ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަމްގިރީގެ ފަރާތުން މުޖްތަމައުގައި ނުރައްކާތެރި ބަލިއެއް ފެތުރިފައި އޮވެދާނެކަމުގެ ކަންބޮޑުވުން!

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި އަލަމްގިރި އަލަމްގިރި
ޝެއާރކޮށްލާ ކަހަލަދޯ؟

އެތައް ދިވެހި ބަޔަކާއި އެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ އަލަމްގިރީގެ ސިއްހީ އެއްވެސް ޓެސްޓެއް އަދި މިހާތަނަށް ހަދާފައި ނުވާކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އެއްޖިންސުން ގުޅުން ހިންގައި އެ މީހުންގެ ވީޑިއޯ ނެގުމަށް ފަހު ބްލެކްމެއިލް ކުރަމުން ދިޔަ މައްސަލައިގައި އަލަމްގިރި މިވަގުތު ހުރީ ފުލުހުންގެ ބަންދުގަ އެވެ. އަދި އެ މައްސަލައިގައި އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންްޓާއި، އަދި ގުޅުން ހިންގިކަމަށް ބެލެވޭ ތަން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ބަލާ ފަސްކޮށްފަ އެވެ. އަދި ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓާފައި ވާއިރު، އޭނާއާއި އެކު ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކުވި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ނޮޅިވަރަން ދާއިރާގެ ކުރީގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދާއި، ފުލުސް އޮފިސަރެއްގެ ޕާސްޕޯޓު ހިފަހައްޓައި ވަޒީފާއިން ވަނީ ސަސްޕެންޑުކޮށްފަ އެވެ.

މީގެ ކުރިން މައުލޫމާތު ލިބުނީ އަލަމްގިރި 50 މީހަކާއި އެކު ގުޅުން ހިންގުމަށް ފަހު އެ މީހުންނަށް ބްލެކްމެއިލް ކުރަމުން ދިޔަކަމަށެވެ. ބްލެކްމެއިލްކޮށް، ބިރު ދެއްކުމުގައި އެހެން ބައެއްގެ ނުވަތަ ދިވެހިންތަކެއްގެ ބައިވެރިވުން އޮތްކަމަށް ބެލެވެ އެވެ. އެކަމަކު ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހޯދި ހޯދުންތަކަށް އެނގޭ ގޮތުގައި އަލަމްގިރިއާއި އެކު އެއްޖިންސުން ގުޅުން ހިންގައި ފާހިޝް އަމަލުތައް ހިންގި މީހުންގެ އަދަދު 250 އަށް އަރަ އެވެ.

މިކަން ސޯޝަލް މީޑިއާގައި ފެންމަތިވުމުން ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މުޖްތަމައުގެ ތެރޭގައި މީގެ ސަބަބުން ބަލިއެއް ފެތުރިފައި ވުމެވެ. އެއްޖިންސުން ގުޅުން ހިނގުމާއި، މިފަދަ އެކި އަމަލުތަކުގައި ޝާމިލުވާ މީހުންގެ މެދުގައި ނުރައްކާތެރި ބަލިތައް ފެތުރޭއިރު އަލަމްގިރިއަކީ އެފަދަ އެއްވެސް ބައްޔަކަށް މިހާތަނަށް ޓެސްޓު ކުރި މީހެއް ނޫނެވެ. އެހެންވެ ސިއްހީ ދާއިރާގެ ފަރާތްތައް ވެސް ވަނީ އަލަމްގިރިއާއި އެކު ގުޅުން ހިންގި މީހުން ވީހާވެސް އަވަހަށް ދެނެގަނެ އެ މީހުންގެ ހެލްތް ސްކްރީނިން އެއް ހެދުމަށް ގޮވާލަމުންނެވެ. އަދި މިއީ އެއްވެސް ކުށެއް ނެތް، މިކަމުގައި ޝާމިލު ނުވާ އެ މީހުންގެ އާއިލާއަށް ވެސް އޮތް ނުރައްކަލެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖެއަށް ބިދޭސީން އަންނައިރު އެ މީހުންގެ މެޑިކަލް ޓެސްޓުތައް ހުށަހަޅަން ޖެހެ އެވެ. ނަމަވެސް އޮޅުވާލައިގެން އެފަދަ ލިޔެކިއުންތައް ހުށަހަޅާ މައްސަލަ ބޮޑެވެ.

އަލަމްގިރިގެ އެއްވެސް ބަލިއެއް ހުރިތޯ ބެލުމަށް ޓެސްޓުތަކެއް ހަދާފައިވާނެތޯ ސުވާލު ކުރުމުން ފުލުހުން އެއްވެސް ޖަވާބެއް ނުދެއްވި އެވެ. ތަކުރާރުކޮށް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި، “އެކަހަލަ މައުލޫމާތެއް” ދެވެން ނެތް ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބަކާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

ވަރަށް ގަދަ
63%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: