ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ދީނީ އިލްމުވެރިއަކަށް އަނިޔާއެއް ނުކުރާނަން: އިމްރާން

ޙޮމް މިނިސްޓަރު އިމްރާން އަބްދުﷲ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާތްﷲ އިރާދަ ކުރެއްވިއްޔާ، އެނާ ދީނީ އިލްމުވެރިންނަށް އަނިޔާ ނުކުރައްވާނެކަމަށް، އަދަލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔޯގާޑޭ ފާހަގަކުރަމުންދަނިކޮށް، ގަލޮޅުދަނޑުތެރެއަށް ބަޔަކު މީހުންތަކެއް ވަދެ ގަނެ، ހިންގި ހަމަނުޖެހުންތަކު މައްސަލައިގައި، ދީނީ އިލްމުވެރިންތަކެއް ހައްޔަރުކޮށް، އެ ފަރާތްތަކުގެ ބަންދުގެ މުއްދަތު، އިތުރުކުރަމުންދިއުމާއި ގުޅިގެން، ސިޔާސީ އަދި ދީނީ އިލްމުވެރިންގެވެސް ފާޑުކިޔުން އަމާޒުވުމުން، މިނިސްޓަރު އިމްރާން ވިދާޅުވީ، އިރާދަ ކުރެއްވިއްޔާ، އެނާ އެއްވެސް ފަރާތަކަށް އަނިޔާ ނުކުރައްވާނެކަމަށެވެ. އަދި ވަކިން ހާއްސަކޮށް، ދީނީ އިލްމުވެރިޔަކަށް އަނިޔާއެއް ނުކުރައްވާނެކަމަށް އިމްރާން ވިދާޅުވިއެވެ.

އެއްވެސް ފަރާތަކަށް އެނާގެ ފަރާތުން އަނިޔާއެއް ލިބިގެން ނުދާނެކަމަށާއި، ހާއްސަ ގޮތެއްގައި ދިނީ އިލްމުވެރިޔެއްގެ މައްޗަށް އެފަދަ ގޮތަކަށް އަމަލު ނުކުރައްވާނެކަމަށް ފާހަގަކުރައްވާ އިމްރާން ވިދާޅުވީ، އޭގެ އިތުރުން އަނިޔާ ލިބޭ ފަރާތްތަކުގެ ދުއާއިން ރައްކާތެރިވުމަށް، ފުލުހުންނާއި، ކަރެކްޝަންސް ގެ މުއައްޒިފުންނަށްވެސް އެނާ އިލްތިމާސް ކުރައްވާކަމަށެވެ.

Imran Abdulla on Twitter: “Maaiy Allah iraadhakurehviyya ehvesmeehakah vakin khaassakoh dheenee Ilmu veriakah alhugadu aniyaaeh nukuraanan.adhi kieh aniyaalibey meehunge dhua in rakkaatheri vumah abadhume fuluhunna,MCS ge officerunnah ilthimaas kuran” / Twitter

ފުލުހުންނާއި، ކަރެކްޝަންސްގެ އޮފިސަރުންނަށް، އަނިޔާ ލިބޭ ފަރާތްތަކުގެ ދުއާތަކުން ރައްކައުތެރިވުމަށް އިލްތިމާސް ކުރައްވާކަމަށް އިމްރާން ވިދާޅުވުމުން، ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވަނީ، އެކަމުން، އެފަދަ އަނިޔާ ކުރުމުގެ އަމަލުތަކެއް ފުލުންގެ ފަރާތުންނާއި، ކަރެކްޝަންސް އޮފިސަރުންގެ ފަރާތުންވެސް ގައިދީންނަށް ލިބިގެންދާން އިމްރާނަށްވެސް އިންގިލައްވާކަމަށެވެ.

އެއްވެސް ފަރާތަކަށް އަނިޔާތަކެއް ނުދެއްވާނެކަމަށް މިނިސްޓަރު އިމްރާން ވިދާޅުވީނަމަވެސް، ޝައިހުން ހައްޔަރު ކުރުމުގެ ތެރޭގައި ކަންތައް ކުރެއްވި ގޮތުން، އާއިލީ ބައެއް ފަރާތްތަކަށް ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެގެންދާނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެގޮތުން، ޝައިހު ނިޝާން ހައްޔަރު ކޮށްފައިވަނީ، އެނާ ދަރިފުޅާއިއެކު، ނަމާދަށް ދިއުމަށް ނުކުތް ދަނޑިވަޅުގައި ކަމަށްވުމުން، އެނާ ހައްޔަރު ކުރުމުގެ ތެރޭގައި ދަރިފުޅަށް ނަފްސާނީ އުންދަގޫތަކެއް ވެގެންގޮސްފައިވާނެކަމަށްވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

މީގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ފަރާތުން ހިންގަމުންދާ “އިންޑިއާ އައުޓް” ހަރަކާތްތަކުގެ ބައިވެރިންނަށްވެސް ފުލުހުންގެ ފަރާތުން އެކި އަނިޔާތައް ލިބިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ﷲބައްލަވައިވޮޑިގެން އައްސަވައި ވޮޑިގެންވަނީ ހަމައެކަނި އަނިޔާލިބުނު ފަރާތަކަށްނޫން. އަނިޔާލިބެންޖެހުނު ސަބަބުވެސް ދެނެވޮޑިގެންވޭ.
    ޢިލްމުވެރިޔާއުޅުނީ ދީންފަތުރާކަށްނޫން. ފިތުނައުފައްދަން. އެއީ ﷲ ނަހީކުރެއްވިކަމެއް. ބުދުދީނުގަ ކުރާއަޅުކަމެއްކުރަން މިދިވެހި ރާއްޖޭގެ އެއްވެސް ރައްޔިތަކު ނުނިކުންނާނެ. އެއިލްމު ވެރިޔާމެނަކީ އަނިޔާވެރިކަން އިސްކޮށްގެން ލަޓިބުރި ހިފައިގެން ބަޔަކަށް އަނިޔާކުރަން ނިކުތްބަޔަކާއެކު ހަރަކާތްތެރިވި ބައެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: