ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރާއި ދެކުނުގައި ގާއިމް ކޮށްފައިވާ ހައިކޯޓުގެ ގޮފިތައް އުވިއްޖެ!

ދިވެހިރާއްޖޭގެ ހައިކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓުތަކުގެ ގާނޫނުގެ ދަށުން އުތުރާއި ދެކުނުގައި ގާއިމް ކޮށްފައިވާ ހައިކޯޓުގެ ދެ ގޮފި އުވާލުމަށް ކޯޓުތަކުގެ ގާނޫނަށް މަޖިލީޙުން ގެނެސްފައިވާ އިސްލާޙް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ތަސްދީގް ކުރެއްވުމާއި ގުޅިގެން އުތުރާއި ދެކުނުގައި ގާއިމް ކޮށްފައިވާ ހައިކޯޓުގެ ދެ ގޮފި އުވިއްޖެއެވެ.

ކޯޓުތަކުގެ ގާނޫނަށް ހަތަރުވަނަ އިސްލާޙް ގެނައުމުގެ ބިލް މަޖިލީޙުން ފާސްކޮށްފައި ވަނީ 7 ޖޫން 2022 ވި ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައެވެ. އަދި މި ބިލް ރައީސް ސާލިޙް ތަސްދީގް ކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައި ވަނީ މިއަދުއެވެ.

ކޯޓުތަކުގެ ގާނޫނަށް މި ގަނައި އިސްލާހުގެ ދަށުން މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމުކޮށްފައިވާ ހައިކޯޓުގެ ދެ ގޮފީގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ފައިސާއާއި ވަސީލަތްތައް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ބަދަލުވީއެވެ.

މީގެއިތުރުން ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމުކޮށްފައިވާ ހައިކޯޓުގެ ދެ ގޮފީގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުން މަސައްކަތްކުރާނެ އެހެން ތަނެއް، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅައި، އެ މުއްދަތުގެ ތެރޭގައި އެ މުވައްޒަފުން އަދާކުރަމުންދިޔަ ފެންވަރުގެ އެހެން ވަޒީފާއެއް، އެހެން ކޯޓަކުން ނުވަތަ ޝަރުޢީ ދާއިރާގެ އެހެން އިދާރާއަކުން ހަމަޖައްސައި، އެ މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމުގެ ކަންކަން ނިންމަންވާނެއެވެ. އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހައިކޯޓުގެ އުތުރާއި ދެކުނު ގޮފީގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމުގެ ކަންކަން ހަމަޖައްސައި ނިމެންދެން އެ މުވައްޒަފުން ތިބޭނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މުވައްޒަފުންގެ ގޮތުގައެވެ.

ގާނޫނަށް މިއަދު އަމަލު ކުރަން ފަށާފައިވާއިރު ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމުކޮށްފައިވާ ހައިކޯޓުގެ ދެ ގޮތްޕަށް ހުށަހެޅި، އެތަންތަނުގައި ރަޖިސްޓަރީކޮށް ހިންގަމުންގޮސްފައިވާ އެންމެހައި މައްސަލަތައް، މާލޭގައި ހިނގަމުންދާ ހައިކޯޓަށް ބަދަލުވީއެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލަތައް އެ ކޯޓުގައި ބަލައި ހިންގޭނެ އިދާރީ އިންތިޒާމުތައް، ހައިކޯޓުން ހަމަޖައްސަންވާނެއެވެ.

ކޯޓުތަކުގެ ގާނޫނަށް ގެނައި ހަތަރުވަނަ އިސްލާހުގެ ދަށުން ހައިކޯޓު އަދި ހައިކޯޓުގެ އެންމެހައި ޝަރީޢަތްތަކުގެ އަޑުއެހުން ޢާންމު ގޮތެއްގައި ހިނގަމުންދާނީ، އަދި ހައިކޯޓަށް ޢައްޔަންކުރެވޭ އެންމެހައި ފަނޑިޔާރުން ޤާއިމުވެ ތިބޭނީ، މާލޭގައެވެ. އެހެން ނަމަވެސް  ހައިކޯޓުގައި ހިނގަމުންދާ މައްސަލަތަކުގެ ޢަދަދަށް ބަލައި، ހައިކޯޓުގެ ގަވާއިދުގައި ކަނޑައަޅާ އުޞޫ ލަކުން، މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ހައިކޯޓުގެ ޝަރީޢަތުގެ އަޑުއެހުންތައް ބޭއްވުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: