާލަތާއި ބެހޭ ގޮތުންވެސް އަޑުއުފުލާފައެވެ.

ސައީދު ވިދާޅުވީ ލަންކާ މިއަދު އެ އޮތް ހާލަތުގައި އޮވެވެސް ދިވެހި ރާއްޖެއަށް ކުރަނީ މަލާމާތްކަމަށާއި އަދި އެކަމުގެ ސަބަބަކީ ލަންކާއަށްވެސް އެގުމެއް ނެތި އެ ގައުމުގެ ކަންތައްތަކާއި ރާއްޖެއިން ބެހުންކަމަށެވެ.

ސައީދު މިހެން ވިދާޅުވެފައިވާ މި ދަނޑިވަޅުގައި ސްރީލަންކާގެ އިގްތިސޯދީ އަދި މާލީ ހާލަތުގެ އިތުރުން އިޖްތިމާއީ މިންގަނޑުތަކަށް ބޮޑެތި ގޮނޖެހުންތަކެއް ކުރިމަތިވެ، އެކަމުގެ ނޭދެވޭ އަސަރުތައް އެ ގައުމުގެ ރައްޔިތުނަށްކޮށް އެކަން ތަހައްމަލު ކުރަން ދަތިވުމާއި ގުޅިގެން، އެ ގައުމުގެ ރައްޔިތުންގެ ނުރުހުން އަމާޒުވެ އެކަމުގެ ސަބަބެއްކަމުގައި ތުހުމަތުކުރާ އެގައުމުގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާއަށް ދިވެހި ސަރުކާރުންވަނީ ހިމާޔަތްދީފައެެވެ. އެ ގައުމުގެ ރައްޔިތުން ފާހަގަކުރައްވާ ގޮތުގައި އެގައުމު އެ ހާލަތަށް ވައްޓާލެއްވީ ރައީސް ގޮޓަބަޔާއެެވެ.

ކަން މިހެން އޮތް އިރު ދިވެހި ސަރުކާރުން ގޮޓަ ބަޔާއަށް ހިމާޔަތް ދިނުމުގެ ސަބަބުން ލަންކާގެ ރައްޔިތުން ވަނީ ދިވެހި ސަރުޚާރަށް ނުރުހުން އަމާޒުކޮށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެެވެ. އެގޮތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ ގޮޓަބަޔާއަށް ހިމާޔަތް ދިންކަމުގެ ތުހުމަތު ކުރައްވާ، ލަންކާގެ ގިނަ ރައްޔިތުންތަކެއް ވަނީ އެމަނިކުފާނަށް ނުރުހުމުގެ ބަސްތައް އަމާޒުކުރައްވާފައެވެ.

ރައީސް ގޯޓަބަޔާ ރާއްޖެ ވަޑައިގެންނެވި ހަބަރުތައް މީޑިއާތަކުގައި ރިޕޯޓު ކުރަން ފެށުމާއިއެކު ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުން ވަނީ ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެ ސިޓީގައި ސުލްހަވެރި އިހުތިޖާޖެއްކޮށްފައިއެވެ.މި އިހްތިޖާޖްތަށް ކުރެވިގެން ދިޔައީ ހިޔާލުފާޅުކުރުމަށް ގާނޫނުން ހުއްދަ ކުރާ ސަރަހައްދުކަމުގައިވާ އަލިމަސް ކާނިވާ ސަރަހައްދުގައި ނަމަވެސް ފުލުހުންގެ މުއައްސަސާއިންވަނީ އެކަމަށް ހުރަސް އަޅާ މުޒާހަރާ ހުއްޓުވާފައެވެ. އަދި ބައެއް ލަންކާގެ ރައްޔިތެއްވަނީ ހައްޔަރުކުރުވެސް ކުރެވިފައެވެ.

ގިނަ ބަޔަކު މިކަމުގެ ޒިންމާ ރައީސް މުހައްމަދު ނަޝީދުގެ ބޮލުގައި އެޅުއްވި ނަމަވެސް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ފާހަގަކޮށްފައިވަނީ ގޯޓަބަޔާއަށް ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމުގެ ޒިންމާ ނަގަން ޖެހޭނީ ރައީސް ނަޝީދުގެ ބޮލުގައި އެކަނި ނޫންކަމަށެވެ. އިދިކޮޅުން ސިފަކުރާ ގޮތުގައި މިއީ ސަރުކާރަށް ނިސްބަތްވާ ގިނަ ބަޔަކު ޝަމިލްވެގެން ހިންގި ޖަރީމާއެކެވެ. އެގޮތުން ފޮރިން މިނިސްޓާރ އަދި އދ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓާ މާރިޔާ ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މުހައްމަދު ޝަމާލްގެ ހުއްދަ އެކަމަށް ބޭނުންވާނެކަން ފާހަގަ ކުރި އެވެ.

މީގެ އިތުރުން ރައްޔިތުންގެ ހައްގެއް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ނިގުޅައިގަނެފައިވާކަމަށް ސައީދު ފާހަގަކުރެއްވިއެވެ. އެގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: