ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާންގެ އިތުރު ޓްވީޓެއް: މިފަހަރުވެސް ޔޯލަ ޔޯލަ ވާހަކަ

މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

މިފަހަކަށް އައިސް ގިނަ އަަދަދަކަށް ޓްވީޓްތަކެއް ކުރައްވަމުންދާ އަދާލަތު ޕާޓީގެ ލީޑަރު އަދި، ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަނެއްކާވެސް މާބޮޑު މާނައެއް ނެތް ޓްވީޓެއްކުރައްވައިފިއެވެ.

ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކުގެ ހުއްޓުވުމަށް އެދިފައިވާ ޔޯގާޑޭގެ ހަރަކާތްތައް ހުއްޓުމަކަށް ނުގެނެސް ކުރިއަށް ގެންދަނިކޮށް، ބޮޑު ހަމަނުޖެހުމެއް ހިންގައި، އެ މައްސަލައާއި ގުޅިގެން، ދީނީ އިލްމުވެރިންތަކެއް ހައްޔަރު ކުރުމުން، އިމްރާނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާއި ގުޅިގެން އެނާ އަންނަނީ، އެކި ދަނޑިވަޅުތަކުގައި ޓްވީޓްތައް ކުރައްވަމުންނެވެ. މީގެ ކުރިން ކުރައްވާފައިވާ ޓްވީޓްތައް ވަކި ފަރާތްތަކަށް ނިސްބަތްކޮށްފައިވާއިރު، މިއަދުގެ ޓްވީޓް ވަކި ފަރާތަކަށް ނިސްބަތްކޮށްފައިނުވެއެވެ.

ދިވެހި މުޖުތަމައުގެ ތެރޭގައި ގާނޫނާއި ހިލާފު އަދި ފާހިޝް އަމަލުތައް ހިންގުމާއި ކުށްތަކަށް އަރައިގަތުން ގިނަ ވެފައިވާއި ވަގުތެއްގައި އިމްރާން ވިދާޅުވީ، ދީނީ ހުދޫދު ނެތިކޮށް، ގައުމުގެ އިޖްތިމާއީ ފޭރާން ވީދައި، ކޯފާއަށް ގައުމު ހުށައެޅޭފަދަ މުޑުދާރު ފާހިޝް އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށުމުން، ގާނޫނީ ހަމަތަކުގެ މަތިން އެޅުމަށް ކަނޑައެޅިފައިވާ ފިޔަވަޅު އެޅުމަކީ އެނާ ނުކޮށް، ދޫކޮށްލައްވާނެކަމެއް ނޫންކަމަށެވެ.

ރާއްޖޭގައި، ފާހިޝްއަމަލުތައް ގިނަވެ، އެކަން ތަކުރާރުވާން ފަށާއިފައިވުމުން، ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއިރު، ޔޯގާޑޭގެ ހަމަނުޖެހުން ހިނގުމަށް މެދުވެރި އެއް ސަބަބުކަމަށް ގިނަ ފަރާތްތަކުން ދެކެނީ، ފުލުހުން އެކަމަށް ވެފައިވާ އިހުމާލެވެ. އެގޮތުން ދީނީ އިލްމުވެރިންނާއި، އާންމު ބައެއް ރައްޔިތުންވެސް އެކަމަކީ، އިސްލާމީ މުޖުތަމައެއްގެ ތެރޭގައި ކުރުން ރަނގަޅު ނޫންކަމެއް ކަމަށް ފާހަގަކޮށް، ހުއްޓުވައިދިނުމަށް ފުލުހުންގެ މުއައްސަސާއިން އެދިފައިވެއެވެ.

ހަޑި މުޑުދާރު އަމަލުތަކެއް ލޯމައްޗަށް ފެނި، ތަކުރާރުވަމުންދިއުމާއި، ގައުމުގެ އިޖުތިމާއީ ފޭރާން ވީދާލާ މަންޒަރު ބައްލެވުމައް ހުއްޓިގެން އެނާ ނުހުންނަވާނެކަމަށް ދޭހަވާ މޭރުމަކުން އިމްރާން ވިދާޅުވީ އިރު، ދާދި ފަހުން ލީކުވެފައިވާ ވީޑިއޯތަކުގައި، ރައީސް ނަޝީދުގެ ކޮއްކޮ، މަޝްހޫރު ލޯޔަރު ނާޒިމް ސައްތާރު އަދި މަޖިލީސް މެމްބަރުންނާއިި، ފުލުހުންގެ އިސްވެރިއެއްވެސް، ފެނިގެންދާކަމަށް ތުހުމަތުތަކެއް ކުރެވިފައިވެއެވެ. އެހެން ނަމަވެސް އެ ކަމާއި ގުޅުވައި، ވީޑިއޯތަކުން ފެންނަ އެއް ފަރާތް ކަމަށްވާ، އަލަމްގީރު ނަމަކަށް ކިޔާ ބަންގްލަދޭޝް މީހާ، ކަށަވަރު ކުރެވި ހައްޔަރު ކުރެވިފައިވާއިރު، އެހެން ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒު ކުރެވިފައިނުވާތީ އިމްރާނަށްވަނީ އެކަމާއި ގުޅިގެންވެސް އެކި ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިއެވެ.

މީގެ އިތުރުން ދާދި ފަހުން ދިވެހިރާއްޖޭގައި ކުރިއަށްގެންދިޔަ ބޮޑީބިލްޑިންގް މުބާރާތަކީވެސް، ހިންގުމަށް އެންމެ ރަނގަޅު ކަމެއް ނޫންކަމަށް އަދާލަތުގެ އިލްމުވެރިންވެސް ވަނީ ފާހަގަކޮށްފައިއެވެ. އެހެން ނަމަވެސް ހޯމް މިނިސްޓަރު އިމްރާންނަށް އެކަންކަން ހުއްޓުވިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ހޯމް މިނިސްޓަރ އިމްރާން މިފަހުން ފާހަގަވެފައިވަނީ އަމިއްލަ ޕާޓީތެރޭގައިވެސް މިކަންކަމަށް ޖަވާބު ނުދެވިދާތަނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޝެއިޚް ޢިމްރާނު ގައުމުގަ ފެތުރި ފުޅާވަމުން މިދާ މުންކަރާތްތަށް ހިންހާ މީހުންނަށް ފިޔަވަޅު އަޅުއްވާނަމޭ ވިދާޅުވުމަކީ ވަރައްބޮޑު ހިތްހަޖެހުމެއް ލިބޭ ކަމެކެވެ.
    އެކަމަކު ފިޔަޅުއަޅއްވަވަނީ ކޮންދުވަކު ތޯއެވެ. މުއާލާތްކެޑި ވަގުތު ފާއިތުވާފސހުންތޯއެވެ. ނޫނީ މުޅިގައުމުގަ އެއްޖިންސުން ގުޅުން ހިންގުން އާއްމު ކުރެވިދާނެ ކަމަށް ހީފުޅުކުރެއްވެނީތޯއެވެ. ހުޅަގުގެ ބައިވެރިންގެ ފަރާތުންނާ އަވައްޓެރިންގެ ފަރާތުން މާމަތީ ދަރަޖައިގެ މެޑެއްޔަކަށް އިންތިޒާރު ކުރައްވަނީތޯއެވެ.
    މިހެން މިދެންނެވީ ދާދި މިދާކައްދުވަހު ދީނީ އިލްމުވެރިންތަކެެް ހިފާހައްޔަރުކޮށް ޖަލުގައި ޖެހުމުގެ ފިޔަވަޅު އެޅުއްވިލެއް ފަރިތަކަމާއި އަވަސް ކަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: