ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ވިއްކާލައިފި: މަލީހު

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު—
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެވަނީ ވިއްކާލާފައިކަމަށާއި، ރާއްޖެ ވިއްކާލައިފައިވާ ޕާޓީއަކީ އެމްޑީޕީ ކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މިފަހަކަށް އައިސް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒު ކުރައްވަމުން އަންނަ މަލީހު ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަމުގައި، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ބޮޑުބައިވަނީ މޯގޭޖު  ކޮށްފައި  ކަން ފާހަގަކުރައްވާ އެނާ ވިދާޅުވީ، ދިވެހިރާއްޖެވެސް މިހާރު ނެތްކަމަށެވެ. އަދި ގައުމު ވިއްކާލައިފައިވަނީ އެމްޑީޕީންކަމަށްވެސް މަލީހު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ބެލިނިވެރިކަމުގެ ދަށުން އެމްޑީޕީންވަނީ ދިވެހިރާއްޖެ ވިއްކާލާފައިކަމަށާއި، ރާއްޖެއަކީ މިހާރު ނެތް ތަނެއްކަމަށް ފާހަގަކުރައްވާ މަލީހު ވިދާޅުވީ، ދިވެހިންގެ މިނިވަންކަމުގެ ބޮޑު ހިއްސާއެއްވަނީ ވިއްކާ ހުސްކޮށްފައިކަމަށެވެ. އަދި ރައީސް ސާލިހަށް އަމިއްލަ ގައުމުގެ ކަންކަން އަމިއްލަވަންތަކަމާއި އެކު ނިންމަންވެސް ނުކެރޭ ހާލަގައިވާކަމާށް ފާހަގަކުރައްވާ އެނާ ވަނީ މިކަންކަމަކީ ދެކޮޅު ނުހެދޭނެ ހަގީގަތްކަމަށްވެސް ފާހަގަކުރައްވާފައިއެވެ.

ރިކޯޑް އަދަދަކަށް ދަރަނި ނަގައިފައިވާ ކަމަށާއި އަދި ރައީސް ސާލިހަށް ދިވެހިރާއްޖޭގެ ކަންކަން އަމިއްލައަށް ނިންމަވަން ނުކެރޭ ކަމަށާއި، އެމްޑީޕީންވަނީ ދިވެހިރާއްޖެ ވިއްކާލާފައިކަން އެއީ ދެކޮޅު ހެދެން ނެތް ހަގީގަތްތަކެއް ކަމަށް މަލީހު ފާހަގަކުރެއްވި އިރު، މީގެ ކުރިން އެނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރަކީ،  ވާނުވާގައި އޮންނަ އެކޮޅުކޮޅުން ހިނގަމުންދާ ސަރުކާރެއް ކަމަށެވެ. އަދި އެމްޑީޕީގެ މި ވެރިކަން ނިމުމަކަށް އައުން ލާޒިމްވެފައިވާކަމަށް އެނާ ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 0%ވަރަށް ދެރަ 57%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: