ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ޕޯސްޕެއިޑް ހިދުމަތަށް އެޕްލައިކޮށްގެން ހިލޭ ދަތުރެއް ހޯދުމުގެ ފުރުސަތު!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ހިދުމަތަށް އެޕްލައިކޮށްލައިގެން ހިލޭ ދަތުރެއް ލިބުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި ކަސްޓަމަރަކަށް އަބޫ ދާބީ، ޑުބާއީ އަދި އިސްތަންބޫލް އަށް ދެ މީހަކަށް ހިލޭ ދަތުރެއް ލިބުމުގެ ފުރުސަތު ހަމަޖެހިފައިވާ ކަމަށެވެ.

އެ ދަތުރުގައި ހިލޭ ދެކޮޅު ޓިކެޓާއި އެކޮމޮޑޭޝަން އާއި ޑުބާއީ އަދި އިސްތަންބޫލްގެ ދެ ޓުއަރ ވެސް އެ ޕެކޭޖްގައި ހިމެނެއެވެ. އަދި އިތުރު 100 ޑޮލަރުގެ ޝޮޕިންގ އެލަވަންސް އެއްވެސް ނަސީބުވެރި ފަރާތަށް ލިބިގެން ދާނެކަމަށް ދިރާގުން ބުނެފައިވެއެވެ.

ދިރާގުގެ މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ސެޕްޓެމްބަރު މަހުގެ 30 ގެ ނިޔަލަށެވެ. އަދި މި ޕްރޮމޯޝަންގެ މުއްދަތުގައި އަމިއްލަ ޕޯސްޓްޕެއިޑް ނުވަތަ ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެދި ހުށަހަޅާ ފަރާތްތަކުން ޑިޕޮސިޓެއް ބަހައްޓާކަށް ނުޖެހޭނެއެވެ.

މީގެ އިތުރުން އަލަށް ޕޯސްޓްޕެއިޑް ޕްލޭނެއް ނަގާ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް ހިލޭ ޑޭޓާ އެލަވަންސްތަކާއެކު މަހު ކުލިން 20 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ވެސް ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ހާމަކުރާ ގޮތުގައި އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: