ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެކަމުގެ އިންޒާރުތަކެއް ދީފި

ބެލަރުސްގެ ރައީސް ލޫކަޝެންކޯ އަދި ރަޝިޔާގެ ރައީސް ޕުޓިން: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އިތުރަށް ކުރިއަށްގެންގޮސްފިނަމަ، ނިއުކްލިއާ ހަތިޔާރުގެ ބޭނުންކުރާ ހިސާބަށް ގޮސްދާނެކަމަށް ބެލަރުސްގެ ވެރިޔާގެ މަގާމުގައި ހުންނަ، އެލެކްސެންޑަރ ލޫކަޝެންކޯ ވިދާޅުވެއްޖެއެވެ.

ރަޝިޔާ ޔޫކްރެއިން ހަނގުރާމާއިގައި، ރަޝިޔާގެ ވާގިވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވާ ލޫކަޝެންކޯ، މީޑިއާތަކަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނަން ޖެހިފައިވާކަމަށެވެ. އަދި އިތުރަށް ހަނގުރާމަ ކުރިއަށް ގެންދިއުން ބުއްދިވެރި ނޫންކަމަށްކަމަށް ފާހަގަކުރައްވާ ލޫކަޝެންކޯ ވިދާޅުވީ، ކުރިއަށް އޮތީ ނިއުކްލިއާރ ހަނގުރާމައެއްގެ ބިރުވެރިކަންކަމަށާއި، އެ ހިސާބަށް މި ހަނގުރާމަ ގެންގޮސްގެން ނުވާނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ދިގުލައިގެންގޮސްފިނަމަ، ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ ފުރުސަތުތައް ބޮޑުވެގެންދާކަމަށް ފާހަގަކުރައްވާ މީޑިއާތަކާއި ވާހަކަދައްކަވަމުން، ބެލަރުސްވެގެ ވެރިކަމުގައި ހުންނަވާ ލޫކަޝެންކޯ ވިދާޅުވީ، މި ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ އިހްތިޔާރު ޔޫކްރެއިންގެ އަތުގައި ވާކަމަށެވެ. އެގޮތުން، ރަޝިޔާއަށް އެއްވެސް ޒާތެއްގެ ނުރައްކަލެއް ކުރިމަތި ނުކުރާނެކަމަށާއި، ނުރައްކަލެއް ކުރިމަތި ކުރެވިދާނެ ފަދަ ހަތިޔާރުތަކެއް ނުގެންގުޅޭނެކަމަށް ޔޫކްރެއިންއިން ބުނެފިނަމަ، ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެއްބަސްވުމެއް ގާއިމު ކުރެވިދާނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ރަޝިޔާއާއި، ޔޫކްރެއިން ދެމެދު ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސޯދަށްވަނީ ބޮޑު ހީނަރުކަމެއް އައިސްފައިއެވެ. އެގޮތުން ތެލުގެ މާކެޓަށް ފާހަގަކުރެވޭވަރުގެ ލޮޅުންތަކެއް އައިސްފައިވާއިރު، ހަނގުރާމައިގެ ސަބަބުން ކާޑުގެ ބައެއް ބާވަތްތައްވެސް ލިބުމުގައި ގިނަ ގައުމުތަކަށް ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
36%ވަރަށް ގަދަ 36%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 18%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: