ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރު ވިޔަފާރިވެރިން ރާއްޖެ ދޫކޮށް ފުރަނީ، ދެވަނަ ލަންކާއަކަށްވުން ހުއްޓުވަންވެއްޖެ: ސައީދު

ރައީސް ސޯލިހު އަދި މާވަށު ދާއިރާ މެމްބަރު ސައީދު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދުގެ ސާލިހުގެ ވެރިކަމުގެ ދަށުގައި، ދިވެހިރާއްޖެ، ދެވަނަ ލަންކާއަކަށް ވެގެންގޮސްދާނެކަމަށާއި، އެކަން ހުއްޓުވުމަށް އެންމެހާ ރައްޔިތުން އަތުގުޅާލަން ޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވާށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ހަރަދުތައް ކުޑަކުރުމަށް އަންގައި، ފިނޭންސް މިނިސްޓްރީއިން ސާކިއުލާއެއް ނެރިފައިވާއިރު، ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ އެއް ކުންފުނިކަމަށްވާ، ޓީއެމްއޭގެ، ހިއްސާދާރުން، އެ ކުންފުނި ވިއްކާލުމަށް، މަސައްކަތްކުރަމުންދާކަމަށް އިޝާރާތްކުރައްވާ، ސައީދު ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަމުގައި، ދިވެހިރާއްޖެއަށް ގިނަ އަދަދަކަށް ފައިސާ އިންވެސްޓުކޮށްފައިވާ، ވިޔަފާރިވެރިން، ދިވެހި އިގްތިސޯދީ ސިނާއަތު ދޫކޮށް ދިއުން، އަދި ކުންފުނިތައް އެހެނިހެން ފަރާތްތަކަށް ވިއްކާލުން އާންމުވެގެންގޮސްފައިވާކަމަށެވެ.

ރައީސް ސާލިހުގެ ވެރިމުގެ ދައުރުގައި، ދިވެހިރާއްޖެއަށް ފައިސާ އިންވެސްޓުކޮށްފައިތިބި، ބޭރު ވިޔަފާރިވެރިން، އެ ފައިސާތައް ނެގުމަށްފަހު، ރާއްޖެ ދޫކޮށް ދާކަމަށް ފާހަގަކުރައްވާ، ސައީދު ވިދާޅުވީ، އެގޮތަށް ކަންދިމާވާ އެންމެ ބޮޑު ސަބަބަކީ، އެކި ފަންނުގެ ފަރާތްތަކުން، ރައީސް ސާލިހަށް ދެއްވަމުންދާ ލަފާތައް، ރައީސް ސާލިހަށް ފަހުމްނުވުންކަމަށެވެ. އަދި ފަންނީ ފަރާތްތަކުން ދޭ ލަފާތައް ރައީސް ސާލިހު އަޑުނާއްސަވާތީ ވިޔަފާރި ކުރާ ފަރާތްތައް އެ މަނިކުފާނަށް އިތުބާރު ނުކުރައްވާކަމަށްވެސް ސައީދު ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހުގެ އަމަލުތައް ބައްޓަންވެފައިވާގޮތުން، ދިވެހިރާއްޖެއަށް އިންވެސްޓުކުރާ، ބޭރުގެ ވިޔަފާރިވެރިން އިންވެސްޓްމެންޓުތައް ނަގާލަމުންދާކަމަށް ފާހަގަކުރައްވާ ސައީދު އިތުރަށް ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން ޖަހާފައިވާ މިސްރާބުން، ދިވެހިރާއްޖެ ދެވަނަ ލަންކާއަކަށް ވެގެންގޮސްފާނެކަމަށެވެ. އަދި އެފަދަ ހާލަތަކަށް ދިއުން ހުއްޓުވުމަށް އެންމެހާ ރައްޔިތުން އަތުގުޅާލައިގެން މަސައްކަތްކުރަން ޖެހިފައިވާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއިން އިންވެސްޓުމެންޓުތައް ނަގާލުމަށްފަހު، ބޭރުގެ ވިޔަފާރިވެރިން ފުރައިގެން ދާކަމަށް ސައީދު ފާހަގަކޮށްފައިވާއިރު، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓު އޮންނަ ކުންފުނި، ޓްރާންސް މޯލްޑިވިއަން އެއަރލައިންސް ވިއްކާލުމަށް، އެ ކުންފުނީގެ މައި ހިއްސާދާރުކަމަށްވާ ކާލައިލް ގްރޫޕުންވަނީ ފަށާފައިއެވެ. ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރާގޮތުން، އެ ކުންފުނިން ޓީއެމްއޭ އަގުކޮށްފައިވަނީ 700 މިލިއަން ޑޮލަރަށެވެ.

ވަރަށް ގަދަ
15%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 31%ވަރަށް ދެރަ 46%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ސިޔާސީ ހަމަޖެހުން ނެތްތަނެއްގަ އިންވެސްޓް ކުރާނި ކާކު ތޯ؟ 5 އަހަރު ވަންދެން ހަމަ ޖެހިގެން ތިބެބަލަ! ގައުމު ފިތުނަކޮށް މަސްލަހަތު ނަގާނުލާ!

  2. ފިނިފެންމާ ސީދިބެ. ޓީއެމް އޭޙީކުރީ އެމީހުނަށްތާއަބަދު އެކަނި އެވިޔަފާރިކޮށްކޮށް ތިބެވޭނެކަމަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: