ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެއިލްޑް ސްޓޭޓަކަށް ރާއްޖެވީ އާއިލީ މީހުން ސަރުކާރުގައި ގިނަވީމަ: އާދަމް ޝަރީފް

ހޯމް މިނިސްޓާ އިމްރާން އަބްދުﷲ އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އަމަރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ ފެއިލްޑް ސްޓޭޓަކަށް ވެގެންދިޔައީ ސަރުކާރު ހިންގުމުގައި ނާގާބިލު މީހުން ގިނަވުމުގެ ސަބަބުންނާއި އަދި އާއިލީ މީހުން ސަރުކާރުގައި ގިނަވުމުގެ ސަބަބުންކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރައްވާފައިވާ ޓްވިޓަކާއި ގުޅިގެންނެވެ.

މީގެ ކުރީގައި ސޯޝަލް މީޑިއާގައި އެހާ ހަރަކާތްތެރިކޮށް ފެނިފައިނުވާ އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ އިމްރާން އަބްދުﷲ އަންނަނީ މިފަހަކަށް އައިސް ގިނަ އަދަދަކަށް ޓްވީޓު ކުރައްވަމުންނެވެ. އެގޮތުން ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ވަނީ އެބޭފުޅާ ގައުމަށާއި އިސްލާމް ދީނުގެ އިތުރުން ދިވެހިރާއްޖޭގެ އިލްމްވެރިންނަށް ކޮށްދެއްވި ކަންތައްތައް ސާބިތު ކޮށްދެއްވުމަށްޓަކައި ގިނަ އަދަދެއްގެ ޓްވީޓުތަކެއް ކުރައްވާފައެވެ. ޓްވީޓުތަކުގައިވާ ދައްކަވާފައިވާ ވާހަކަތަކުން އިމްރާނަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ގިނަ ބަޔަކު އަންނަނީ ޓްވީޓުތަކުގެ މާ ބޮޑު މާނައެއް ނެތްކަމަށްވެސް ފާހަގަކުރަމުންނެވެ. މިކަންކަމާއި ގުޅިގެން އިމްރާން ވިދާޅުވީ ހައްގު ގޮތް އެއީ ހައްގުކަމުގައި ވަނީ ތާއީދު ކުރާ މީހުންގެ އަދަދު ގިނަވުމުން ނުވަތަ މަދުވުމަކުން ނޫންކަމަށެވެ.

މި ޓްވީޓާއި އެކު ގިނަ ބަޔެއްގެ ފާޑުކިޔުން އިމްރާންއަށް އަމާޒުވުމުގެ ސަބަބުން އޭނާ ވަނީ އަނެއްކާވެސް ގިނަ ޓްވިޓުކެއް ކުރައްވާފައެވެ.

އެންމެ ފަހުން ކުރެއްވި ޓްވީޓުގައި ވަނީ ގައުމުގެ ރައީސްކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ހެޔޮލަފާ ރަނގަޅު ބޭފުޅެއް ނަމަވެސް ސަރުކާރު ހިންގަވަން ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅު ވެގެން މެނުވީ ގައުމު ރަނގަޅުނުކުރެވޭނެކަމަށާއި ހަމަ އެހެންމެ ސަރުކާރުގައި ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅުކަމުގައިވީ ނަމަވެސް ރައީސްކަމުގެ މަގާމުގައި ހުންނަވާ ބޭފުޅާ ރަނގަޅުވެގެން މެނުވީވެސް ގައުމު ރަނގަޅު ނުވާނެކަމަށެވެ. އިމްރާންގެ މި ޓްވީޓާއިއެކު ގިނަ ބައެއްއްގެ ދިޔައީ ސުވާލުތައް އުފެދިގެންނެވެ. އެގޮތުން ދިވެހިރާއްޖޭގެ ހާލަތު ރަނގަޅު ނުވަނީ ގައުމު ހިންގުމުގައި ތިއްބެވި ފަރާތްތަކުގެ ސަބަބުންތޯ ނުވަތަ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަބަބުންތޯ ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.

ޓްވީޓަށް ރައްދުދެއްވި އާންމުގެ ބައެއް ފަރާތްތަކުން، ސަރުކާރު ހިންގުމަށްޓަކައި މަގާމުތަށް ހަވާލުކުރެވޭނީ ގައުމުގެ ވަލީއުލްއަމްރަކަށް ހުންވާ ބޭފުޅެއްގެ ރުހުން ލިބޭ ފަރާތެއްކަމަށް ފާހަގަކޮށް ބުނެފައިވަނީ އެހެންކަމުން ވަލީއުލްއަމްރަކީ ހެޔޮލަފާ މީހެއް ނަމަ ސަރުކާރު ހިންގުމަށްޓަކައި ރަނގަޅު ނޫން ބަޔަކަށް ރުހުން ނުދެއްވާނެކަމަށެވެ.

އިމްރާންގެ މި ޓްވީޓަށް ރައްދުދެއްވައި އާދަމް ޝަރީފް ވިދާޅުވެފައިވަނީ ދިވެހިރާއްޖެ ފެއިލްޑް ސްޓޭޓަކަށްވީ ނާގާބިލު، ހިންގުތެރިކަމެއް ނެތް ވެރިންނާއި އާއިލީ މީހުން ގިނަވުމުގެ ސަބަބުންކަމަށާއި އަދި ސަރުކާރު ސްލޯވެ ކޮރަޕްޝަން އާއި ފާހިޝް އަދި މުންކަރާތްތައް ގިނަވީއިރުވެސް ފިޔަވަޅު އެޅުމާއި ޒިންމާ އަދާނުކުރާ މީހުންނާއިމެދު ޑެސިޝަން ނުނެގުމުގެ ސަބަބުންކަށެވެ.

އާދަމް ޝަރީފް ދިވެހިރާއްޖެ ފެއިލްޑް ސްޓޭޓަކަށްވީ މުންކަރާތްތައް ގިނަވީއިރުވެސް ފިޔަވަޅު އެޅުމާއި ޒިންމާ އަދާނުކުރާ މީހުންނާއިމެދު ޑެސިޝަން ނުނެގުމުގެ ސަބަބުންކަމަށް ފާހަގަކުރައްވާފާވާއިރު، ގިނަ ބަޔަކު ދަނީ މި ފާޑުކިޔުން ހޯމް މިނިސްޓާ އިމްރާނަށްވެސް އަމާޒުކުރައްވަމުންނެވެ. އެގޮތުން ދިވެހިރާއްޖޭގައި ދީނަށް ފުރައްސާރަކުރުމާއި، އެއް ޖިންސުން ގުޅުން ހިންގުންފަދަ ނޭދެވޭ އަމަލުތައް، ފިޔަވަޅެއް ނޭޅި އާންމުވެ ގިނަވެގެން ދިޔައީ ކަމާއިބެހޭ ވަޒީރަކަށް އިމްރާން ހުންނަވަނިކޮށްކަމަށް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. ނަމަވެސް އިމްރާން ވަނީ 2005 ވަނަ އަހަރު އަދާލަތު ޕާޓީ ވުޖޫދުވެގެން އައުމަށްފަހު ދިވެހިރާއްޖޭގައި އަދާލަތުހާ ދީނަށް ހިދުމަތް ކޮށްދެއްވި ޕާޓީއެއް އަދި ޖަމާއަތެއްވެސް ނޯންނާނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: