ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝެއިހް ފަޒްލޫން އަލުން ބަންދު ކުރުމަށް ދައުލަތުން ހައިކޯޓުގައި އެދިފި

ޝެއިހު ފަޒްލޫން މުހައްމަދު / ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު ކްރިމިނަލް ކޯޓުން މިނިވަންކުރުމުން އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ޔޯގާ މައްސަލައިގައި ފުލުހުން ޝެއިހް ފަޒްލޫނާއި ނިޝާން ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި ޔޯގާ ހަމަނުޖެހުން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ މީހުންގެ ތެރޭގައި ޝެއިހް ފަޒްލޫން ހިމެނެއެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހެއްހާ ދުވަހު ފަޒްލޫން ހުންނެވީ ފުލުހުންގެ ބަންދުގައި ޖަލުގައެވެ. ކްރިމިނަލް ކޯޓުން ޝެއިހް ފަޒްލޫން މިނިވަންކުރީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ނަމަވެސް ނިޝާން އަދިވެސް ހުންނެވީ ފުލުހުންގެ ބަންދުގެ ދަށުގައެވެ. ދިފާއީ ވަކީލުން ވިދާޅުވީ ޝެއިހު ނިޝާން އަދިވެސ ހައްޔަރުގައި ހުރީ ޕީޖީގެ ނުފޫޒުގެ ދަށުންކަމަށެވެ.

ޝަރުތުތަކަކާއެކު ފަޒްލޫން ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރި ނަމަވެސް، މައްސަލަ ބަލައިގަތުމާއި މެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ހަމަނުޖެހުން ހިނގި އިރު ޝެއިހް ފަޒްލޫން އެ ސަރަހައްދަކު ނެތެވެ. އަދި މަޝްރަހު ހޫނުވާން ފެށުމުން އެކަން ހައްލުކުރަން މަސައްކަތް ކުރިތަން ވީޑިއޯތަކުން ފެނެއެވެ.

ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރުމަށް ހަރަކާތެއް ބާއްވަން ނިންމުމުން، އެކަމަށް ދެކޮޅު ހަދައި އާއްމުން ނުރުހުން ފާޅުކުރަމުން ދިޔަ ނަމަވެސް އެ ހަރަކާތް ސަރުކާރުން ކުރިޔަށް ގެންދަން ނިންމީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި، އިންޑިއަލް ކަލްޗަރަލް ސެންޓަރ ގުޅިގެންނެވެ. މި ހަރަކާތުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި، އިންޑިއާގެ ސަފީރު މުނޫ މަހާވަރު، އަދި ބައެއް ޑިޕްލޮމެޓުންގެ އިތުރުން އެހެން ގައުމުތަކުގެ ސަފީރުން ބައިވެރިވިއެވެ.

މިދިޔަ ޖޫން 21 ގައި އެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ހުރަސް އަޅައި އާއްމުން މަގުމަތީ މުޒާހަރާކޮށް އިހުތިޖާޖު ކުރުމަށް ފަހު ގަލޮޅު ދަނޑުގެ ތެރެއަށް ވަދެގެންފައި ވަނީ ކުއްލިގޮތަކަށެވެ. އަދި ހަމަނުޖެހުން އުފައްދައި، ޑިޕްލޮމެޓުންނަށް ހަމަލާ ދޭން މަސައްކަތް ކުރިކަމުގެ ތުހުމަތަށް ބައެއް މީހުން ހައްޔަރުކޮށް މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ވަނީ ތަހުގީގު ފަށާފައެވެ.

ރާއްޖޭގައި ކުރިމަތިވާ އެހެން މައްސަލަތަކާއި ހިލާފަށް، ޔޯގާ ޑޭގެ ހަމަނުޖެހުމުގެ މައްސަލަ އާއި ގުޅިގެން ކަމާއި ބެހޭ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އަޅާ، މިފަދަ ގޮތަކަށް ތަހުގީގު ފަށާ ގިނަ ބަޔަކު ހައްޔަރުކުރެވިގެން ދިޔުމުގެ ސަބަބުން މިކަންތައް ގިނަ ބަޔަކު ސިފަކުރަމުން އައިީ ބަޔަކަށް މަންޒަރުތަކެއް ދެއްކުމަށްޓަކައި ކުރަމުންދާކަމެއްގެ ގޮތުގައެވެ.

ޖުމްލަ 24 މީހަކު ވަނީ މި މައްސަލާގައި ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި ޝެއިހް ފަޒްލޫންގެ ގާނޫނީ ވަކީލު ވިދާޅުވީ، ފުލުހުން އޭނާއާއި ދެކޮޅަށް ހެކި އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ވަކިވަކި މީހުން މެދުވެރިކޮށް މައްސަލައިގައި ބަންދުގައި ތިބި މީހުންގެ މައްޗަށް ހެކި ބަސް ދިނުމަށް އެދެމުންދާ ކަމަށެވެ.

ޝެއިހް ފްޒްލޫން ޝަރުތުތަކަކާއި އެކު ދޫކޮށްލި ނަމަވެސް، ދެ ފަހަރެއްގެ މަތީން ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވެއެވެ. އޭނާ ބަންދުން ދޫކޮށްލީ ކޮން ޝަރުރުތަކެއްގެ މައްޗަށް ބިނާކޮށްކަން ސާފެއް ނޫނެވެ. އެކަން ޝެއިހް ފަޒްލޫންގެ ގާނޫނީ ވަކީލު މެދުވެރިކޮށް ވެސް ސާފުވާގޮތް ވަނީ ނުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: