ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ހިފާ ހައްޔަރުކުރުން މާ އައުލާކަން ބޮޑު: އަބްދުއްރަހީމް

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މުހައްމަދު އިސްމާއިލް ހައްޔަރު ކުރުމަށް ވުރެ މިސަރުކާރަށާއި ފުލުހުންނާއި ސިފައިންނަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހިފާ ހައްޔަރު ކުރުން މާ އައުލާކަން ބޮޑުކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި  ޔޯގާޑޭގައި ހައްޔަރުކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ދޫކޮށްލުމަށް ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް  ގޮވާލެއްވިއެވެ.

މުހައްމަދު އިސްމާއިލް އަކީ ޖަލުގައި ބަންދުކޮށްގެން ހިތްވަރު ބަލިކޮށްލެވޭނެ ލީޑަރެއް ނޫން ކަމަށާއި އޭނާ އަކީ އެއަށް ވުރެ މާހިތްވަރު ގަދަ ބޭފުޅެއްކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ޖަލުގައި ހައްޔަރުކޮށްގެން ބޭއްވި ނަމަވެސް މިގައުމާއި މާތްވެގެންވާ އިސްލާމް ދީނުގެ ދިިފާއުގައި މުހައްމަދު އިސްމާއިލް ކުރާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވަނީ މިސަރުކާރަށް މުހައްމަދު އިސްމާއިލް ދޫކޮށްލުމަށް ގޮވާލާފައެވެ.

ރައީސް ހައްޔަރު ކުރަންޖެހޭ ވަރަށް ގިނަ ސަބަބުތައް ހުރި ކަމަށް ވިދާޅުވެ އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ދިވެހި ރާއްޖެއަށް ގައްދާރުވި މީހެއްގެ ގޮތުގައާއި ރާއްޖޭގެ ހަޒާނާ ކައި ހުސްކޮށްލި މީހެއްގެ ގޮތުގައި ހިމެނިގެންދާ ކަމުގައެވެ.

މީގެ އިތުރުން ދިވެހި ރާއްޖޭގައި ލާނިދިއްޔަތު ފަތުރައި އެކަމަށް ހިތްވަރުދީ ހެދިކަމަށާއި ވުމާއެކު ލާދިނީ މީހެއްގެ ގޮތުގައި ރައީސް ސާލިހު ހައްޔަރު ކުރަންޖެހޭ ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ފަރާތުން ފުރަތަމަ މަގުމައްޗަށް ނިކުތުމަށް މަޖުބޫރުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުހައްގުން މިސަރުކާރުން ހައްޔަރުކުރުމާއި ގުޅިގެން ކަމަށާއި އެދުވަހުވެސް އެމަސައްކަތް ނިންމާނީ ރައީސް ޔާމީން މިނިވަން ކޮށްފައިކަމަށް ދެންނެވިކަމަށާއި އެކަމުގައި ޕީޕީއެމްގެ ބިޔަ ލަޝްކަރު ކުރި މަސައްކަތުން މިއަދު ރައީސް ޔާމީން ވަނީ މިނިވަންވެފައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ވުމާއެކު ޕީޕީއެމުން މިހާރު ކުރިއަށްގެންދާ މުޒާހަރާތަކާއި މަސައްކަތްތައް ހުއްޓާނީ އެޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު އިސްމާއިލް މިނިވަންކޮށްފައިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިސަރުކާރުގެ ނިމުން ކައިރިވެފައިވާ ކަމަށާއި  ރައްޔިތުން ނިކުމެ މިއަދުގެ ސަރުކާރު ވޯޓުން ބަލިކުރާނެ ކަމުގައެވެ.

ޕީޕީއެމުން ރޭ ބޭއްވި އެއްވުން ނުވަތަ މުޒާހަރާ އަށް ފުލުހުން ހުރަސްއަޅާފައިވާތީ އެކަމާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ފުލުހުންގެ ޒިންމާ އަކީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމު ހިމާޔަތްކުރުން ކަމުގައެވެ. ފުލުހުން ގާނޫނު އަސާސީ އަށް ހުރުމަތްތެރިކޮށް ހިތުމަށް އަބްދުއްރަހީމް ވަނީ ގޮވާލައްވާފައެވެ.

ރޭގެ މުޒާހަރާގައި ޕީޕީއެމް އޮފީސް ދޮރުމަތީގައި ބޭނުންކުރި ސްޓޭޖާއި ކާޕެޓް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މުޒާހަރާގެ ބައިވެރިންގެ މޫނަށް ކަރުނަގޭސް ޖަހައި މުޒާހަރާ ރޫޅާލުމަށް އެތަށް ފަހަރަކު ޝީލްޑްތަކާއެކު ބައިވެރިންގެ ތެރެއަށް ވަދެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: