ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް ކާބޯތަކެތީގެ މާކެޓަށް ލޮޅުންތަކެއް!

ރަޝިޔާގެ ރައީސް ޕުޓިން އަދި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯ ތަކެތީގެ ދަތިކަމަށް ހައްލެއްގެނައުމަށް ރަޝިޔާ-ޔޫކްރެއިން ދެމެދު، އެއްބަސްވުމެއް ގާއިމު ކުރެވިފައިވަތާ ދުވަހެއްވެގެން ދިއުމަށްފަހު، ޔޫކްރެއިންގެ އޮޑެއްސާ ބަނދަރަށް ދީފައިވާ މިސައިލްގެ ހަމަލާއަކާއިއެކު، އެ އެއްބަސްވުން އުވިދާނެކަމުގެ ބިރުހީވެއްޖެއެވެ.

ކާބޯތަކެތީގެ ދަތިކަމަށް ހައްލެއް ގެނައުމަށް އެއްބަސްވުމެއް ގާއިމު ކުރެވުނުތާ ދުވަސްތަކެއް ނުވަނީސް، ޔޫކްރެއިންގެ އޮޑެއްސާ ބަނދަރަށް ދީފައިވާ މިސައިލް ހަމަލާ، ކުށްވެރިކޮށް، ޔޫކްރެއިންއިންވަނީ، އެ އަމަލަކީ، އެއްބަސްވުމުގެ މައްޗަށް “ކުޅެއް” ޖެހުމާއި އެއްފަދަ އަމަލެއްކަމަށް ސިފަކޮށްފައިއެވެ.

އޮޑެއްސާގެ ބަނދަރަށް ދީފައިވާ ހަމަލާގެ ޒިންމާ ރަޝިޔާގެ ބޮލުގައި އަޅުވާފައިވީނަމަވެސް، ރަޝިޔާއިންވަނީ އެފަދަ އަމަލެއް ނުހިންގާކަމަށް ބުނެ، ޔޫކްރެއިންގެ ތުހުމަތުތައް އިންކާރުކޮށްފައިއެވެ. ޔޫކްރެއިން އިން ބުނާގޮތުން، އެ ގައުމުގެ ވައިގެ ޑިފެންސްއިންވަނީ ދެ ކްރޫޒް މިސައިލެއް މަތަކޮށްފައިއެވެ. އެހެން ނަމަވެސް، އިތުރު ދެ މިސައިލެއް އޮޑެއްސާގެ ބަނދަރަށް އަރާ، ބޮޑު ގެއްލުންތަކެއް ވެފައިވާކަމަށާއި، ކާބޯތަކެތީގެ ދަތިކަމަށް ހައްލެއް ގެނައުމުގެ މަގުސަދުގައި ގިނަ ދުވަސްތަކެއްވަންދެން ކުރެވިގެންއައި، މަސައްކަތްތައް މި ކަމުގެ ސަބަބުން ބޭކާރުވެގެންގޮސްދާނެކަމަށްވެސް ޔޫކްރެއިންއިންވަނީ ބުނެފައިއެވެ.

ތުރުކީ މެދުވެރިވެގެން، އދގެ ބެލެނިވެރިކަމުގެ ދަށުން، ރަޝިޔާ- ޔޫކްރެއިން ދެމެދު ގާއުމު ކުރެވުނު، އެއްބަސްވުމަށް ބުރޫ އަރާފަދަ އަމަލެއް ރަޝިޔާއިން ހިންގާފައިވާކަމަށް ތުހުމަތުކޮށް، ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ، މި ހަމަލާގެ ސަބަބުން، ރަޝިޔާއަށް ވައުދުތަކުގައި ނުހިފެހެއްޓޭނެކަން ސާފުވެގެންދާކަމަށެވެ. އަދި ރަޝިޔާއިން އެއްބަސްވާ ކަންކަން ނުކުރުމަށް މަގެއް ހޯދާނެކަންވެސް ސާފުވާކަމަށް ޒެލެންސްކީވަނީ ވިދާޅުވެފައިއެވެ.

ޔޫކްރެއިންގެ މައި އެއް ބަނދަރުކަމަށްވާ އޮޑެއްސާގެ ބަނދަރަށް ދީފައިވާ މިސައިލް ހަމަލާ، ރަޝިޔާއިން އިންކާރުކޮށްފައިވާއިރު، އެހެނިހެން ގައުމުތަކުން އަންނަނީ، އެ ހަމަލާ ކުށްވެރިކޮށް، ރަޝިޔާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.

ޔޫކްރެއިންގެ އޮޑެއްސާ ބަނދަރަކީ، ކާބޯތަކެތީގެ ދަތިކަމަށް ހައްލެއް ގެނައުމަށް ރަޝިޔާއާއި އެ ގައުމާއި ދެމެދު ގާއިމު ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކަަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް، މުދާ ބަރުކުރުމަށް ހަމަޖެހިފައިވާ އެއް ބަނދަރެވެ. ޔޫކްރެއިންއިން، ރަޝިޔާއަށް ތުހުމަތުކުރާ މި ހަމަލާގައި، ބަނދަރަށް އެކިވަރުގެ ގެއްލުންތައް ވެފައިވާއިރު، އެތަނުގައި ރައްކާކުރެވިފައިވާ ކާޑު އަދި މުދަލައް ގެއްލުންތަކެއް ލިބިފައިނުވާކަމަށް މީޑިއާތަކުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: