ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝެއިހް ނިޝާންގެ މައްސަލައިން ދޭހަވަނީ ކޯޓުތަކަށް ސިޔާސީ ނުފޫޒު ވަދެފަ އޮތް މިންވަރު: ވަކީލު

ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަހުމަދު ސިއްދީގު/ ފޮޓޯ:- ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓުގެ އިޖުރާޢަތްތަކާ ޚިލާފަށް ކަންކަން ކުރުމުން ސިޔާސީ ނުފޫޒު ކޯޓުތެރޭގައި އޮތްކަން ދޭހަވާކަމަަށް ޝެއިޚް އާދަމް ނިޝާންގެ ޤާނޫނީ ވަކީލު އުސްތާޛު އަޙްމަދު ސިއްދީޤު ވިދާޅުވެއްޖެއެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި ފަރާތްތަކުގެ ޤާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސިއްދީޤު ވިދާޅުވީ ކޯޓުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމުގައި ބޮޑެތި ލަސްތަކެއް އައުމުން ދޭހަވަނީ އެކަމުގެ ފަހަތުގައި އިތުރު ކަންތައްތަކެއް ހިނގާކަމަށާއި ސިޔާސި ބައިވެރިވުމެއް ވާކަމަށެވެ.

ޝަރީޢަތުގައި ސިޔާސީ ކުލަ ޖެހިފައޮތް ވާހަކައެއް އަޅުގަނޑު ނުދަންނަވަން. ނަމަވެސް ކޯޓުގެ ޕްރޮސެސް ހިނގުމުގައި ޑިލޭތަކެއް އައިމަ، ޚާއްސަކޮށް މިކަހަލަ ކަންތައްތަކުގައި ޤަބޫލުކުރެވޭ ހަމަތަތަކަކީ އެކަމުގަ އެހެން ކަންތައްތަކެއް ފަހަތުގައި ހިނގާކަން. “ ސިއްދީޤު ވިދާޅުވިއެވެ.

ކޯޓުގެ އިޖުރާޢަތްތަކާ ޚިލާފަށް އަމަލުކުރެވެމުން ދާކަން ފާހަގަކޮށް އޭނާ ވިދާޅުވީ އިސްތިއުނާފްގެ މަރުހަލާގައި ޝެއިޚް ނިޝާން އަށް ކުރެވިފައިވާ ތުހުމަތުތަކާއި ތުހުމަތު ކުރެވުނީ ކީއްވެތޯ އަހާ ކުރެއްވި އެއްވެސް ސުވާލަކަށް ފުލުހުންގެ ފަރާތުން މުއްދަތުޖެހުމަށް އެދިގެންދާ ފަރާތަށް ޖަވާބު ދެވިފައިނުވާކަމަަށް އޭނާ ވިދާޅުވިއެވެ.

އަދި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައިވާ ގޮތުން ކޯޓުން އަމުރެއް ކުރުމަށްފަހު އެ އަމުރުގެ އޮރިޖިނަލް ދެ ކޮޮޕީ އިންވެސްޓިގޭޓަރުންނަށް ދޭންޖެހޭކަމަށާއި އެ އަމުރުގެ ކޮޕީ އަމުރުކުރެވޭ ފަރާތާއި ހަމައަށް ލިބެންޖެހޭއިރު، އެ ކޮޕީ ލިބުމުގައި ލަސްތަކެއް އުޅޭކަމަށްވެސް ވަކީލު ފާހަގަކުރެއްވިއެވެ.

ފުރަތަމަ ހަތްދުވަސް ބަންދުގެ މުއްދަތައް ޖެހި އިރު އެ ހަތްދުވަސް ހަމަވަން އެއްދުވަހަށް ވާއިރުވެސް އަޅުގަނޑުމެންނަކަށް އަމުރެއް ނުލިބޭ.“ ގާނޫނީ ވަކީލު ސިއްދީޤު ވިދާޅުވިއެވެ.

ޝެއިޚް ނިޝާން ހައްޔަރުކޮށްފައިވަނީ މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވުނު ހަރަކާތުގައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައެވެ. ޝެއިޚް ނިޝާންއަށްވަނީ މިހާތަނަށް ހަތަރުފަހަރެއްގެ މަތިން ބަންދުގެ މުއްދަތު ޖަހާފައެވެ. އެއްމެ ފަހުން ޝެއިޚް ނިޝާންއަށް ޖަހާފައިވަނީ 19 ދުވަހުގެ މުއްދަތެކެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރެވުނު އަނެއް ޝެއިޚް ފަޒްލޫންވަނީ ޝަރުތުތަކަކާއި އެކު ދޫކޮށްލާފައެވެ. މި ހަމަނުޖެހުމާއި ގުޅިގެން ދެ ޝެއިޚުން ހައްޔަރުކުމުން ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުންވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: