ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާން ހިތުގައި ޖެހިއްޖެ: “ސަލަފާއި އަދާލަތު ޖައްސަން އުޅެނީ އިލްމުވެރިންނަށް ނަފްްރަތުކުރާ ބައެއް”!

އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަލަފްގެ އިލްމުވެރިންނަށް ﷲ ހެޔޮ ރަހްމަތް ލެއްވުން އެދި ދުއާކޮށް އެ ޖަމްއިއްޔާ އާއި އަދާލަތު ޕާޓީ ޖެއްސުމަށް މަސައްކަތް ކުރަނީ ދީނަށް ނަފްރަތުކުރާ ބައެއް ކަމުގައި ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ކުރެއްވި ޓްވީޓްގައި ވަނީ މި ހުޘޫރަތްތެރި ދަނޑިވަޅުގައި އަދާލަތާއި ސަލަފްގެ އިލްމުވެރިންގެ މެދުގައި އަރައިރުންވުން އުފެއްދުމަށް ފުރުސަތު ނުދިނުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ ކުރިންވެސް އިމްރާން ވަނީ މިފަދަ ޓްވީޓް ތަކެއް ކުރައްވާފަައެވެ. އެގޮތުން އަދާލަތު ޕާޓީ އަކީ އިސްލާމް ދީން ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ބައެއް ކަމަށާއި ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ކަމުގައި ވީ ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ދީން ދިފާއުކުރުމަށް އަދާލަތުން މަސައްކަތް ކޮށްފައިވާ ކަމުގައި އިމްރާން ވަނީ ވިދާޅުވެފައެވެ.

އެއާއި އެކު އެއްވެސް ފަރާތަކަށް އެނާގެ ފަރާތުން އަނިޔާއެއް ލިބިގެން ނުދާނެކަމަށާއި، ހާއްސަ ގޮތެއްގައި ދިނީ އިލްމުވެރިޔެއްގެ މައްޗަށް އެފަދަ ގޮތަކަށް އަމަލު ނުކުރައްވާނެކަމަށް ފާހަގަކުރައްވާ އިމްރާން ވިދާޅުވީ، އޭގެ އިތުރުން އަނިޔާ ލިބޭ ފަރާތްތަކުގެ ދުއާއިން ރައްކާތެރިވުމަށް، ފުލުހުންނާއި، ކަރެކްޝަންސް ގެ މުއައްޒިފުންނަށްވެސް އެނާ އިލްތިމާސް ކުރައްވާކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

ދާދި ފަހުން ގަލޮޅު ދަނޑުގައި ބައިނަލް އަގްވާމީ ޔޯގާދުވަސް ފާހަގަކުރުމަށް ބޭއްވުނު ހަރަކާތް ހުއްޓުވުމަށް ބަޔަކު ހިންގި ހަމަނުޖެހުމެއްގައި ދީނީ އިލްމުވެރިން ތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރެވި އޭގެތެރެއިން ބަޔަކު ޖަލަށްލާފައި ވުމާއެކު އިމްރާންގެ ޓްވީޓްތައް އެކަމަށް އަމާޒުވާ ކަމަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ޔޯގާޑޭގެ ހަރަކާތުގައި ހައްޔަރު ކުރެވުނީ ޝައިހް ފަޒްލޫން މުހައްމަދާއި ޝައިން އާދަމް ނިޝާން އެވެ.

ކުއްލިގޮތަކަށް އިމްރާން ސިޔާސީ މަޝްރަހާއި އަދާލަތު އަދި ދީން ގުޅުވައި ޓުވީޓުތަކެއް ކުރައްވާ ސަބަބެއް ސާފެއް ނޫނެވެ. އިމްރާން ކުރައްވާފައިވާ ބައެއް ޓްވީޓުތަކަށް ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރުންގެ ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ލަދު ހަޔާތް ނެތިއްޖެ ނަމަ ބޭނުންކަމެއް ކުރާނެޔޭ އޮވޭނު ރަސޫލާގެ އިރުޝާދެއްގައި! ލަދުހަޔާތުގެ ކަންފުޅެއް ހުރި ނަމަވެސް މި ނުބައިނުލަފާ ޝައިތާނަކަށް ނުކެރުނީސް ފާޑުފާޑުގެ ވާޙަކަދައްކައި އަނގަފުޅާކުރާކަށް. ނުބައި ނުލަފާ ދޮގުވެރީން ވެސް ދެކެފިން. އެކަމަކު މި އިމްރާނު ވަރުގެ ކަމެއް އަދި މީގެ ކުރިއަކުން ފެނިފައެއް ނެތް.

  2. ސަލަފު ޖަމުޢިްްޔާގެ ޢީލްމުވެރީންނަށް ހެޔޮ ރަޙުމަތް ލައްވާށިއޭ ކިޔަމުން، ނުހައްގުން ޢިލްމުވެރީން ޖަލުގައި މުއަދަތު ޖަހާލަޖަހާލާ! ލަދުހަޔާތް ކުޑަޔަސް މި ވަރު މީހަކު ހަމަ ފެނިފައެއް ނެތް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: