ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީޔާސީ މަޝްވަރާތަކެއް ކުރުމަށް ރައިސް ސާލިހު އިންޑިއާއަށް!

މި ސަރުކާރު އައި ފަހުން ދެ ގައުމުގެ ގުޅުން ވަރުގަދަވެއްޖެ - މޯދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށްޓަކައި، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިންޑިއާއަށް ވަޑައިގަތުމަށް ކަނޑައެޅިފައިވާކަމަށް އިންޑީއާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އިންޑިއާގެ މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ރައީސް ސާލިހު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، ކުރިއަށް އޮތް އޯގަސްޓު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައިއެވެ. ދިއްލީގައި ކުރިއަށް ގެންދަވާނެ މި ސިޔާސީ ބައްދަލުވުމުގެ ތެރޭގައި، ދަތުރުފަތުރުގެ ނިޒާމާއި، ދެގައުމުގެ ދޭތެރޭގައި އޮންނަ ވިޔަފާރީގެ ގުޅުމުގު މައްޗަށް ވާހަކަތައް ދެކެވިގެންދާނެކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާގޮތުން، ރައީސް ސާލިހު އެ ގައުމަށް ވަޑައިގަންނަވާނީ، އޯގަސްޓު މަހުގެ 2 ވަނަ ނުވަތަ ތިން ވަނަ ދުވަހުއެވެ. އެހެން ނަމަވެސް މި ބައްދަލުވުމުގެ އިތުރު ތަފްސީލުތައް އެކުލަވާލެވެމުންދާކަމަށާއި، ދިއްލީގެ އިތުރުން، އިންޑީއާގެ މާލީ ކެޕިޓަލް މުމްބާއީއަށްވެސް ރައީސް ސާލިހު ވަޑައިގަންނަވާނެ ކަމަށާއި އެ ސަރަހައްދުގެ އިސް ވިޔަފާރިވެރިންނާއި ބައްދަލު ކުރައްވާނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ރަސްމީ ގޮތުން ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، އެންމެ ފަހުން އިންޑިއާއަށް ދަތުރު ކުރެއްވީ 2018 ވަނަ އަހަރުގެ ޑިސްމްބަރުގައިކަމަށްވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އިންޑިއާއަށް ކުރެއްވި މި ދަތުރަކީ އެ މަނިކުފާނަށް ވެރިކަން ލިބިވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި ދަތުރު ކަމަށާއި، އިންޑިއާގެ ސަރުކާރުންވަނީ މި ދަތުރުގެ ތެރޭގައި ދިވެހިރާއްޖެއަަށް 1.4 ބިލިއަން ޑޮލަރުގެ މާލީ އެހީ ފަހިކޮށްދީ، 5 އަހަރުގެ މުއްދަތުގެ ތެރޭގައި 1000 ސްކޮލަޝިޕް ދިނުމަށްވެސް ނިންމާފައިކަމަށްވެސް ރިޕޯޓުގައިވެއެވެ.

ސިޔާސީ އަދި އިގްތިސޯދީ މަޝްވަރާތަކެއް ކުރުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިންޑިއާއަށް ވަޑައިގަންނަވާނެކަމަށް، އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، މި ފަހަކަށް އައިސް ރާއްޖޭގައި އެންމެ ގަދަޔަށް ދެކެވެމުންދާ ވާހަކައަކީ، އިންޑިއާގެ ނިފޫޒު ދިވެހިރާއްޖޭގެ ސިޔާސަތުތަކުގެ ތެރެއަށްވަދެ، ކަންކަން ބައްޓަން ކުރެވިގެންދަނީވެސް އެ ގައުމުން އަންގާ އެންގުންތަކުގެ މައްޗަށްކަމަށެވެ.

ރައީސް ސާލިހުގެ ސަރުކާރުން އިންޑިއާ އާއި ގާތް ގުޅުމެއް ބާއްވަމުންދާކަމަށް އެކި ފުރުސަތުތަކުގައި ސަރުކާރުގެ އެކި ފަރާތްތަކުންނާއި ހުދު އެ މަނިކުފާނުވެސް، ފާހަގަކޮށްފައިވާއިރު، އެ ގައުމުގައި މުސްލިމުންނާއި، ހިންދޫއިންނާއި، ދެމެދު ހިންގަމުންދާ ބޮޑެތި ހަމަނުޖެހުންތަކުގެ އެ މަނިކުފާނަށް އިންގި ނުލައްވާކަން ފާހަގަކުރެވެއެވެ. އެގޮތުން ދާދި ފަހުން އެ ވެރިކަން ކުރާ ބީޖޭޕީގެ ތަރުޖަމާނު، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިތާ އެތައް ދުވަހުން ބޭއްވުނު ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، އެކަން އެ މަނިކުފާނުގެ ސަމާލުކަމަށް އައުމުން ވާނީ ކުށްވެރިކޮށްފައިކަމަށެވެ.

ބީޖޭޕީގެ ތަރުޖަމާނު ނުންނަސް އެޕާޓީގެ އެކި ފަންތިތަކަށް ނިސްބަތްވާ ފަރާތްތައް އަދި ސަރުކާރުގެ ބައެއް ފަރާތްތަކުންވެސް މިފަދަ އަމަލުތައް ހިންގާފައިވެއެވެ. އެހެން ނަމަވެސް ދިވެހި ސަރުކާރުން ގާތް ގުޅުމެއް ބާއްވަމުންދާ އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ބޮޑެތި ޖަރީމާތަކާއިމެދު އެއްވެސް ބަހެއް ވިދާޅުވެފައިނުވެއެވެ. އެގޮތުން ބީޖޭޕީގެ ތަރުޖަމާނުގެ މައްސަލައިގައިވެސް ކުށްވެރިކޮށް ބަޔާނެ ނެރިފައިވަނީ ރައީސް އޮފީހުގެ ބަދަލުގައި ފޮރިން މިނިސްޓްރީންކަން ފާހަގަކޮށްލެވެއެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، އިންޑިއާއަށް ދަތުރު ކުރައްވާނެކަމަށް، އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، ދާދި ފަހުން ރާއްޖޭގެ ފިނޭންސް މިނިސްޓްރީއިން ނެރިފައިވާ ސާކިއުލާގައި ބުނެފައިވާގޮތުން، 5000 $ އަށްވުރެ ބޮޑު ހަރަދެއް ހިންގާނަމަ ރަސްމީ ނަމަވެސް، ބޭރު ގައުމަކަށް ދަތުރުތަކެއް ނުކުރާނެކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ އިސް ބޭފުޅުން އެކި ދަނޑިވަޅުގައި އެކި ގައުމުތަކަށް ފުރާވަޑައިގަންނަވަމުންދާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: