ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމަށް ގައްދާރުވިކަމުގެ ތުހުމަތުގައި ރައީސް ސާލިހު ކުޑަ ގޮޅީގަ، ބާއްވަންވީ: މަލީހު

ރައީސް ސާލިހު އަދި ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ކުށުގެ ތުހުމަތު ކުރެވޭ ފަރާތްތައް ބަނދުކޮށް، މުއްދަތު ޖަހަނީ، “ޖޯކެއް”ގެ ސިފައިގައިކަމަށާއި، މިވަގުތު ކަންކަން ކުރާ އުސޫލުން ނަމަ ކުރިއަށް އޮތްތާ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް ވާނުވާ މުއްދަތަކަށް، ޖަލުގައި ބޭއްވިދާނެކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ޔޯގާޑޭގެ ހަމަނަޖުހެހުމާއި ގުޅިގެން، ޕީޕީއެމްގެ އިސް އެކްޓިވިސްޓެއްކަމަށްވާ، ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް އަދި ދީނީ އިލްމުވެރިންތަކެއްވެސް ހިމެނޭހެން ގިނަ ފަރާތްތަކެއްގެވެސް ބަނދުގެ މުއްދަތު އިތުރު ކުރަމުންދިއުމާއި ގުޅިގެން މަލީހު ވިދާޅުވީ، ދިވެހި ރާއްޖޭގައި މިވަގުތު، ބަނދުގެ މުއްދަތު އިތުރު ކުރަމުންދާ ގޮތް އެނާއަށް ފެންނަނީ، “ޖޯކެއް”ގެ ސިފައިގައިކަމަށެވެ.

ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމު ކުރުމުގެ ނިޒާމުގައި މައްސަލަތަކެއް ހުރި މޭރުމަކުން ވާހަކަދައްކަވަމުން، މަލީހު ވިދާޅުވީ، މިވަގުތު ކުށްވެރިންގެ ބަންދުގެ މުއްދަތު އިތުރު ކުރަމުންދާގޮތުންނަމަ، 12 ނޮވެމްބަރު 2023އިން ފެށިގެން، ރައީސް ސާލިހު އޮންނަވާނީ، ގައުމައް ގައްދާރުވުމުގެ ތުހުމަތުގައި، ޖަލުގެ ކުޑަގޮޅީގައިކަމަށެވެ. އަދި މިވަގުތު ކަންކަން ހުރިގޮތަށް ނަމަ، 5 އަހަރުގެ މުއްދަތެއް ހަމަވަންދެންވެސްު ބަންދުގެ މުއްދަތު އިތުރުކޮށް، “ވާނުވާ” ކޮށް ބާއްވަންވީކަމަށް ފާހަގަކޮށް، އެނާވަނީ، ވެރިކަމުގައި ތިބި ފަރާތްތަކުގެ ތަސައްރަފު ނުފުދެނީތޯވެސް ސުވާލު ކުރައްވާފައިއެވެ.

ޔޯގާޑޭ ފާހަގަކުރުމުގެ ތެރޭގައި ގަލޮޅު ދަނޑުގައި ހިނގައިދިޔަ ހަމަނުޖެހުމާއި ގުޅިގެން، ގިނަ އަދަދެއްގެ މީހުން ހައްޔަރު ކުރެވިފައިވެއެވެ. ހައްޔަރު ކުރެވިފައިވާ ފަރާތްތަކުގެ ތެރޭގައި، ޕީޕީއެމްގެ އެކްޓިވިސްޓުން އަދި ދީނީ އިލްމުވެރިންވެސް ހިމެނޭ އިރު، ގިނަ އަދަދެއްގެ އާންމު ފަރާތްތައްވެސް ހިމެނެއެވެ. ޔޯގާޑޭގެ ހަަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރެވިފައިވާ ފަރާތްތަކުގެ ބަންދުގެ މުއްދަތުވަނީ އެކި ފަހަރުގެ މަތިން އިތުރު ކުރެވިފައިއެވެ. އެ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރެވުނު ބައެއް ފަރާތްތައް މިހާރުވަނީ ދޫކޮށްލާފައިކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: