ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ ޝާހިދަށް ގުއަޓަމާލާގެ ހާއްސަ އިއްޒަތެއް އަރުވައިފި

ގުއަޓަމާލާގެ އިއްޒަތް އެރުވުމުގެ ރަސްމިއްޔާތު: ފޮޓޯ ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޚާރިޖީ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކާއި، އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ގުއާޓަމާލާގެ އޯޑަރ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ ޢިއްޒަތް އަރުވައިފިއެވެ.

ގުއާޓަމާލާގެ ވެރިކަން ކުރާ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އަބްދުﷲ ޝަހިދަށް މި އިއްޒަތް އެރުވުމަށް ގުއަޓަމާލާގެ ރައީސް ވަނީ ހާއްސަ ގަރާރެއް ނެރުއްވާފައެވެ.

އޯޑަރ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ ޢިއްޒަތް މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވާފައިވާ ސަބަބުތެރޭގައި، ކޮވިޑްގެ ޙާލަތުން ހަލުވިކަމާއެކު އަރައިގަތުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އާރާސްތުކުރުމަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށާއި، ވަކީން ޚާއްސަކޮށް މިންތީގެ ހަމަހަމަކަމާއި ޒުވާނުންނަށް ފުތރުޞަތު ހޯދައިދިނުމަށާއި، ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ކުރައްވާ މަސައްކަތްތާއި، އދ. އިތުރަށް ހަރުދަނާ ކުރުމަށް އެ މަނިކުފާނު ކުރައްވާ މަސައްކަތްތައް ހިމެނޭކަމަށް ފޮރިން މިނިސްޓްރީންވަނީ ބުނެފައިއެވެ.

ގުއާޓަމާލާގައި އުފެދުނު އެންމެ ފާހަގަ ކޮށްލެވޭ އެއް ސިޔާސީ ލީޑަރު ކަމުގައިވާ އެންޓޯނިއޯ ހޯސޭ ޑި އިރިސާރީ އެލޮންސޯ އަށް ނިސްބަތްވާ، އޯޑަރ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީ އިއްޒަތް ދޭންފަށާފައިވަނީ 1973 ވަނަ އަހަރުން ފެށިގެންނެވެ. މި އިއްޒަތް އާންމު ގޮތަކަށް އެ ގައުމުން އަރުވަނީ، ބައިނަލްއަޤްވާމީ ފެންވަރުގައި، ޚާރިޖީ ދާއިރާއިން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތްތަކަށެވެ.

ޖުލައި މަހުގެ 13 ވަނަ ދުވަހު މިނިސްޓަރު އަބްދުﷲ ޝާހިދު ގުއަޓަމާލާއަށް ކުރެއްވި ދަތުރުގައި، އެ ގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިމެނޭގޮތަށް އިސްވެރިންތަކަކާއި ބައްދަލު ކުރެއްވުމުގެ އިތުރުން އެޤައުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އދ ގެ ތަފާތު 23 އޭޖެންސީގެ ވެރިންނާއެކު ބައްދަލު ކުރައްވާ އެ އޭޖެންސީތަކުން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވިކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: