ހިނދުކޮޅަކަށްވެސް ރައްޔިތެއްގެ މިނިވަންކަމަށް އަރައިގަތުމަކީ، ބަދަލެއް ނުދެވޭނެވެ ވަރުގެ ބޮޑު އަނިޔާއެއްކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެއްވެސް ފަރާތަކަށް، އަނިޔާއެއް ނުކުރާކަމަށް، ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވުމަށް ރައްދެއް ދެއްވައި، ޖަމީލު ވިދާޅުވީ، ހިނދުކޮޅަކަށްވެސް ރައްޔިތެއްގެ މިވަންކަން ނަގައިލައިފިނަމަ، އެއީ ބަދަލު ނުދެވޭ ވަރުގެ ކަމެއްކަން، ގާނޫނު އަސާސީގެ 21 ވަނަ މާއްދާއިން ކަށަވަރުކޮށްދޭކަމަށެވެ. އަދި ދީނީ އިލްމުވެރިންގެ ތެރޭގައި ތަފާތު ކުރުންތަކެއް ގެންގުޅެ، ވަކި ޖަމައާތަކަށް ނިސްބަތް ނުވާނަމަ، ބަލައި ނުގަންންކަމަށް ދެއްކުމަކީ، ބޮޑާ ކަމާއި ޖަހާލަތުގެ ސިފައެއްކަމަށްވެސް ޖަމީލު ފާހަގަކުރެއްވިއެވެ.
ހިނދުކޮޅަކަށް ވެސް މިނިވަންކަން ނަގާލުމަކީ ބަދަލުނުދެވޭ ވަރުގެ އަނިޔާއެއް. ގއގެ 21 ވަނަ މ. ކަށަވަރުކުރަނީ މިނިވަންކަމުގެ މި މައި ތަނބު. ޢިލްމުވެރިންނަށް ވަނީ ވަކި ޖަމާޢަތަކަށް ނިސްބަތްވުމުން ކަމަށް ދެކުމަކީ ބޮޑާކަމާއި ޖަހާލަތުގެ ސިފައެއް.
— Mohamed Jameel Ahmed (@MJameelAhmed) July 18, 2022
މީގެ އިތުރުން ޖަމީލު ވަނީ، ދާދި ފަހުން ލީކު ވި ވީޑިއޯތަކުގައި ފެނިގެންދާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް އިންސާފު ގާއިމު ކުރުމުގައި ލަސްތަކެއް ވެގެންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައިއެވެ. ޖަމީލު ވިދާޅުވީ، ދީނީ އިލްމުވެރިންނާއި، ސިޔާސީ ފަރާތްތައްވެސް ތިބި ކަމަށެވެ. އެހެން ނަމަވެސް، ދާދި ފަހުން ލީކު ވި ވީޑިއޯތަކުގައި ފެނިގެންދާ އަމަލުތައް ހިންގިކަމަށް ތުހުމަތު ކުރެވިފައިވާ ފަރާތްތައް ހައްޔަރުގައި ނެތްކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.
ޖަލުގައި ޢިލްމުވެރިންނާ ސިޔާސީ މީހުން ތިބިއިރު ލިވާތުގެ މީހުން ތިބީ ކޮންތާކުތޯ؟ ބިރަކާ ނުލައި މަޖާ ކުރުން ބޮޑުކުށަކަށް ނުވޭ، އެކަމަކު ޢިލްމުވެރިން ޙައްގު ބަސް ބުނެގެން ޓެރަރިސްޓުންނަށް. ކޮބައިތޯ އަނިޔާ ނުދެވި؟ pic.twitter.com/RCcvVHr3wV
— Mohamed Jameel Ahmed (@MJameelAhmed) July 18, 2022
އިލްމުވެރިންތަކެއް ޖަލުގައި ތިބި ކަމަށްވީނަމަވެސް، ބޮޑެތި ފާހިޝް އަމަލުތަކެއް ހިންގުމުގެ ތުހުމަތުތައް އެޅިދާ ފަރާތްތައް މިނިވަންކަމާއި އެކު އުޅެމުންދާކަމަށް ފާހަގަކުރައްވާ، ޖަމީލު ވިދާޅުވީ، ބިރަކާއި ނުލާ މަޖާކުރުން ކުށަކަށް ނުވާކަމަށެވެ. އެހެން ނަމަވެސް ހައްގު ބަހެެއް ބުނެލުމުން ދީނީ އިލްމުވެރިންވެގެންދަނީ ޓެރަރިސްޓުންނަށް ކަމަށެވެ. އެހެން ކަމަުން އަނިޔާ ނުދެވިތޯވަނީ އެނާވަނީ ސުވާލު ކުރައްވާފައިއެވެ.
ޔޯގާ ޑޭގެ ހަމަނުޖެހުމާއި ގުޅިގެން ގިނަ ފަރާތްތަކެއް ހައްޔަރު ކުރެވިގެންދިޔައެވެ. ހައްޔަރު ކުރެވުން ފަރާތްތަކުގެ ތެރޭގައި ދީނީ އިލްމުވެރިންވެސް ހިމެނެއެވެ. އެހެންނަމަވެސް ޔޯގާ ޑޭގެ ހަމަނުޖެހުމުގެ މައްސަލައިގައި ހައްޔަރު ކުރި ބައެއް ފަރާތްތައް މިހާރުވަނީ ދޫކޮށްލާފައިއެވެ.

