ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީޙުގެ މަސައްކަތްތަކާއިމެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރެހުމުގެ މުބާރާތެއް!

ރައީސް މުހައްމަދު ނަޝީދު މައުރަޒެއްގައި ހުރި އެމަނިކްފާނުގެ ފޮޓޯފުޅެއްކައިރީ.. ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިންތިޒާމް ކޮށްގެން ބާއްވާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ކުރެހުމުގެ މުބާރާތެއް ބޭއްވުމުގެ މަގްސަދަކީ ރައްޔިތުންގެ މަޖިލީހާއި މަޖިލީޙުގެ މަސައްކަތްތަކާއިމެދު ހޭލުންތެރިކަން އިތުރުކުރުމާއި ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތަކަށް ހޭލުންތެރިކުރުންކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތުދެއްވައެވެ.

އެކަމަށް ޝައުގުވެރިކަށް ހުރި ފަރާތްތަކަށް މުބަރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 4 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. 14 އހަަރުގެ ދަށުގެ ކުދިންނަށާއި، 14 އހަަރާއި 18 އަހަރާއި ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށާއި 18 އަހަރާއި 35 އަހަރާއި ދެމެދު ފަރާތްތަކުގެ އިތުރުން 35 އަހަރުން މަތީގެ ފަރާތްތަކަށެވެ.

މުބާރާތުގައި ބައިވެރިކުރާ ކުރެހުން މަޖިލީހުގެ އިދާރާއަށް ފޮނުމުގެ ސުން ގަނޑިއަކީ 1 ސެޕްޓެންބަރ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ. ކުރެހުން ފޮނުވާއިރު ދިވެހި ރައްޔިތެއްކަން އައްގައިދޭ އައިޑީ ކާޑާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ހިމަނަންވަނީ އިރުޝާދު ދީފައެވެ. ނުވަތަ ކުރެހުން ހުށައެޅުމުގެ ކުރިން މަޖިލީހުގެ އިދާރާގެ އީމެއިލް އަށް އެ ތަކެތި ފޮނުވުމަށް ވަނީ އެދިފައެވެ. އަދި ފޮނުވާ ކުރެހުންތަކުގައި “ކުރެހުމުގެ މުބާރާތް- ޑިމޮކްރަސީ ދުވަސް 2022” އެފަދައިން ޖެހުމަށް ވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ނަޝީދު ރައީސްކަމުން އިސްތިއުފާ ދިނީމަ މާ ހޭލުންތެރިވާނެ އެގޭނެތާ އެ ވީ ގޮތް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: