ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތުގެ މައްސަލަ ބަލާ ވާހަކައަކީ އެމްޑީޕީގެ ކެމްޕެއިން ސްލޯގަނެއް: އާދަމް ޝަރީފް

ޕީއެންސީ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނަށް ޖާގައެއް ނުދޭނެ ކަމަށް އަޑުއުފުލައި ވުޖޫދުވެގެން އައި ސަރުކާރެއްގެ ވެރިކަމުގައި، ނެތިދިޔުމުގެ ބަދަލުގައި ކޮރަޕްޝަންގެ އަމަލުތައް ގިނަވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުު ވުޖޫދުވެގެން އައިސްފައިވަނީ، ރައްޔިތުންނަށްޓަކައި ފުއްދައިދިނުމަށް ގިނަ ވައުދުތަކެއް ވެފައިކަމަށް އިޝާރާތްކުރައްވާ، އާދަމް ޝަރީފް ވިދާޅުވީ، ހިޔާނާތުގެ މައްސަލަތައް ބެލުމަށް ވައުދުތަކެއް ވެފައިވީނަމަވެސް، އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަވެސް އެމްޑީޕީން ހަދައިފައިވާނީ އެ ޕާޓީގެ، އިންތިހާބުތަކުގައި ކެމްޕެއިން ކުރުމަށް ރައީސް ސާލިހާއި، ރައީސް ނަޝީދުގެ ފެކްޝަނުންވެސް ބޭނުން ކުރާ ސޮލޯގަނަކަށްކަމަށެވެ.

ދިވެހި ރައްޔިތުންނަށް ހައްގުވާ، ގެއްލިފައިވާ ފައިސާތަކެއްވާއިރު، ހޯދައިދެވިފައިނުވާކަމަށާއި، ހަގީގަތުގައި އެ މަސައްކަތްތައް ކުރިއަށް ނުގެންދާފަދަ މޭރުމަކުން ފާޑުވިދާޅުވެ، ކުރީގެ ޑިފެންސް މިނިސްޓަރެއްގެ މަގާމުގައިވެސް ހުންނެވި އާދަމް ޝަރީފްވަނީ ހާމަކުރާނެކަމަށް އިންޒާރުތަކެއް ދެމުން އައި ލިސްޓު ހާމަނުކުރައްވާ ހުންނަވާ ސަބަބަކީ، ރައީސް ނަޝީދުގެވެސް މަސްލަހަތު ހިމެނޭތީތޯ، އެ މަނިކުފާނާއި ސުވާލުކުރައްވާފައިއެވެ.

Adam Shareef Umar on Twitter: “Corruption ah zero tolerance kamah buni meehun verikamah aumun corruption vee gina. Rayyithunge gellifaivaa faisaaeh nuhoadhunu! MMPRC khiyaanaathuge sahha list haama kuraa vaahaka akee MDP in inthikhaabuthah kaamiyaabu kurumah 2 faction in ves beynunkuraa slogan akah hadhaifi!” / Twitter

Adam Shareef Umar on Twitter: “MMPRC khiyaanaathuge sahha list haama nukuranee MDP ge 2 faction ge meehun ves e list gai himeneytheethoa? MDP ge chairperson hovumuge inthikhaabugai buni list avahah haama kurumah @MohamedNasheed ashaai @faya_i ah govaalan! E list haama nukuranees rayyithun ithubaareh nukuraane!” / Twitter

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ، ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަންގެ ނަމުގައި ވުޖޫދުވެގެން އައި ސަރުކާރެއްގައި، ކޮރަޕްޝަންގެ އަމަލުތައް އޮތީ މެކުހައް ޖެހިފައިކަމަށެވެ. އަދި ދާދި ފަހުން ނިމިގެންދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި، އިންޒާރުތަކެއް ދީ، ހާމަ ކުރައްވާނެކަމަށް ވިދާޅުވީ އެމްއެމްޕީއާރްސީގެ ލިސްޓު ހާމަކުރައްވަން ރައީސް ނަޝީދާއި، އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލަށްވެސް ގޮވާލާކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތައް ބެލުމަށް ވެފައިވާ ވައުދު ފުއްދުމުގެ ނަމުގައި އެމްޑީޕީން ކުޅެމުންދަނީ ކުޅިވަރެއްކަމަށް ދޭހަވާ މޭރުމަކުން އާދަމް ޝަރީފް ވިދާޅުވީ އިރު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުވަނީ އެ ހިޔާނާތުގެ ފައިސާގައި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް ޖެހިވަޑައިގެންފައިވާކަމަށް، ތުހުމަތު ކުރައްވާ، އެކަން މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލައިގެން ބެެއްލެވުމަށް މަޖިލީހުގައި އެދިފައިކަން ފާހަގަކޮށްލެވެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބެއްލެވުން ބޭނުންކުރަމުންދަނީ އިންތިހާބުތައް ކާމިޔާބުކުރަން ސްލޯގަންއެއްގެ ގޮތަށްކަމަށް، ފާހަގަކުރައްވާ ރައީސް ނަޝީދަށާއި، އެމްޑީޕީގެ އިސްވެރިންނަށް ފާޑުވިދާޅުވިއިރު، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ޝާމިލުވާ ފަރާތްތައް އިންގިލައްވާކަމަށް ރައީސް ނަޝީދުވަނީ އެކި ފުރުސަތުތަކުގައި ތަކުރާރު ކުރައްވާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: