ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމާއި ހަވާލުވެތިބީ އަންސެޓިފައިޑް ބައެއް!

ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މާލީ ހާލަތާއިމެދު ދެކެވެމުންދާ ވާހަކަތައް އަޑު އަހައިފިނަމަ، ގައުމުގެ ތައުލީމީ ފެންވަރާއިމެދު ޝައްކުތަކެއް އުފެދޭނެއެވެ. ގައުމުގު ތެރޭގައި އުފެދިފައިވާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، މާލިއްޔާތު ދަށްވެ، ގައުމު އިންދަޖެހި، ރައްޔިތުން ނިކަމެތިވެދާނެ ކަމުގެ ކަންބޮޑުވުމެވެ. އެހެން ނަމަވެސް ތައުލީމީ ގޮތުން ދިވެހި ރާއްޖޭގެ ޒުވާނުން އަރަމުންދާ އުސްމިންތަކަށް ބަލާލުމުން، މިފަދަ ތައުލީމުން މުއްސަނދި ގައުމެއްގެ ހާލަތު ދަށްވެގޮސްފައިވާ ގޮތް ހިސާބު ޖަހާ ފަރާތްތަކަށްވެސް އޮޅިގެންދާނެއެވެ.

ދިވެހި މާލީ ހާލަތު ދަށްވެގެންދާން ދިމާވި އެންމެ ބޮޑު އެއް ސަބަބުކަމަށް އަޅުގަނޑު ދެކެނީ، ގައުމެއްގެ އިސް މަގާމުތަކުގައި ތިބި ފަރާތްތައް، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ނާގާބިލުވުމެވެ. އަދި ވެރިއަކަށް ހުންނަ ފަރާތަކަށް، ވަޒީފާ މި ހަވާލުކުރެވެނީ މަސައްކަތް ފަހުމް ނުވާވަރުގެ ފަރާތަކާއިކަން އިންގިހުރެވެސް، ބޮޑު މަގާމުތަކަށް އެ ފަރާތްތައް ގެނައުމަށް މަސައްކަތްތަކެއް ކުރަމުން ދިއުމެވެ.

ގައުމާއި ހަވާލުވަނީ، އަންސެޓިފައިޑް ބައެއް ނަމަ، ގައުމުގެ ހާލަތު ދުވަހަކުވެސް ރަނގަޅުވެގެންދާ މަންޒަރު ފެނިގެނެއް ނުދާނެއެވެ.

އަމިއްލަ މަސްލަހަތައް ބުރަވެ ތިބެ މަޝްރޫއުތަކެއް ފެށިނަމަވެސް، މުޅި ގައުމެއްގެ ފަރާތުން ވަގަށް ގޮވާ، މަލާމާތްކުރަމުންދާ އަޑު އަހަން އެއްވެސް ފަރާތެއް ބޭނުން ނުވާނެކަމާއިމެދު ޝައްކެއްވެސް ނެތެވެ. އެހެންކަމުން، މިވަގުތު ދިވެހިރާއްޖޭގެ ހާލަތަކީ، ގަސްތުކޮށްގެން ވައްޓާލައިފައިވާ އަޑިގަނޑަކަށްވުރެ، ގާތީ، އަރައިގަތުމަށް ފިޔަވަޅު އަޅަންވީ ގޮތްވެސް ނުވަތަ ފިޔަވަޅެއް އެޅޭނެކަންވެސް އިނގިފައިނުވުމުގެ ހިތި ނަތީޖާކަން އަޅުގަނޑަށް ހަމަ ޔަގީނެވެ.

ނާގާބިލު ބަޔަކު، މުހިންމު މަގާމުތަކަކަށް ލާންވީ ސަބަބެއް އޮންނާނެތޯ ސުވާލު ކުރެވިދާނެއެވެ. އެހެން ނަމަ، އެ ސުވާލުގެ ޖަވާބަކީ، ވެރިކަމެއް ހޯދުމުގެ މަގުސަދުގައި ހޭދަ ކުރާ ފައިސާތައް ފަޅަނީ ގަހެއްގައި ނޫންކަމުންނެވެ. ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށް ހިންގާ ކެމްޕެއިންތަކެއްގެ ފަހަތުގައި އެތައް ބަޔަކު ތިބޭނެއެވެ. އެދުމެއް ނެތި ވެދުމެއްވެސް ނުކުރާނެއެވެ. ވެރިކަން ލިބުމުން ފައިސާވެސް އަނބުރާ ދައްކަން ޖެހޭނެކަމަކީވެސް ހަމަ ޔަގީން ކަމެކެވެ.

ގައުމުގެ އިގްތިސޯދު ހިނގައި ނުގަނެ އޮންނަ މައިގަނޑު ސަބަބެއް ކަމަށްވެސް އަޅުގަނޑުދެކެނީ، ވެރިކަމަށް ވަޑައިގަންނަވާ ފަރާތަކުން ކެމްޕެއިންގެ ތެރޭގައި ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ކުރަންޖެހޭ ބުރަ މަސައްކަތެވެ. އެހެން ނަމަވެސް، އެ ފަރާތައް ބުރަވެގެންދާ ވަރަށްވުރެ، ބޮޑު ބުރަކަމެއް އުފުލަން ޖެހެނީ ގައުމެއްގެ ރައްޔިތުންނެވެ. ސަބަބަކީ ހުރިހާ މަސައްކަތަކާއި ހަވާލުވެގެން ތިބި ފަރާތްތައް، ނަގާފައިވާ ބޮޑު ލޯނުތައް އަދާކުރުމަށް މޮޅެތި ރޭވުންތައް ރޭވުމުގައި ބިޒީކޮށް އުޅުއްވާތީއެވެ.

އެފަރާތްތައް ގައުމުގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހިޔާލެއް ކޮށްލާނެ ވަގުތުވެސް ވާނީ، ލޯނުތައްކާއި، ދަރަނިތައް ބޮލުމަތީ އެނބުރުން ހުއްޓުމުން ނޫންތޯއެވެ. ގައުމެއްގެ ކޮންމެ ރައްޔިތަކަށް ދަރަނީގެ ހިއްސާއެއް ދިނުން ކިހާ ފަސޭހަތޯއެވެ. މި ގައުމުން މި ވަގުތު ފެންނަމުންދަނީ ސީދާ އެ މަންޒަރެވެ. ވިހާ ކޮންމެ ދަރިއެއްގެ ބޮލުގައިވެސް ސަލާމަތްނުވާވަރުގެ ދަރަންޏެއް އޮންނަ ހިސާބަށް ގައުމުގެ ހާލަތު ގޯސްވެއްޖެއެވެ.

ވެރިކަމަށް އައުމަށް ގޮތް ނޭގޭ ޑީލުތަކެއް ހަދަމުންދާކަމުގެ ފުރިހަމަ ހެކި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދުގެ ފަރާތުން ދާދި ފަހުންވަނީ ހާމަވެފައިއެވެ. އެގޮތުން ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތީވެސް އެ މަނިކުފާނާއިއެކު، ޑީލެއް ހެއްދެވުމަށްފަހުކަމަށާއި، އެ އެއްބަސްވުމާއި ހިލާފުވެފައިވާ ވާހަކަތަކެއްވެސް ދެކެވިގެންދިޔައެވެ. ނަތީޖާއަކަށްވެގެންދިޔައީ ބޮޑު ދެގެރި ތަޅައިގަނެ ކަށްގަލަށް ބާރު ކުރުމެވެ.

ސިޔާސީ ޑީލެއްގެ ދަށުން ބަޔަކު މީހުންނަށް ވަޒީފާތަކެއް ދެމުންދާ ވާހަކަތަކަކީ އާ ވާހަކައެއް ނޫނެވެ. އަދި ޑީލެއްގެ ދަށުން ދޭން މަޖުބޫރުވާފަދަ މަންޒަރެއް ފެނިގެންދިއުމަކީވެސް އާންމު ކަމެކެވެ. ރައީސް ސާލިހު، އެ މަނިކުފާނަށް އެތައް ފާޑުކިޔުންތަކެއް އަމާޒުވުމުން، އިތުރު މަގާމުތަކަށް ބަޔަކު އައްޔަނު ނުކުރައްވާނެކަމަށް ގައުމީ ޓީވީގައި ވިދާޅުވުމަށްފަހުވެސް އެކަން ކުރެއްވީ އެހެންކަމުން ކަމަށް ވެދާނެއެވެ،

ސިޔާސީ ޑީލެއްގެ ދަށުން ގާބިލިއްޔަތު، ޝައުގު އަދި އިހުލާސްތެރިކަންވެސް ނެތް ފަރާތްތަކަކަށް ބޮޑު މުސާރައާއި، މަގާމުތަކެއް ދިނުމުގެ ގެއްލުންވަނީ، ގައުމަށެވެ. ގައުމެއްގައި ދިރިއުޅެމުންދާ ރައްޔިތުންނަށެވެ. ބައެއް ފަރާތްތަކަށް ވަޒީފާ އަދާކުރަން ނުވެސް އިންގެނީއެވެ. އަނެއް ފަރާތްތަކަށް މަސްއޫލިއްޔަތު ސާފުނަމަވެސް އެކަމަށް ހަގިގީ ޝައުގުވެރިކަމެއް ނެތުމުގެ ސަބަބުން ދޭންޖެހޭ އަހައްމިއްޔަތުވެސް ނުދެވެނީއެވެ. މިކަމުން ގާބިލު އެތައް ބަޔަކަށް ހައްގު ވަޒީފާތަކެއް ގެއްލި، ޓެކްސް ފައިސާ ދައްކާ ރައްޔިތުނަށް ހައްގު ކުރިއެރުންތައް ގައުމަށް އައުން ހުއްޓި، ނުވަތަ ލަސްވެގެންދެއެވެ.

ގައުމާ ހަވާލުވެގެންތިބި ބައެއް ފަރާތްތައް ބަލަނީ، ދައުރު ހަމަވުމުގެ ކުރިން ބޭރު ގައުމެއްގައި ދެތިން ގެ ގަނެލުމަށެވެ. މިކަމަކީ މައްސަލައެއްކަމަށް އަޅުގަނޑު ނުދެކެމެވެ. އެހެން ނަމަވެސް، ދިވެހި މާލިއްޔާތުން މުސާރަ ނަގައިގެން ވަޒީފާ އަދާ ނުކޮށް، ދިވެހިންގެ ގެދޮރު ފުނޑިގެންދާ މަންޒަރު ބަލަހައްޓައިންތިބޭ ނަމަ، އެކަމަކީ އިންތިހާއަށް ދެރަ މައްސަލައެކެވެ. ނަގަމުންދާ ބޮޑު މުސާރަތައް އެ ފަރާތްތަކަށް ހަލާލުވެސް ނުވާނެކަން ޔަގީނެވެ.

ހުރިހާ އެންމެނަަކީ، ސަރުކާރުން ލޯނު ދީގެން ހިލޭ ކިޔަވާ ފަރާތްތަކެއް ނޫނެވެ. ހަޔާތުން އެތައް އަހަރެއް ހޭދަކޮށް، މަތީ ފާހަކާއި އެކު، ތައުލީމު ހާސިލްކޮށްގެން އަންނަ ގިނަ އަދަދެއްގެ މީހުން، ހާސިލު ކުރި ތައުލީމާއި، ގާތްކުރާވަރުގެ މަގާމަކާއި ކައިރިވެސް ނުވެއެވެ. ސަބަބަކީ، ސިޔާސީ ޑީލުތަކެއްގެ ތެރެއިން އެފަދަ ހުރިހާ މަގާމެއްގައި، ކަން ނުދަންނަ އެތައް ބަޔަކު ތިބުމެވެ. އެންމެނެއް ނޫން އެހެން ނަމަވެސް ގިނަ އަދަދެއްގެ ބަޔަކީ، ކަމުގެ އަސްލު މާހިރުންނަ ނަމަ، ގައުމު އިނދަޖެހިދާނެކަމުގެ ބިރު ހީވެފައިއެއް ނޯންނާނެކަމާއި މެދު ޝައްކެއްވެސް ނެތް، ގައުމު ކުރިއަރައިގެންދާނެކަމާއިމެދު ޔަގީން، މަޝްރޫއުތަކެއް ފަށާ އަޑު ނީވި، ފެނިގެންދާނީ މަސައްކަތް ފަށައިގެން ނިންމާ މަންޒަރުކަންވެސް ޔަގީން.

ސަބަބަކީ، ބައެއް ފަރާތްތަކަކީ، ހުސް އަނގަތެޅުމުގެ ބަދަލުގައި، ކަންކޮށް ދައްކާ ފަރާތްތައް، އެއްޗެކޭ ބުނާ ނަމަ، ބުނާނީވެސް ބުނަންޖެހޭ ވަރުގެ އެއްޗެއް އޮވެގެން، ރައްޔިތުންގެ މަންފާއާއި ލާބައަށް ގައުމުގެ ވެރިއަކު މަސައްކަތެއް ކޮށްފިނަމަ، އެކަމަކަށް ރައްޔިތުންގެ ފަރާތުން ނުރުހުމެއް އަމާޒެއް ނުވާނެ، ސަބަބަކީ ބޮޑު އިއުލާނެކޮށް، ފޮނި އަނގަތަކެއް ނުތެޅި ނަމަވެސް، ކަން ކުރާނީވެސް ރައްޔިތުންގެ ހާލަތާއި އިހުސާސްތައް ދަނެގެންކަމަށްވުމުން، ވެރިކަމެއް ކުރާނީވެސް ގާތުން އުޅެގެންކަމަށްވުމުން.

ކޮވިޑޭ ރަޝިޔާ ޔޫކްރެއިންއޭ ބުނެވިދާނެ، އެހެން ނަމަވެސް ހަގީގަތަކީ، ތައުލީމީ، މަސައްކަތްތެރި، ހުނަރު ހުރި ގިނަ އަދަދެއްގެ މީހުން، ގާބިލިއްޔަތުގެ ބޭނުން ހިފާ ގައުމު އާރާސްތުކުރުމަށް ފެން ބޮވައިގަނެފައިވާތާ އެތައް އަހަރުތަކެއް ވެފައިވާކަމެވެ. އެހެން ހުރެ ހުރެ، މިޔަ ތޫނު އެތައް ވަޅިއެއް، ދަބަރަށްވެ ހަލާކުވެގޮސް، ގައުމަށް އެ ތޫނުކަމުގެ ފުރިހަމަ ފައިދާ ނުނެގި ގޮސްފައިވާކަމަކީވެސް ހަގީގަތް.

ނާގާބިލު، އިހުލާސްތެރިކަމެއް ނެތް ފަރާތްތަކަށް ބޮޑު މަގާމު ދިނުމުގެ ބަދަލުގައި، ތައުލީމީ، ހުނަރުވެރި، ގާބިލު ފަރާތްތަކަށް ގައުމު އާރާސްތުކުރުމުގެ މަސައްކަތްތައް ހަވާލުކުކޮށްފިނަަމަ، ގައުމުގެ މާލިއްޔަތު ފުރި، ޝަކުވާގެ އަަޑުތަކައްވެސް ކެނޑިގެންދާނެ.

އަޅުގަނޑުގެ މި ހިޔާލުގެ މަގުސަދަކީ، އެއްވެސް ހާލަތެއްގައި، ވަކި ފަރާތެއް ދަށްކޮށްލުމެއް ނޫނެވެ. އަދި ހުތުރު މަލާމާތުގެ ބަސްތަކެއް އަމާޒު ކުރުމެއްވެސް ނޫނެވެ. އެހެން ނަމަވެސް، މި ހިޔާލުގެ ތެރެއިން ބައެއް ފަރާތްތަކުގެ ހިތްހަމަނުޖެހުން އަޅުގަނޑަށް އަމާޒުވުމަކީ، ގާތްކަމެކެވެ. އެހެން ނަމަވެސް މި ވާހަކަތައްވެސް ދެއްކުން މުހިންމުކަމަށް ދެކެމެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: