ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޭމް ކޯލް ރެކޯޑްސް ހިއްސާ ކުރުން ލާޒިމު ގާނޫނެއް ބޭނުން ވޭ: އިމްރާން

މާފުށީ ޖަލުގެ ސެކިއުރިޓީ ޕޯސްޓެއްގައި އޮފިސަރުން ހަރަކާތްތެރިވަނީ.-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލުތަކުގެ ތެރެއިން ހިންގާ ސްކޭމް ކޯލްތަކުގެ މައްސަލައިގައި ބައެއް ނަމްބަރުތައް ބްލޮކް ކުރި ނަމަވެސް، އެ މަރުހަލާ ފުރިހަމަ ކުރުމުގައި ލަސްތަކެއް ދިމަވާތީ ގާނޫނީ ރަނގަޅު އޮނިގަނޑެއް ގެންނަން ޖެހޭކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސްކޭމް ކޯލްތައް ގިނަ ވެ، އެކަމުގެ އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ އެއީ ޖަލުގެ ތެރެއިން އަންނަ ކޯލުތައް ކަމަށެވެ. އެކަން ކަމާއި ބެހޭ އިދާރާތްތަކުން ވެސް ކަށަވަރުކޮށްދޭއިރު މިހާތަނަށް އެކަން ހުއްޓުވުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ނެތެވެ.

އެކި ނަމްބަރުތަކުން ގުޅައި އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލައިގައި، ޖަލުގައި ޖޭމަރު ހަރު ކުރުމުގެ މަސައްކަތް ވެސް ފެށި އެވެ. އެކަމަކު، އެކަމުގައި ދަތިތަކެއް ދިމާވަނީ ބަޖެޓުގެ ތާށިކަން ހުރުމުންކަމަށް މީގެ ކުރިން އިމްރާން ވިދާޅުވެފައި ވެއެވެ.

މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަ ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އަދި އެ މައްސަލަތައް ހައްލު ކުރުމަށް ކަމާއި ބެހޭ އިދާރާތްތަކާއި އެކި ފަހަރު މަތީން މަޖިލީހުގެ ކޮމިޓީން ބައްދަލުކޮށްފައި ވެއެވެ.

ޖަލުތަކުގައި ދޭތެރެއަކުން ކުރިޔަށް ގެންދާ އެކި އޮޕަރޭޝަންތަކުގައި ފޯނުތައް އަތުލައިގަނެ އެވެ. އަދި ޖަލަށް މަނާތަކެތި ވެއްދުމުގައި ކަރެކްޝަންގެ އޮފިސަރުން ބައިވެރިވާކަމުގެ ތުހުމަތު ކުރެވޭއިރު ދާދި ފަހުން ވެސް އެފަދަ ތުހުމަތުތައް ކުރެވުނު އޮފިސަރުންތަކެއް މަގާމުން ސަސްޕެންޑު ކުރި އެވެ.

ސްކޭމް ކޯލްތައް ހުއްޓުވުމާއި ގުޅޭގޮތުން އިމްރާން ވިދާޅުވީ ކަރެކްޝަންސް ސާވިސްގެ ބެލުމުގެ ދަށުން ހިންގާ މާފުށި ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުން ސިއްރުން މޯބައިލް ފޯނު ބޭނުންކޮށްގެން ހިންގާ އެކިއެކި ކުށްތައް ހުއްޓުވުމަށް އެ ސާވިސް އާއި ދިވެހި ފުލުހުންގެ ހިދުމަތާއި އަދި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ ގުޅިގެން ކުރި މަސައްކަތުން ތަނުގައި މި އަހަރު އެންޓެނާއެއް ހަރު ކުރިކަމަށެވެ. އަދި މާފުށި ޖަލު ހިމެނޭ ސަރަހައްދުގައި ބޭނުން ކުރާ މޯބައިލް ފޯނުގެ މައުލޫމާތުތައް އެ އެންޓެނާ މެދުވެރިކޮށް ޖަމާ ކުރެވޭކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މައުލޫމާތުތައް ޖަމާ ކުރެވެނީ ނެޓްވޯކް އޮޕަރޭޓަރުންގެ ސަވާތަކަށްކަމުން އެ މައުލޫމާތުތައް ހޯދަން ޖެހެނީ އެފަރާތްތައް މެދުވެރިކޮށެވެ. އަދި ޖަލުގައި ގައިދީން ބޭނުން ކުރާ ނަމްބަރުތަކާއި އެހެނިހެން ނަމްބަރުތައް ވަކިކުރުމަށްޓަކައި ކަރެކްޝަނަލް ސާވިސްގައި މަސައްކަތް ކުރައްވާ އޮފިސަރުންނާއި މުވައްޒަފުން ބޭނުން ކުރާ ފޯނުތަކާއި، އެއާއި ގުޅޭ ނަމްބަރާއި މައުލޫމާތުތައް ފުލުހުންނާއި ހިއްސާކުރާކަމަށް ވިދާޅުވި އެވެ.

މި މައުލޫމާތުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ އެކަން ވެސް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ހިއްސާ ކުރާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މާފުށި ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުން ސިއްރުން މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރާ ކުށްތައް ހުއްޓުވުމަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ގިނަ މަސައްކަތްތައް ކުރަމުން ދާކަމަށެވެ.

ތަފްސީލުތައް ހިއްސާ ކުރައްވައި އިމްރާން ވިދާޅުވީ މި އަހަރުގެ މިހާތަނަށް ޖަލުގައި ބޭނުން ކުރު 431 ނަމްބަރެއް ބްލޮކްކޮށް، 365 އައިއެމްއީއައި ބްލެކްލިސްޓުކޮށް އަދި 10 އައިޕީއާއި 12 ވެބްސައިޓެއް ބްލޮކް ކުރެވުނު ކަމަށެވެ. އަދި ޖަލުގެ ތެރޭގައި އެފަދަ އަމަލުތައް ހިންގާކަމަށް ފާހަގަކުރެވޭ ގައިދީން އެކަހެރިކޮށް، ގޮޅިތައް ރެއިޑް ކުރުމަށް ފަހު އެ މީހުން ގެންގުޅޭ މުއާސަލާތީ އާލާތްތައް އަތުލައިގަނެވިފައިވާ ކަމަށެވެ.

މަސައްކަތްތަކުގެ ތެރެއިން ދިމާވާ ބައެއް ގޮންޖެހުންތައް ވެސް އިމްރާން ފާހަގަކުރެއްވި އެވެ. އެގޮތުން މައުލޫމާތު ރައްކާ ކުރެވިފައި ހުންނަ ދިރާގާއި، އުރީދޫއިން ކޯލް ރެކޯޑުތަކުގެ އެންމެ ފުރިހަމަ މައުލޫމާތުތައް ފުލުހުންނާއި ހިއްސާ ނުކުރާތީ އާއި ބައެއް ތަފްސީލުތައް އެކި ޕްލެޓްފޯމުތަކުގައި ހުރުމުގެ ސަބަބުން ދަތިތައް ދިމާވާކަމަށެވެ. އެގޮތަށް ދިމާވާ ސަބަބެއްކަމަށް މިނިސްޓަރު ވިދާޅުވެފައި ވަނީ އެ މައުލޫމާތުތައް ހިއްސާ ކުރުން ލާޒިމްވާފަދަ ގާނޫނީ އެއްވެސް އޮނިގަނޑެއް އަދި އުސޫލެއް ނެތުމެވެ.

އެހެންވެ އިމްރާންގެ އިރުޝާދުގައި ވަނީ، ކޯލް ރެކޯޑުތަކުގެ މައުލޫމާތުތައް ހިއްސާ ކުރުން ލާޒިމްވާ ގޮތަށް މުއާސަލާތީ ހިދުމަތްތަކުގެ މައްޗަށް ހިންގޭނޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ.

މީގެއިތުރުން އިމްރާން ވިދާޅުވީ ހިދުމަތް މެދުކަނޑާލުމަށް އެދޭ ނަމްބަރުތައް ބްލޮކް ކުރުމަށް ގިނަ ފަހަރަށް ވަގުތު ނަގާކަމަށެވެ. އަދި އެއްބައެއްގެ ނަމުގައި ގިނަ އަދަދެއްގެ ނަމްބަރުތައް ދޫކޮށްފައިވުމާއު އައިޑީކާޑު ކޮޕީއެއް ހުށަހެޅުމުން އެ ކޮޕީއަށް ގިނަ އަދަދަކަށް މޮބައިލް ނަމްބަރު ދޫކޮށްފައިވާކަމަށެވެ.

ބިދޭސީންގެ ޕާސްޕޯޓު ނަމްބަރުތައް ބޭނުންކޮށްގެން ވެސް އެކި ނަންނަމުގައި ސިމް ކާޑު ރެޖިސްޓްރީކޮށްފައިވާއިރު، އެއްވެސް ނަމެއް ނެތި ރެޖިސްޓްރީކޮށްފައި ވާ ބައެއް ނަމްބަރުތަކުގެ މައްސަލަ މިނިސްޓަރު ފާހަގަކުރި އެވެ. އެހެންކަމުން އެކަން ހައްލު ކުރުމަށް ސާވިސް ޕްރޮވައިޑަރުން ޒިންމާދާކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓިން ހަރުކަށި އުސޫލެއް ހެދުމަށް އިމްރާން ވަނީ ގޮވާލާފަ އެވެ.

ސްކޭމް ކޯލްތަކާއި ގުޅޭގޮތުން ފުލުހުން ބުނެފައި ވަނީ، ގިނަ ނަމްބަރުތަކަކަކީ އެއްވެސް މީހެއްގެ ނަމުގައި ރެޖިސްޓްރީކޮށްފައި ނުވާ ނަމްބަރުތައް ކަމަށެވެ. ނުވަތަ ގިނަ ފަހަރަށް އެ ނަމްބަރުތައް ހުންނަނީ ބިދޭސީއެއްގެ ނަންމައްޗަށް ރެޖިސްޓްރީކޮށްފައި ކަމަށެވެ. އަދި އެ މީހުން ދެނެގަނެ ސުވާލު ކުރާއިރު އެއީ އަހަރުތަކެއް ކުރިން އެ މީހުން ދޫކޮށްފައިވާ ނަމްބަރުތަކެއް، ނުވަތަ އެ ނަމްބަރާއި ބެހޭ އެއްވެސް މައުލޫމާތެއް އެ މީހުންނަށް ނޭނގޭކަމަށް ފުލުހުން ބުންޏެވެ. އަދި ބައެއް މީހުންނަކީ ރާއްޖެ ދޫކޮށް ދިޔަތާ އެތައް އަހަރެއްވީ މީހުންކަން ފާހަގަކުރި އެވެ.

އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގިނަ ފަހަރަށް، ކޯލުތައް އަންނަނީ މާފުށި ޖަލުންނެވެ. އެހެންވެ އެ މައްސަލައިގައި ފުލުހުން ވަނީ މޮބައިލް ސިމް ވިއްކުން ހަރުކަށިކޮށް ހަރުދަނާ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: