ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް އިން “އިންޑިއާ އައުޓް” ގޮވުން މަދުކޮށްފި 

ޕީޕީއެމް އިން ކުރިން ބޭއްވި "އިންޑިއާ އައުޓް" ހިނގާލުމެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް އިން ކުރިއަށް ގެންދިޔަ “އިންޑިއާ އައުޓް” ގޮވުމުގެ ހަރަކާތް މަޑުޖެހިއްޖެކަން ފާހަގަ ކުރެވެން ފަށައިފިއެވެ.

ޕީޕީއެމް އިން މީގެ ކުރިން ވަނީ “އިންޑިއާ އައުޓް” ނަމުގައި ބޮޑެތި މުޒާހަރާތައް ވެސް އިންތިޒާމް ކޮށްފައެވެ. އަދި ބައެއް ރަށްތަކުގައި ވެސް “އިންޑިއާ އައުޓް” ހިނގާލުންތައް ވެސް ކުރިއަށް ގެންދިޔައެވެ. އޭގެ އިތުރުން މާލޭގެ ބައެއް ގެތަކުގައި “އިންޑިއާ އައުޓް” ބެނާތައް ނަގައި ޓްވިޓާ އާއި މީސް މީޑިއާގެ އެހެން ޕްލެޓްފޯމްތަކުގައި ވެސް އެހަރަކާތް ވަރުގަދައަށް ކުރިއަށް ގެންދިޔައެވެ.

ނަމަވެސް މިހާރު ޕީޕީއެމް އިން “އިންޑިއާ އައުޓް” މުޒާހަރާއެއް ވެސް ނުބާއްވައެވެ. އަދި މާލޭގެ އިތުރުން އެހެން ރަށެއްގައި ވެސް “އިންޑިއާ އައުޓް” ހިނގާލުމެއް މިހާރު ކުރިއަކަށް ނުގެންދެއެވެ.

މާލޭގެ ބައެއް ގެތަކުގައި ނެގި “އިންޑިއާ އައުޓް” ބެނާތައް ފުލުހުން ނައްޓާލުމުން އެމައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓަށް ވެސް ވަޑައިގެންނެވިއެވެ. އެމައްސަލަ ކޯޓުން ނިންމީ ވެސް ރައީސް ޔާމީނާއި އެއްކޮޅަށެވެ. ނަމަވެސް އޭގެ ފަހުން ރައީސް ޔާމީންގެ ގެކޮޅުގައި ވެސް އަދި އެހެން ތަނެއްގައި ވެސް “އިންޑިއާ އައުޓް” ބެނާއެއް ނުނަގައެވެ.

ޕީޕީއެމްގެ އެކްޓިވިސްޓުން މިހާރު ސޯޝަލް މީޑިއާގައި ވެސް “އިންޑިއާ އައުޓް” ގޮވާ މިންވަރު ވަނީ މަދުވެފައެވެ.

ޕީޕީއެމް އިން “އިންޑިއާ އައުޓް” ގޮވުން މަދުކުރި ސަބަބެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވެސް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ އޮފިޝަލުންނާއި ބައްދަލުކުރައްވާ ކަމަށް ދޭތެރެ ދޭތެރެއިން އަޑުފެތުރެއެވެ.

ޕީޕީއެމް އިން “އިންޑިއާ އައުޓް” ގޮވުން މަދުކުރި ނަމަވެސް އަދިވެސް އިންޑިއާގެ ސިފައިން ރާއްޖޭގައި އެބަތިއްބެވެ. އަދި އިންޑިއާގެ ނުފޫޒު ދިވެހި ސަރުކާރަށް ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތައް ވެސް ނިމުމަކަށް ނާދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: