ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސޫލާއަށް ހަޖޫ ޖެހި އިރު އަދާލަތު އޮތީ ނިދާފަ، ތި ހޭލީ އިންތިހާބަށް: ޝިޔާމް

ޕީޕީއެމް ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނަށް ފުރައްސާރަކޮށް، ރަސޫލާ ﷺ އަށް ހަޖޫ ޖެހިއިރުވެސް އަދާލަތު ޕާޓީ އޮތީ ހިމޭނުންކަމަށް ބުނެ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ބަހުގެ ހަމަލާއެއް އަމާޒު ކުރައްވައިފިއެވެ.

ޝައިހު އިމްރާން އަބްދުﷲގެ ބެލުމުގެ ދަށުގައި ހޯމް މިނިސްޓްރީ އޮވެ، ދިވެހި ޖުމުތަމައުގެ ތެރޭގައި، އެއް ޖިންސުން ގުޅުން ހިންގުމާއި، އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ގިނަވެފައިވަނިކޮށް، އިމްރާން ވިދާޅުވީ، ދިވެހިރާއްޖޭގައި އަދާލަތު ޕާޓީއަށްވުރެ ގިނަ މަސައްކަތްތަކެއް އިސްލާމް ދީނުގެ ނަމުގައި ކޮށްދީފައިވާ ޕާޓިއެއް ނޯންނާނެ ކަމަށެވެ. އަދި ވޭތުވެ ދިޔަ 3 އަހަރަށް ބެލި ނަމަވެސް، 2005 ވަނަ އަހަރުން ފެށިގެން ބެލި ނަމަވެސް އެކަން ފެންނާނެކަމަށްވެސް އިމްރާން ފާހަގަކުރެއްވިއެވެ.

ދީނުގެ ފުރިހަމަ މަހުފޫމުގައި، އަދާލަތު ޕާޓީއިން ދާނީ ސިޔާސީ މަސައްކަތައިގެން “ބާރަށް ކުރިއަށް” ކަމަށް އިމްރާން ވިދާޅުވުމާއި ގުޅިގެން، ޝީޔާމް ވަނީ އިމްރާނަށް ފާޑުވިދާޅުވެފައިއެވެ. އެގޮތުން ޝިޔާމް ވިދާޅުވީ، އިމްރާން، ސަރުކާރެއްގައި އެލިގަނެގެން އޮންނަތާ ހަތަރު އަހަރުވެދަނީ ކަމަށެވެ. އެހެން ނަމަވެސް އިސްލާމް ދީނަށް ފުރައްސާރަކޮށް، ރަސޫލާ އަށް ހަޖޫޖެހިއިރުވެސް އަދާލަތުން ހަނު ހުރެފައިވާކަމަށާއި، އަދާލަތުގެ ނަމަކީ ދެތިން މީހެއްގެ މަންފާއަށް ގެންގުޅޭ ނަމެއްކަން އެންމެހާ ރައްޔިތުން ދަންނަ ކަމަށްވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، އިމްރާން ދައްކަވަމުންދާ ވާހަކަތަކުގެ މަޖުސަދަކީ، 2023ގެ ރިޔާސީ އިންތިހާބު ކައިރިވުމާއި އެކު، ޕާޓީއަށް ވަގަށް މެމްބަރުން ހަމަކޮށްގެން ހުންނަވައިގެން އެނާވެސް މައިދާނުގައި ޝާމިލުވެ ހުންނެވިކަން އެންގުމުގެ މަސައްކަތްކަމަށެވެ.

ދިވެހި މުޖުތަމައުގެ ތެރޭގައި އިސްލާމް ދީނާއި ހިލާފުވާފަދަ ގިނަ އަމަލުތަކެއް ހިންގާފައިވާއިރު، އަދާލަތު ޕާޓީއިން ހަނު ހުރެފައިވާކަމަށް ޝިޔާމް ވިދާޅުވިއިރު، ދާދި ފަހުން ހިނގައިދިޔަ ޔޯގާ ޑޭގެ ހަމަނުޖެހުމުގެ ތެރޭގައިވެސް ޝައިހު އިމްރާންނަށް އެ ޕާޓީގެ މެމްބަރުންގެ ފަރާތުންވެސް ފާޑުކިޔުންތައް އަމާޒުވެގެންދިޔައެވެ. އެގޮތުން، ކުށެއް ނެތް ޝައިހުންތަކެއް ހިފާ ހައްޔަރު ކުރުމަށްފަހު، ފުލުހުންގެ މުއައްސަސާގެ އެހީގެ ދަށުން، ދީނާއި ހިލާފު އަމަލުތައް ހިންގާ ފަރާތްއް ފުރުމަށް މަގުފަހި ކުރާކަމުގެ ފާޑުކިޔުންތަކެއްވެސް އިމްރާނަށް އަމާޒުވިއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: