ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަންދަ ބަޖެޓް ހުސްވެއްޖެ

އާސަންދަ އޮފީސް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ހިލޭ ބޭސްފަރުވާގެ ނިޒާމް އާސަންދަ މިއަހަރަށް ދީފައިވާ ބަޖެޓް ހުސްވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިއަހަރު އާސަންދައިގެ ހަރަދުތައް ދީފައިވަނީ 730.9 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް އެކުންފުނިން ވަނީ 974.6 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މަރިޔަމް ޝަފީގް މީގެ ކުރިން މަޖިލިސް ކޮމިޓީގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ އާސަންދަ ސްކީމަކީ އަދިވެސް އެންމެ ފުރިހަމަ ކޮށް އޮތް ސްކީމެއް ނޫން ކަމަށާއި އެކަން އިސްލާހު ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމުގައެވެ.

މަރިޔަމް ޝަފީގް ވިދާޅުވި ގޮތުގައި އަމިއްލަ ހޮސްޕިޓަލްތަކުން ކުރާ ބޮޑެތި އޮޕަރޭޝަންތަކަށް އާސަންދައިގެ ވީހާ ބޮޑު ކަވަރޭޖެއް ހޯދައިދިނުމުގެ ގޮތުން 2019 ވަނަ އަހަރުން ފެށިގެން އެ ހޮސްޕިޓަލްތަކާއި އެކު ވަނީ މުހިއްމު މަސައްކަތްތަކެއް ފަށާފައިކަމުގައެވެ.

އަލަށް ރާއްޖެއަށް ތައާރަފްވަމުން އަންނަ އެކިއެކި ސިއްހީ ހިދުމަތްތަކާއި އޮޕަރޭޝަންތައް އާސަންދައިގެ ދަށުން ކަވަރުކުރުމަށް އިތުރު 90 ޕެކޭޖް އޭޑީކޭއާއި ޓްރީޓޮޕް ހޮސްޕިޓަލް އިތުރުކޮށްފައިވާ ކަމަށް ވެސް ޝަފީގާ ވިދާޅުވިއެވެ. އަދި އޭގެ ތެރޭގައި ކަށީގެ އެކި އޮޕަރޭޝަންތައް ހިމެނެއެވެ.

ޝަފީގާ އެންމެ ބޮޑަށް ފާހަގަކޮށްފައިވާ ކަމަކީ އަމިއްލަ ތަންތަނުން ހިދުމަތް ދިނުމުގައި އަގުތަކަށް ގެންނަ ބަދަލުތަކަށް ބަލައި ރިވިއުކުރެވޭނެ ގޮތެއް ނެތުމާއި އަގުތައް ބޮޑުކުރާ އުސޫލު ބެލޭނެ އެކަށީގެންވާ ގޮތެއް ނެތުމެވެ.

މީގެ އިތުރުން ޝަފީގާ ވިދާޅުވިގޮތުގައި ބައެއް ބަލިތަކުގެ ފަރުވާއަށް އާސަންދަ ކަވަރޭޖްގެ އަގުތައް ހެދުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށާއި ހާއްސަކޮށް ނާރުގެ ބަލިތަކުގެ އޮޕަރޭޝަންފަދަ ރާއްޖެއަށް އަލަށް ތައާރަފް ވަމުންދާ ފަރުވާތަކުގެ އަގު އަދި މިހާތަނަށް ހެދިފައި ނުވާކަން ފާހަގަކުރެއްވިއެވެ. އެކަމަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ޝަފީގާ ވިދާޅުވިއެވެ. އަދި އާސަންދައިގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ފިނޭންސް މިނިސްޓްރީ އާއި އެކު މަޝްވަރާކުރަމުންދާ ކަމުގައި ޝަފީގާ އިތުރަށް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: