ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ހިނގަނީ އެކޮޅުކޮޅުން، މި ވެރިކަން ނިމުން ލާޒިމު: މަލީހު

ރައީސް ސާލިހު އަދި ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި، ސަރުކާރުގެ ތެރޭގައި ހިންގާ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ހައްދުންނައްޓައި ގޮސްފައިވާކަމަށްވުމުން، އެމްޑީޕީގެ މި ސަރުކާރު ނިމުމަކަށް އައުން ލާޒިމްކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުގެ ސަރުކާރުގެ ތެރޭގައި، ގިނަ އަދަދެއްގެ ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާކަމަށް އެމްޑީޕީގެ މެމްބަރުންވެސް ފާހަގަކޮށްފައިވާއިރު، މަލީހު ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރަކީ، އެކޮޅުކޮޅުން ހިނގަމުންދާ، ވާނުވާގައޮތް ސަރުކާރެއްކަން ރައްޔިތުންނަށް ހާމަވަމުންދާކަމަށެވެ. އަދި ރައީސް ސާލިހުގެ ވެރިކަމުގެ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ވަނީ އިންތިހާއަށް މައްޗަށްގޮސްފައިކަމަށް ފާހަގަކުރައްވާ މަލީހު ވިދާޅުވީ، އެމްޑީޕީގެ މި ވެރިކަން ނިމުމަކަށް އައުން މިހާރު ލާޒިމުވެފައިވާކަމަށެވެ.

ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގައި، ސަރުކާރުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ހައްދު ފަހަނައަޅާ ގޮސްފައިވާކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން، އިދިކޮޅު ކޯލިޝަނުން ހިންގާ އިހުތިޖާޖްތަކާއި މުޒާހަރާތަކަށް އަލިއަޅުވައި، މަލީހު ވިދާޅުވީ، ސުލްހަވެރިކަމާއިއެކު، ގާނޫނީ އިމުގެ ތެރެއިން ހިންގަމުންދާ އިހުތިޖާޖުތަކާއި، މުޒާހަރާތަކަށް ހުރަސްއަޅައި، ހުއްޓުވުމުގެ ބާރު، ގާނޫނޫ އަސާސީިގެ ތެރެއިން ސަރުކާރުގެ އެއްވެސް މުއައްސަސާއަކަށް ލިބިދީފައިނުވާނެކަމަށެވެ.

ދިވެހި ރައްޔިތުންގެ ޝުއޫރުތައް ފާޅުކުރުމުގެ މަގުސަދުގައި، ސުލްހަވެރިކަމާއިއެކު، ގާނޫނީ އިމުގެ ތެރެއިން ހިންގަމުންދާ މުޒާހަރާއެއް ހުއްޓުވުމުގެ ބާރު، ގާނޫނު އަސާސީން، އެއްވެސް ސަރުކާރުގެ މުއައްސަސާއަކަށް ލިބިދީފައިނުވާނެކަމަށް ފާހަގަކުރައްވާ މަލީހު ވިދާޅުވީ، ރައްޔިތުންތަކެއް ނުކުމެ، މުޒާހަރާއެއް ކުރާނަމަ، ސަރުކާރުގެ މުއައްސަސާއެއްގެ ޔުނިފޯރމު ތުރުކުރައްވައިގެން ތިބި ބޭފުޅުންގެ ޒިންމާއަކީ، އެކަމަށް މަގުފަހިކޮށްދީ، ޓްރެފިކް ބަލަހައްޓައި، އަމާންކަން ކަށަވަރުކޮށްދިނުންކަމަށެވެ. އަދި ގާނޫނާއި ހިލާފަށް ހޯމް މިނިސްޓަރު އަމުރުތަކެއް ނެރުމަކީ، ހެދިގެންދާ ގޯހެއްކަމަށްވެސް މަލީހު ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހުގެ ސަރުކާރުގެ ތެރޭގައި ބޮޑެތި ވައްކަންތަކާއި، ހިޔާނާތާއި، ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު ފާހަގަކުރެއްވިއިރު، އެމްޑީޕީގެ އިސް ސަފުގައި ތިއްބަވާ، މަޖިލީސް މެމްބަރުންވެސް އެފަދަ ތުހުމަތުތަކެއް ކުރައްވާފައިވެއެވެ. އެގޮތުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތެރޭގައި އެފަދަ ގިނަ ތުހުމަތުތަކެއް އިވިގޮސްފައިވާއިރު، ދާދި ފަހުން، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދުވަނީ އާރްޑީސީއަށް އަމާޒުކޮށް އެފަދަ ތުހުމަތުތަކެއް ކުރައްވާފައިއެވެ.

އާރްޑީސީން ޑޮލަރު ގަތުމަށް ނެރިފައިވާ އިއުލާނަކަށް އިޝާރާތް ކުރައްވާ، އިބްރާހިމް ރަޝީދު ވިދާޅުވީ، ދިވެހިރާއްޖައި ހިންގަމުންދާ ޑޮލަރުގެ ވަގު ވިޔަފާރި ނުވަތަ ޑޮލަރުގެ ކަޅުބާޒާރު ފުޅާ ކުރުމުގައި ސަރުކާރުގެ ކުންފުނިތަކުން ރޯލެއް އަދާކުރަމުންދާކަމަށެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުން، ދިވެހިރާއްޖޭގެ ފޮރިން ރިޒާވް “ކޮރަޕްޝަނާ ތާރަ ކޮންކްރީޓަށް” ބަދަލުކޮށްފައިވާކަމަށްވެސް އެނާ ވިދާޅުވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: