ހިޔާ މަޝްރޫޢުގެ ދަށުން ކުރިއަށްދާ އެންމެހާ ޕްރޮޖެކްޓު ތަކުގެ ހަޤީޤީ ބާނީއަކީ ޕީޕީއެމްގެ ލީޑަރ، ކުރީގެ ރައީސް އަބްދުﷲ ޔާމީންކަމަށް މާލެސިޓީ ކައުންސިލްގެ މޭޔާރ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ކުރައްވާފައިވާ ޓުވީޓެއްގައި ވަނީ ސްޓެލްކޯ ހިޔާ ޕްރޮޖެކްޓުގެ އިތުރުން ހިޔާގެ ހުރިހާ ޕްރޮޖެކްޓުތަކަކީވެސް ރައީސް ޔާމީންގެ ވިސްނުންފުޅާ ޚިޔާލުބޭނުންކޮށްގެން ފަރުމާކުރެވިފައިވާ ޕްރޮޖެކްޓުތަކެއް ކަމަށާއި ރައީސް ޔާމީންގެ ދައުރުގައި ފެށިފައިވާ މަޝްރޫޢުތަކެއް ކަމަށެވެ.
STELCO Hiyaa project and in fact all other projects under HIYAA were conceptualised, initiated, finance secured, designed, signed and construction work commenced under the leadership of President Yameen @prz_ymn pic.twitter.com/9UL7a5279y
— Dr Mohamed Muizzu (@MMuizzu) July 24, 2022
މުއިއްޒު މިގޮތަށް ޓުވީޓުކުރައްވާފައިމިވަނީ ހުޅުމާލެއަށްފަހު ވިލިނގިލީގައި ސްޓެލްކޯއިން އާ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފަށާނެކަމަށް ވަރަށްފަހުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަޙްމަދު ޝަރީފް އިޢުލާނުކޮށްފައިވަނިކޮށެވެ.
ސްޓެލްކޯގެ އާ ޗެއާމަންކަމުގެ މަޤާމާއި ހަވާލުވި ސިފައިންގޭގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުޙައްމަދު ދީދީ އެ ކުންފުނީގެ މުއައްޒަފުންނަށް ތައާރަފްކޮށްދިނުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މަސައްކަތުގެ މާހައުލުގައި އެއްމެ މުހިއްމީ އެކަމަކުން ހިތްހަމަޖެހުން ލިބުންކަމަށާއި އެތަނުގައި މަސައްކަތަކުގެ މާހައުލުގައި ލިބެންޖެހޭ ހިތްހަމަޖެހުން މުއައްޒަފުންނަށް ހޯދާދިނުމަށް އަބަދުވެސް މަސައްކަތް ކުރާނެކަމަށެވެ.
ސްޓެލްކޯ އިން ހުޅުމާލޭގައި އިމާރާތްކޮށްފައި ވަނީ 360 އެޕާޓްމަންޓް ހިމެނޭ ދެ ޓަވަރެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ. އެ ފްލެޓްތަކަށް ކުންފުނިން ކަނޑައަޅާފައި ވަނީ މިހާރު މާލޭގައި އެ އަގުގެ ތަނެއް ލިބޭ މިންވަރާ އަޅާ ބަލާއިރު ހެޔޮ އަގެކެވެ.
އެއް ކޮޓަރީގެ ފްލެޓަކަށް މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އާ އެކު މަހު ކުއްޔަކީ 5،622ރ. އެވެ. އަދި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ ތަނެއްގެ މަހު ކުއްޔަކީ 10،356-10،652ރ. އާ ދެމެދުގެ އަގެކެވެ. އެތަނަށް މެއިންޓެނަންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 1،300ރ. އެވެ.

