ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިއެމްއެފުން ލަފާދިނީ އިންފްލޭޝަން ހަމައަކަށް ނޭޅެނީސް ޖީއެސްޓީ ބޮޑުނުކުރަން

ފިނޭންސް މިނިސްޓަރު އިބްރަހިމް އަމީރު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑުގެ ބަލިމަޑުކަމާއި ސަޕްލައި ދަށްވުމުގެ ސަބަބުން މުޅި ދުނިޔޭގައި އުފެދިފައިވާ އިންފްލޭޝަން މަތިވުމުގެ މައްސަލަ ހަމައަކަށް ނޭޅެނީސް ރާއްޖޭގައި ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) އާއި ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) ބޮޑުކުރަން ނުފެންނަ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

ސަރުކާރުން މިދިޔަ މަހު ވަނީ ޓީޖެސްޓީ 12 އިން 16 ޕަސަންޓަށް އަދި ޖީއެސްޓީ ހަ ޕަސަންޓުން އަށް ޕަސަންޓަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް އިއުލާނުކޮށްފަ އެވެ.

އާ ޓެކްސް ރޭޓު އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި އަމަލުކުރަން ފަށާއިރު، ޓެކްސް ރޭޓު ބޮޑުކުރީ އައިއެމްއެފްއިން ދިން ލަފާގެ ދަށުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމިކަން ސަރުކާރުން އިއުލާނުކުރުމުގެ ކުރިން މިދިޔަ މަހުގެ 16 ގައި އައިއެމްްއެފުން ނެރުނު ރިޕޯޓެއްގައި ބުނީ މިހާރު ދުނިޔޭގައި އޮތް އިންފްލޭޝަނަރީ ޕްރެޝަރާއި ކޮވިޑުގެ ބަލިމަޑުކަން އަދިވެސް ކުރިއަށް ދާތީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ފެށުން އެންމެ އަވަސް ވެގެން ވެސް 2024 އާ ހަމައަށް މަޑުޖައްސައިލަން ލަފާދޭ ކަމަށެވެ.

އެހެން ނަމަވެސް ބައިނަލް އަގުވާމީ މިންގަނޑުން ބަލާއިރު ރާއްޖޭގައި އިންފްލޭޝަން މަތިވާ މިންވަރު ނިސްބަތުން ކުޑަކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަމީރަކީ ރާއްޖޭގެ ސައްހާފު ހެހެހެ ރާއްޖެ ބަނގުރޫޓެއްނުވާނެޔޯ! މިވެރިންނަށް ކަންކަން އެނގެނީ އެކަމެއް ވެނިމުނީމަ. މީ ކުފޫ ހަމަވާ ބައެއްތަ؟ އަބްރާހިމްފުޅާއި ޓީމް އަވަހަށް އިސްތިއުފާދީ ގައުމު ކަންކަން ކުރެވޭނެ މީހުނާ ހަވާލުކުރޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: