ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު އިންތިހާބު ކާމިޔާބު ކުރާނީ ހައްޖުވެރިންގެ ދުއާއާއި އެކު: އިމްރާން

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ/ ފޮޓޯ: އަދާލަތު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ހައްޖުގެ އަޅުކަން ކުރުމަށް، މައްކާ ބިމަށް ދިޔަ ހައްޖުވެރިންގެ ހެޔޮ ދުއާއާއި އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހައްޖުގެ އަޅުކަން މިއަދު ފަށައިގަންނާނެކަން ފާހަގަކޮށް އިމްރާން ވިދާޅުވީ، ރައީސް ސޯލިހު އިންތިހާބު ކާމިޔާބު ކުރައްވާނީ ހައްޖާޖީންގެ މަތިވެރި ދުއާތަކާއި އެކު ކަމަށެވެ. އަދި ރައީސް ސޯލިހު ބޮޑު ތަފާތަކާއި އެކު އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް އިމްރާން ވިދާޅުވި އެވެ.

މިއަދު ދެން ކުރެއްވި އިތުރު ޓުވީޓެއްގައި އިމްރާން ވިދާޅުވީ ދިވެހިރާއްޖޭގެ ހަމަޖެހުމާއި މަސްލަހަތަށް އެންމެ ފައިދާ ހުރިގޮތަކީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުން ކަމަށެވެ. އަދި ގައުމުގެ ހައްގުގައި ރައްޔިތުން ކޮންމެހެން ވެސް ރައީސް ސޯލިހު އިންތިހާބު ކުރަންޖެހޭކަމަށް އިމްރާން ވިދާޅުވި އެވެ.

2023 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިކުންނަވާނީ އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނަކާއި އެކު އެވެ. ދެން އެ ކޯލިޝަނުގައި ހިމެނެނީ އެމްޑީއޭ އެވެ.

މިވަގުތު ސަރުކާރުގައި އޮތް އެމްއާރުއެމާއި ޖުމްހޫރީ ޕާޓީން ދަނީ ސިޔާސީ ވަކި މަސައްކަތްތައް ކުރަމުންނެވެ.

އިމްރާން ފާހަގަކުރެވިފައި ވަނީ، ސަރުކާރާއި ރައީސް ސޯލިހުގެ ދިފާއުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އެކަމަކު އޭގެ ކުރިން ބަހުގެ ހަމަލާތައް ރައްދުވާ މޭރުމަކުން ވެސް ބައެއް ޓުވީޓުތައް އިމްރާން ކުރެއްވި އެވެ. އޭރު ވާހަކަތައް ދެކެވުނު ގޮތުގައި އިމްރާންގެ ހިތްހަމަނުޖެހުންތައް ސަރުކާރަށް އަމާޒުވީ ބައެއް މަޝްވަރާތަކާއި ގުޅޭގޮތުންނެވެ.

ސަރުކާރުގެ އެތެރޭގައި ހިނގާ ކަންކަން އެނގިވަޑައިނުގެން އިމްރާން ވާހަކަ ދައްކަވާކަމަށް ބުނެ އިދިކޮޅުގެ ފާޑުކިއުންތައް ވެސް އޭނާއަށް އަމާޒު ކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: