ކުށް ކުރަމުންދާ ފަރާތްތަކާއިހަމައަކަށް ގާނޫނަށް އަރާ ހަމަ ނުކުރެވޭ ނަމަ، ސަރުކާރެއް އޮތުމުގެ ބޭނުމެއް ރައްޔިތުންނަކަށް ނޯންނާނެކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ މުޖުތަމައުގައި، ކުށްތަކަށް އަަރައިގަތުމާއި، އެކި ނޭދެވޭ އަމަލުތައް ގިނަ ވެފައިވާކަމަށް އިޝާރާތް ކުރައްވާ، އާދަމް ޝަރީފް ވިދާޅުވީ، ރާއްޖެއިން ފެންނަމުންދާ މަންޒަރަކީ، ގާނޫނު ތަންފީޒު ނުވެދާ މަންޒަރު ކަމަށެވެ. އަދި މުއައްސަސާތައްވަނީ ބޮއްސުންލައިފައިކަމަށާއި، އެއި ހިތާމަހުރިކަމެއް ކަމަށް ފާހަަގުރައްވާ އެނާ ވިދާޅުވީ، އެކަމުގެ ހުރިހާ ގެއްލުމެއްވެގެންދަނީ ރައްޔިތު މީހާށްކަމަށެވެ.
ދިވެހިރާއްޖޭގައި ގާނޫނު ތަންފީޒު ކުރާ މުއައްސަސާތައްވަނީ ބޮއްސުންލާފައިކަމަށާއި، އެކަމުގެ ގެއްލުންތައް ތަހައްމަލު ކުރަން ޖެހެނީ އާންމު ރައްޔިތުންކަމަށް ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއި، ނޭދެވޭ އަމަލުތައް ހިންގާ ފަރާތްތަކާއި ހަމައަށް ގާނޫނީ ބާރުތަކަށް ވާސިލުނުވެވޭނަމަ، ސަރުކާރެއް އޮތުމުގެ ބޭނުމެއް ރައްޔިތުންނަކަށް ނޯންނާނެކަމަށެވެ. އަދި މި ނޫންގޮތަކަށް ކަންކަން ކުރުމަށް ވިސްނައި ހިންގުންތެރިކަމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.
Raajje in fennamun midhanee qaanoonu thanfeezu nukurevi, muassasaathah bossunlaafaivaa hithaamaveri manzaru. Hurihaa gellumeh aammu rayyithunnah! Kuh kuraa meehunnaa qaanoonu araa hama nukuraa nama sarukaareh othumuge beynumeh rayyithunnakah noannaane! Badhalakah visnanjehey!
— Adam Shareef Umar (@Adamshareefz) July 18, 2022
ދާދި ފަހުން، ދިއްފުށީގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާތަކެއް ކުރިކަމަށް ބުނެ، ރަށުން ބޭރުން އެރި މީހަކަށް ބަޔަކު މީހުން ހަމަލާތަކެއް ދީފައިވުމަށް އަލި އަޅުވާލައި، އާދަމް ޝަރީފް ވިދާޅުވީ، އިންސާފު ހޯދުމަށް ރައްޔިތުން މަގުތައް މައްޗަށް ނުކުތުމުން، ސަރުކާރު ފެއިލްވެފައިވާ މިންވަރު ސާފުވެގެންދާކަމަށެވެ.
ގާނޫނީ އިމުން ބޭރުން، އިންސާފު ހޯދުމަށް، ރައްޔިތުން މަގުތައް މައްޗަށް ނުކުންނަ ހިސާބަށް ކަންކަން ދިއުމުން، ސަރުކާރެއް ފެއިލްވެފައިވާ މިންވަރު ފެނިގެންދާކަން ފާހަގަކުރައްވާ، އާދަމް ޝަރީފް ވިދާޅުވީ، އިންސާފު ގާއިމުކޮށް، އިޖްތިމާއީ އަދާލަތު ދެމެހެއްޓޭނީ، ސަރުކާރަށް އިތުބާރު ހޯދުނު ދުވަހަކުން ކަމަށާއި، މިހާރު ކުރެވެމުންދަނީ ގާނޫނީ ވެރިކަމެއް ނޫންކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
Anekkaaves sarukaaru defence ah! Insaafu hoadhan rayyithun maguthakah nikuthumun sarukaaru fail vefaivaa minvaru haamavey! Insaafu qaaimukoh ijuthimaaee adhaalathu dhemehetteynee sarukaarah ithubaaru hoadhunu dhuvahakun! Mikuranee qaanoonee verikameh noon! https://t.co/OxRL1mDcXx
— Adam Shareef Umar (@Adamshareefz) July 18, 2022
ކުށްތައް ކުރަމުންދާ ފަރާތްތަކާއި ހަމައަށް ގާނޫނަށް އަރާ، ހަމަ ނުކުރެވޭކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވިއިރު، ދިވެހިރާއްޖޭގައި، ދީނާއި ހިލާފު އަމަލުތައް ހިންގަ ފަރާތްތަކުގެ މައްޗަށް އިންސާފު ގާއިމު ކުރުމުގެ ބަދަލުގައި، ބޭރު ގައުމުތަކަށް ފުރުވާލަމުންދާކަމުގެ ތުހުމަތުތައްވެސް އިދިކޮޅު ކޯލިޝަނުން ކުރަމުންދާކަން ފާހަަގަކުރެވެއެވެ. އެގޮތުން ދާދި ފަހުންވެސް އެފަދަ މައްސަލައެއް ފެންމަތިވެ، އެ އަމަލު ހިންގަމުންދާ ފަރާތުގެ މައްސަލަ ފުލުހުުންނާއި ހިއްސާ ކުރުމުން ތަހުގީގުތައް ކުރެވެން ފެށި އިރު، އެ އަމަލު ހިންގި ފަރާތް ފުރާފައިވާކަމަށްވެސް ފާހަގަކުރެވެއެވެ.

