ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާންގެ ބަހުގެ ހަމަލާތައް ރައީސް ނަޝީދަށް؛ ”ސަރުކާރަށް ހުތުރު އެރުވި މީހުން ވަކިވުމަކީ، ލިބޭ މޮޅެއް“

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް ގެއްލުންދީ، އަބުރު ގެއްލޭފަދަ އަމަލުތައް ހިންގައި އަގު ވެއްޓޭފަދަ އަމަލުތައް ހިންގާ މީހުން ސަރުކާރާއި ދުރަށް ދިއުން އެއީ ލިބޭ ކާމިޔާބެއްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ކޯލިޝަން ހަދާފައިވާ އިމްރާން ގެންދަވަނީ ސަރުކާރު ދިފާއު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ސަރުކާރު ކޯލިޝަނުގެ ތެރެއިން އެންމެ ބޮޑު ފާޑުކިއުމެއް ވެސް އަމާޒުވާ އަދާލަތު ޕާޓީގެ ލީޑަރު އިމްރާން ވިދާޅުވީ ސަރުކާރާއި ދައުލަތުގެ މަގާމުތަކުގައި ތިއްބަވައިގެން ސަރުކާރަށް ހުތުރުވާގޮތަށް އަމަލު ހިންގާ މީހުން ޕާޓީން ވަލިވެ ސަރުކާރާއި ފެޔަށް ޖެހުމަކީ ލިބޭ ކާމިޔާބެއް ކަމަށެވެ.

އިމްރާން ވިދާޅުވީ ސަރުކާރަށް ހުތުރުވާގޮތަށް، އަމަލުތައް ބަހައްޓަވާ ބޭފުޅުން ސަރުކާރަށް ތާއީދުނުކޮށް، ދުރަށް ދިއުމަކީ ލިބޭ ހެވެއްކަން އެންމެން ވެސް ގަބޫލު ކުރާކަމަށެވެ.

ވަކި ބޭފުޅެއްގެ ނަން ބޭނުންނުކޮށް، އިމްރާން ދެއްކެވި އެ ވާހަކަ އަމާޒު ކުރައްވާފައި ވަނީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އަދި ސަރުކާރާއި ފެއަށް ޖެހުމުން ލިބުނީ ކާމިޔާބެއްކަމަށް އިމްރާން ވިދާޅުވެފައި ވަނީ، ރައީސް ނަޝީދު އިސްވެ ހުންނަވައި އަލަށް އުފައްދާ ދި ޑިމޮކްރެޓްސްގެ ގައުމީ ޖަލްސާ ބާއްވައި ޕާޓީގެ ރަސްމީ މަސައްކަތްތައް ފެށުމުންނެވެ.

އިމްރާނަކީ ރައީސް ސޯލިހުގެ ހުށަހެޅުމަށް، 2023 ގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެއްދެވުމަށް އެންމެ ފުރަތަމަ އެއްބަސްވި ބޭފުޅާ އެވެ. ސަރުކާރުގެ އިސް އެކި މަގާމުތަކުގައި އަދާލަތު ޕާޓީގެ މެމްބަރުން ތިބިއިރު، އިމްރާން މީގެ ދުވަސްތަކެއް ކުރިން ސަރުކާރަށް އަމާޒުކޮށް ނުސީދާ ބައެއް ފާޑުކިއުންތައް އަމާޒު ކުރައްވާފައި ވެއެވެ.

އިމްރާން ފާހަގަކުރެވިފައި ވަނީ، ސަރުކާރާއި ރައީސް ސޯލިހުގެ ދިފާއުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އެކަމަކު އޭގެ ކުރިން ބަހުގެ ހަމަލާތައް ރައްދުވާ މޭރުމަކުން ވެސް ބައެއް ޓުވީޓުތައް އިމްރާން ކުރެއްވި އެވެ. އޭރު ވާހަކަތައް ދެކެވުނު ގޮތުގައި އިމްރާންގެ ހިތްހަމަނުޖެހުންތައް ސަރުކާރަށް އަމާޒުވީ ބައެއް މަޝްވަރާތަކާއި ގުޅޭގޮތުންނެވެ.

ސަރުކާރުގެ އެތެރޭގައި ހިނގާ ކަންކަން އެނގިވަޑައިނުގެން އިމްރާން ވާހަކަ ދައްކަވާކަމަށް ބުނެ އިދިކޮޅުގެ ފާޑުކިއުންތައް ވެސް އޭނާއަށް އަމާޒު ކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: