ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާނަށް، އަދުލު އިންސާފު ފަހުމްވޭތޯ ސުވާލު އުފައްދައިފި

މިނިސްޓަރު އިމްރާން އަދި ޝައިހު ހަސަން ފިކުރީ: ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މޭ ޑޭގެ މުޒާހަރާއަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޒިންމާ ނަންގަވަން ނުޖެހި، ޔޯގާ ޑޭގެ ހަމަނުޖެހުމުގައި ބައިވެރި ވެފައިނުވާ ޝައިހުންތަކެއް އެކަމަށް ޒިންމާ ނަަންގަވަން ޖެހުން އެއީ އަދުލު އިންސާފުތޯ، ދީނީ އިލްމުވެރިޔާ ޝައިހު ހަސަން ފިކުރީ، އިމްރާނާއި ސުވާލު ކުރައްވައިފިއެވެ.

ޔޯގާ ޑޭގައި ގަލޮޅު ދަނޑުގައި ހިނގައިދިޔަ، ހަމަ ނުޖެހުންތަކުގެ މައްސަލައިގައި، ހައްޔަރު ކޮށްފައިވާ ޝައިހު ފަޒްލޫނު އަދި ޝައިހު ނިޝާން، ޖަލުގައި ގިނަ ދުވަސްތަކެއް ތަހައްމަލު ކުރަން ޖެހިފައިވާއިރު، އަދާލަތު ޕާޓީ އަދި ޝައިހު އިމްރާނަށްވެސް އެކަމާއި ގުޅިގެން ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޭއްވި މޭޑޭގެ މުޒާހަރާގައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވި ކަމަށް ފާހަގަކުރައްވާ، ޝައިހު ފިކުރީ ވިދާޅުވީ، 2015 ވަަނަ އަހަރު ތެރޭގައި ހިންގާފައިވާ މޭޑޭ މުޒާހަރާތަކުގެ ޒިންމާ އިމްރާން ނަންގަވަން ޖެހިވަޑައިނުގަންނަވާ ކަމަށެވެ. އެހެން ނަމަވެސް، ޔޯގާ ޑޭގެ ހަމަނުޖެހުންތައް ހިންގީ އެހެން ބަޔަކު ކަމަށާއި، އެކަމާއި ދެކޮޅަށް، އަޑު އުފުލި ނަމަވެސް ދަނޑަށް ވަދެފައިވެސްނުވާ ޝައިހުންތަކެއް ހައްޔަރު ކުރުން އެއީ އަދުލުވެރިކަމާއިއެކު އިންސާފުވެރިކަންތޯވެސް، އެނާ އިމްރާނާއި ސުވާލު ކުރެއްވިއެވެ.

އަނިޔާވެރިވުމަކީ، ވަކި ބަޔަކު، ޖަލުގައި އޮތުމަށް މެދުވެރިވާކަމެއްތޯ ޝައިހު ފިކުރީ ސުވާލު ކުރެއްވި އިރު، މޭޑޭގެ މުޒާހަރާގެ އެންމެ ކުރީ ސަފުގައި ހުންނެވީ، މިހާރުގެ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވާ، ޝައިހު އިމްރާން އަބްދުﷲ ކަން ކަނޑައެޅިގެން ސާބިތުވެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އެ މުޒާހަރާގެ ތެރޭގައި ލިޔެކިޔުންތަކެއް ހިއްޕަވައިގެން ހުރެ، އެ ގަނޑުތަކުގައި އަވަހާރަކޮށްލެވިފައިވާ ޑޜ އަފްރާޝީމްގެ މަރުގެ ހަގީގަތްތައް ހިމެނޭކަމަށް ފާހަގަކުރައްވާ ވާހަކަ ދައްކަވާފައިވާކަމެވެ.

މޭޑޭގެ މުޒާހަރާގެ ތެރޭގައި އަވަހާރަކޮށްލެވިފައިވާ، ޑރ އަފްރާޝީމްގެ މަރާއި ގުޅުވައި، އިމްރާން ދެއްކެވި ވާހަކަތައް އެނާ ވަނީ ފަހުން ދޮގު ކުރައްވާފައެވެ. އެގޮތުން، އޭރު އެނާ ދެއްކެވި ވާހަކަތަކަކީ، ސިޔާސީ ވާހަކަތަކެއް ކަމަށްވެސް އެނާ ވިދާޅުވިކަން ފާހަގަކުރެވެއެވެ. އަދި އެދުވަހު އެނާ ހިއްޕަވައިގެން ހުރި ލިޔެކިޔުންތައް ފުލުހުން އަތުލިކަމަށްވެސް އެނާ ފާހަގަކުރެއްވިއިރު، އެހެން ފުރުސަތެއްގައި އެނާ ވިދާޅުވީ، އެ ލިޔެކިޔުންތަކަކީ، އެކި އެކި ނޫސްތަކުން ގެނެސްދީފައިވާ ހަބަރުތަކުގެ ޕްރިންޓުތަކެއް ކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ކޯލިޝަން ޕާރޓްނަރެއް ކަމަށްވާ، ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲއަށް މިފަހަކަށް އައިސް ސިޔާސީ ފަރާތްތަކާއި، ދީނީ އިލްމުވެރިންގެ ފާޑުކިޔުންތައްވެސް އަމާޒުވެގެންދެއެވެ. އެގޮތުން އެނާ ނިސްބަތްވާ އަދާލަތު ޕާޓީގެ މެމްބަރުންގެ ފަރާތުންވެސް ފާޑުކިޔުންތައް އަމާޒުވީއިރު، ބައެއް ފަރާތްތަކުންވަނީ، އެ ޕާޓީގެ އެހެން ޝައިހުން އިމްރާނަށް ދީނީ ނަސޭހަތްތަކެއް ދޭން ޖެހިފައިވާކަމަށްވެސް ފާހަގަކުރައްވާފައިއެވެ.

ގިނަ ފަރާތްތަކެގެ ފާޑުކިޔުންތައް އަމާޒުވަމުންދިޔަ ނަމަވެސް މިނިސްޓަރ އިމްރާން ގެންދަވަނީ އެނާގެ ދައްކަވަމުންދާ ވާހަކަތައް ދިފާއު ކުރައްވަމުންނެވެ. އެގޮތުން އެނާ ވިދާޅުވީ ހައްގު ގޮތް ކަމަށް ބެލެވޭނީކީ، އެކަމަށް ބަޔަކު ތާއީދު ކުރާ އަދަދަކުން ނޫންކަމަށެވެ. އަދި މަދު ބަޔަކު ތާއީދު ކުރި ނަމަވެސް ހައްގު ވާނީ ހައްގަށް ކަމަށާއި، ގައުމެއްގެ އެންމެން ތާއީދު ކުރިނަމަވެސް ބާތިލު ވާނީ ބާތިލު ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުތުރުން، އިމްރާން ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު، ދިވެހި މުޖުތަމައުގެ ތެރޭގައި ފާހިޝް އަމަލުތައް ހިންގަމުންދާ ފަރާތްތަކު މައްޗަށް އެކަށީގެންވާ ފިޔަވަޅުތައް ނޭޅޭ ކަމަށާއި، ޝައިހުން ހިފާ ހައްޔަރު ކުރެވިގެންދާއިރު، ދީނާއި ހިލާފު އަމަލުތައް ހިންގަމުންދާ ފަރާތްތައް ބޭރު ގައުމުތަކަށް ފުރުވާލުމުގައި ފުލުހުންގެ މުއައްސަސާއިން ޝާމިލުވާކަމަށް ތުހުމަތުތަކެއް ކޮށް، އެކަމަށްވެސް އިމްރާނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: